Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕާކިސްތާނުގެ އިގުތިސާދީ ހާލަތު

ޕާކިސްތާންގެ އައު ސަރުކާރަށް މަޖުބޫރުވެފައި ވަނީ ބޮޑު ޑެފިސިޓްއަކާއެކު ވީރާނާވެފައިވާ އިގުތިސާދު އަލުން އަނބުރާ ކޮޅަށް ޖަހަން

މިދިޔަ ހަފުތާގެ ތެރޭގައި ސެންޓްރަލް ބޭންކުން ވަނީ ޕާކިސްތާންގެ އިންޓްރެސްޓްރޭޓް 12.25 އިންސައްތަ އަށް މަތިކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 13 އެޕްރީލު 2022 | ބުދަ 12:13
ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް

ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް

ޕާކިސްތާންގެ އައު ސަރުކާރަށް ވަނީ ވަރަށް ބޮޑު ޑެފިސިޓްއަކާއެކު ވީރާނާވެފައިވާ އިގުތިސާދު އަލުން އަނބުރާ ކޮޅަށް ޖަހަން މަޖުބޫރުވެފައި ކަމަށް ބޮޑުވަޒީރުކަމާ އަލަށް ހަވާލުވެވަޑައިގެންނެވި ޝަހްބާޒް ޝަރީފްގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އޮފިޝަލްއާ ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާ ގޮތުން ހޯމަ ދުވަހު ޝަހްބާޒް ޝަރީފް މަގާމާ ހަވާލުވެވަޑައިގެންނެވި އިރު، ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަތިތަކާއެކު އިގުތިސާދު އަލުން އާރާސްތުކުރުމެވެ.

ޝަހްބާޒް ޝަރީފަށް ޕާކިސްތާންގެ ބޮޑުވަޒީރުކަން ދެވިގެން ދިޔައީ ކުރިން އެމަގާމުގައި ހުންނެވި އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މާގާމުން ވަކިކުރެވުމުންނެވެ.

ޝަހްބާޒްގެ ބޮޑުވަޒީރުކަމުގައި ޕާކިސްތާންގެ ފިނޭންސް މިނިސްޓަރުކަން ކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ މިފްތާހް އިސްމާއިލް ވަނީ އިމްރާން ޚާން މަގާމުން ވަކިކުރެވިގެން ދިޔައިރު ގައުމު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށް ވިދާޅުފައެވެ. އަދި މަޑުޖައްސާލާފައިވާ މަޝްވަރާތައް ވީހާވެސް އަވަހަކަށް އިންޓަނޭޝާނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއެކު ކުރިއަށް ގެންދަން ފަށާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

2019 ވަނަ އަހަރުގެ ޖުލައި މަހު އައިއެމްއެފް އާއެކު ކުރެވުނު މަޝްވަރާތަކެއްގެ ދަށުން އެއިދާރާއިން ވަނީ ޕާކިސްތާނަށް ހަ ބިލިއަން ޑޮލަރުގެ ރެސްކިއު ޕްރޮގްރާމެއް ދިނުމަށް އެއްބަސްވެފައެވެ. ނަމަވެސް މި އެއްބަސްވުމުގެ ހަތް ވަނަ ރިވިއުގެ ކުރިން އައިއެމްއެފް އިން ވަނީ މަޝްވަރާތައް މަޑުޖައްސާލާފައެވެ.

ޕާކިސްތާންގެ އިގުތިސާދާ މެދު އިމްރާން ޚާން އިހުމާލުވެފައިވާ ކަމުގެ ތުހުމަތުތައް ކުރެވޭއިރު، ޝަހްބާޒް އެކޭ އެއްފަދައިން މިފްތާހް ވެސް ވަނީ އައު ސަރުކާރަށް ވަނީ ވަރަށް ބޮޑު ޑެފިސިޓްއަކާއެކު ގައުމުގެ އިގުތިސާދު ހަމައަކަށް އެޅުމުގެ ޒިންމާ އުފުލަންޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.

ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގެން ގައުމަށް ދިމާވެފައިވާ އިގުތިސާދީ ހާލަތުން އަރައިގަތުމުގެ ގޮތުން ޝަހްބާޒް ޝަރީފް ވަނީ ނެޝަނަލް އިކޮނޮމިކް އެޑްވައިޒަރީ ކައުންސިލް އެކުލަވާލައްވާފައެވެ. އަދި އިޤްތިސާދީ ލޮޅުމާއެކު އާންމު ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރު މުވައްޒަފުންގެ މުސާރަ 10 އިންސައްތަ އިތުރުކުރުމާއެކު އެގައުމުގެ އެންމެ ކުޑަ އުޖޫރަ އަކީ 25،000 ރުޕީސްކަމަށް ކަނޑައަޅަން ނިންމާފައިވާކަން ޝަހްބާޒް ވަނީ އިއުލާން ކުރައްވާފައެވެ.

ފާއިތުވި ހަފުތާގައި ޕާކިސްތާންގެ ސެންޓްރަލް ބޭންކުން ވަނީ އެގައުމުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 2022 ވަނަ މާލީ އަހަރަށް ހުރީ ޖީޑީޕީގެ ނިސްބަތުން ހަތަރެއް އިންސައްތައިގަ ކަމަށް އާންމުކޮށްފައެވެ. އަދި މީގެ މަހެއްހާ ދުވަސްކުރިން 16.2 ބިލިއަން ޑޮލަރުގައި ހުރި ފޮރިން ރިޒަރވް އޭޕްރިލް މަހުގެ އެއް ވަނަ ދުވަހަށް އައިރު ހުރީ 11.3 ބިލިއަން ޑޮލަރުގައި ކަމަށް ސެންޓްރަލް ބޭންކުގެ ތަފާސްހިސާބުތައް ދައްކައެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ސެންޓްރަލް ބޭންކުން ވަނީ އެގައުމުގެ އިންޓްރެސްރޭޓް ވެސް 12.25 އިންސައްތަ އަށް އިތުރުކޮށްފައެވެ. މިއީ ފާއިތުވި އަހަރު ތަކުގެ ތެރޭގައި އެގައުމުގެ އިންޓްރެސްރޭޓް މިހާ މަތިވި ފުރަތަމަ ފަހަރެވެ. އެގައުމުގެ އިންފްލޭޝަންވެސް މަތިވާން ފަށާފައިވާއިރު، 2022 ވަނަ މާލީ އަހަރަށް އިންފްލޭޝަން 11 އިންސައްތައަށް ވުރެ މައްޗަށް އަރާނެ ކަމަށް ބޭންކުން ވަނީ ލަފާކޮށްފައެވެ.

ޕާކިސްތާންޝޭހްބާޒް ޝަރީފް

ކޮމެންޓް

އިތުރަށް ކިޔާލަން

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު