Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ޓޫރިޒަމް

މިހާތަނަށް އިނގިރޭސިވިލާތުން ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ

10 އެޕްރީލު 2022 | އާދީއްތަ 08:07

މިއަހަރުގެ މިހާތަނަށް 460،479 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 10 އެޕްރީލު 2022 | އާދީއްތަ 08:07
ފަތުރުވެރިއެއް

ފަތުރުވެރިއެއް

މިއަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ޓޫރިޒަމްގެ ތަފާސްހިސާބުގައިވާ ގޮތުން މިއަހަރުގެ މިހާތަނަށް 460،479 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ ފާއިތުވި 2021 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންނަށްވުރެ 43.1 އިންސައްތަ އިތުރު އަދަދެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މިއަހަރުގެ ޖެނުއަރީ މަހު 131،764 ފަތުރުވެރިން އައިސްފައިވާއިރު، ފެބްރުއަރީ މަހު 149،008 ފަތުރުވެރިން، މާރޗް މަހު 150،739 ފަތުރުވެރިން އަދި އޭޕްރިލް މަހުގެ 1 އިން 6 އަށް އައިސްފައިވަނީ 28،968 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 58،608 ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިނގިރޭސިވިލާތުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދުން 12.7 އިންސައްތަ ހިއްސާކުރަނީ އިނގިރޭސިވިލާތުން އައިސްފައިވާ ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. އިނގިރޭސިވިލާތަކީ މިހާރު ފަތުރުވެރިން ރާއްޖެ އަންނަ މާކެޓުތަކުގެ ތެރެއިުން ޓޮޕް މާކެޓުގެ ގޮތުގައި އޮތް މާކެޓެވެ.

މީގެ ކުރިން ޓޮޕް މާކެޓުގެ ގޮތުގައި އޮތީ ރަޝިޔާ މާކެޓެވެ. ރަޝިޔާ އާއި ޔޫކްރެއިނާއި ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މި ދެ މާކެޓުން ފަތުރުވެރިން އައުން ހުއްޓުމާއެކު މިހާރު އެންމެ ކުރިއަށް ޖެހިފައިމިވަނީ ޔޫކޭ މާކެޓެވެ. ރަޝިޔާ މާކެޓުން މިހާތަނަށް އައިސްފައިވަނީ 53،010 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. ތިންވަނައިގައި އޮތް އިންޑިޔާ މާކެޓުން 50،242 ފަތުރުވެރިން ވަނީ އައިސްފައެވެ. މީގެ އިތުރުން ޖަރުމަނު، އިޓަލީ، ފްރާންސް، އެމެރިކާ، ސްވިޒަރލޭންޑް، ސައުދީ އަރަބިއާ އަދި އޮސްޓްރިއާ މި ލިސްޓުގައި ހިމެނެއެވެ.

ކޮވިޑް-19ގެ ހާލަތުގެ ކުރިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ މާކެޓުގެ ގޮތުގައި އޮތީ ޗައިނާއެވެ. 2019 ވަނަ އަހަރު ޗައިނާއިން 284،029 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެހެންނަމަވެސް ކޮވިޑް-19ގެ ހާލަތާއެކު ޗައިނާ ބޯޑަރު ބަންދުކޮށް އެގައުމުން ފަތުރުވެރިން އައުން ވަނީ އެއްކޮށް ހުއްޓިފައެވެ. އެއަހަރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އިންޑިއާއިން 166،030 ފަތުރުވެރިން އައިސްފައިވެއެވެ. އަދި ތިންވަނައަށް އިޓަލީން 136،343 ފަތުރުވެރިން ވަނީ އައިސްފައެވެ. މީގެ އިތުރުން ޖަރުމަނު އިނގިރޭސިވިލާތް، ރަޝިއާ، ފްރާންސް، އެމެރިކާ، ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނެއެވެ.

ކޮވިޑް-19 އާއެކު ރާއްޖޭގެ ބޯޑަރު އެއްކޮށް ބަންދުކޮށް ފަތުރުވެރިކަން ހުއްޓިފައި އޮތް މުއްދަތުގައި ސަރުކާރުން މަސައްކަތްކޮށްފައިވަނީ އޮންލައިންކޮށް ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކުރުމަށެވެ. މިގޮތުން އައު މާކެޓުތަކުގައި ރާއްޖެ އިޝްތިހާރުކުރަން މަސައްކަތްކުރުން ފާހަގަކޮށްލެވެއެވެ. މި މަސައްކަތާއެކު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު އެކި ގައުމުތަކުން ފަތުރުވެރިން އަންނަން ފަށައި، މިހާރު ފަތުރުވެރިން އަންނަ މާކެޓުތަކުގެ އެންމެ ކުރީގައި އޮތީ ކޮވިޑް-19 ގެ ކުރިން މި ލިސްޓުގެ ފަހަތުގައި އޮތް މާކެޓުތަކެވެ.

މިއަހަރަކީ މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރަށް ވުމާއެކު ސަރުކާރުން މަސައްކަތްކުރަމުންގެންދަނީ މިއީ ކާމިޔާބު އަހަރަކަށް ހެދުމަށެވެ. އަދި ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވާ އަދަދަށް ފަތުރުވެރިން ގެނައުމަށެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

31 މާރިޗު 2017

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
15 މާރިޗު 2017

މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

15 މާރިޗު 2017
މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ
25 ފެބުރުއަރީ 2017

އައިޓީބީގައި 88 ކުންފުނިން ބައިވެރިވޭ: އެމްއެމްޕީއާރްސީ

25 ފެބުރުއަރީ 2017
އައިޓީބީގައި 88 ކުންފުނިން ބައިވެރިވޭ: އެމްއެމްޕީއާރްސީ
24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
21 ފެބުރުއަރީ 2017

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
12 ފެބުރުއަރީ 2017

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި
15 ޖެނުއަރީ 2017

މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ

15 ޖެނުއަރީ 2017
މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ
14 ޖެނުއަރީ 2017

ބައިނަލްއަޤްވާމީ ފްލައިޓްތަކާއި ގުޅިފައިވަނީ ދެކުނު ސަރަހައްދުގެ ފަތުރުވެރިކަން: އިބްތިޝާމާ

14 ޖެނުއަރީ 2017
ބައިނަލްއަޤްވާމީ ފްލައިޓްތަކާއި ގުޅިފައިވަނީ ދެކުނު ސަރަހައްދުގެ ފަތުރުވެރިކަން: އިބްތިޝާމާ
10 ޖެނުއަރީ 2017

އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި

10 ޖެނުއަރީ 2017
އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް