Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރިވައިވަލްއާއެކު ޒަޔާންއާއި ތޯއިފް

ރިވައިވަލްއާއެކު ފައުންޑަރ ޒަޔާން އަދި ކެޕްޓަން ތޯއިފް

9 އެޕްރީލު 2022 | ހޮނިހިރު 12:06

އަމާޒަކީ ބައިނަލްގްއަޤްވާމީ ރަން މެޑެލް އެއް ހޯދުން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 9 އެޕްރީލު 2022 | ހޮނިހިރު 12:06
ޒަޔާންއާއި ތޯއިފް މެޑަލް އަޅުވައިގެން: ފޮޓޯ-ޒަޔާން ފޭސްބުކް

ޒަޔާންއާއި ތޯއިފް މެޑަލް އަޅުވައިގެން: ފޮޓޯ-ޒަޔާން ފޭސްބުކް

2019 ވަނަ އަހަރު މެދެއްހާތަނުގައި މުޙައްމަދު ޒަޔާން ޒަކީ ރިވައިވަލް ވުޖޫދަށް ގެނައީ ކުރިމަގަށް އޮތް ވިސްނުންތަކެއްގެ ތެރެއިންނެވެ. އޭރު ބެޑްމިންޓަން އޮތް ހިސާބަށްވުރެ ރަނގަޅު ހިސާބަކަށް ގެންގޮސް, ބައިނަލްއަޤްވާމީ މައިދާނުގައި އިތުރު ވަނަތަކެއް ހޯދޭނެ ޕްލެޓްފޯމެއް ކުޅުންތެރިންނަށް ހޯދައިދިނުމަށެވެ. މިއަދުވެސް ޒަޔާން ބުނާ ވާހަކައަކީ މިއަދު ބެޑްމިންޓަން އޮތް ހިސާބަށްވުރެ ރަނގަޅު ހިސާބަކަށް ގެންގޮސް, ކުޅުންތެރިންނަށް ފުރުޞަތު ހޯދައިދީގެން ބެޑްމިންޓަންގައި ރަނގަޅު ކާމިޔާބީތަކެއް ބައިނަލްޤްވާމީ މައިދާނުގައި ހޯދަން ބޭނުންވާކަމަށެވެ. އޭނާގެ ކްލަބުން ކުރަނީ އެމަސައްކަތެވެ.

ޒަޔާންގެ މަސައްކަތުގައި އެންމެ ފުރަތަމަ އަތްދިއްކޮށްލި ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކީ އެންމެ ފަހުގެ ޤައުމީ ޗެމްޕިއަން އަހުމަދު ތޯއިފްއެވެ. އޭނާއަކީ ރިވައިވަލްގެ ކެޕްޓަންއެވެ. ކްލަބް އުފެދިގެން މަސައްކަތް ފެށީ ޒަޔާން ހިމެނޭ ގޮތަށް ތިން ކުޅުންތެރިންނާއެކުގައެވެ. ތޯއިފް ޤައުމީ ޗެމްޕިއަންކަން ހޯދީ ރިވައިވަލްއާއެކު ކުރަމުން އައި މަސައްކަތްތަކުގެ ތެރެއިންނެވެ. އެއީ ރިވައިވަލްއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީގެ ގޮތުގައި ޒަޔާން ދެކެއެވެ. ތޯއިފް ކުރާ މަސައްކަތަށް ބަލާއިރު އެކާމިޔާބީ އޭނާއަށް ލިބެން ލަސްވެސް ވެއްޖެކަމަށް ޒަޔާން ޤަބޫލުކުރެއެވެ.

ރިވައިވަލް ރަޖިސްޓްރީކޮށް ހަމައެހަރު ބައިނަލްއަޤްވާމީ ފުރަތަމަ މުބާރާތަށް ދިޔައެވެ. ޤާނާ އިންޓަރނޭޝަނަލް ޓްރޮފީގައި ވާދަކޮށް މެޑަލް ލިބުން ވެގެންދިޔައީ ރަން މެޑަލް ހޯދަން ކުރާ މަސައްކަތަށް ލިބުނު "ބޮޑު" އުއްމީދަކަށެވެ. އަދިވެސް ކްލަބް އޮތީ އެއަމާޒަށް ވާޞިލްވުމުގެ އުއްމީދުގައެވެ. މައިގަނޑު އަމާޒަކީވެސް އެއީއެވެ.

ރިވައިވަލްއިން އެމަސައްކަތް ކުރާފަދައިން އެހެން ކްލަބްތަކުންވެސް އެމަސައްކަތް ކުރުމަކީ ބެޑްމިންޓަންގެ ކުރިމަގަށް އޮތް ވަރަށްބޮޑު ރަނގަޅެކެވެ. އެކަން ޒަޔާންވެސް ޤަބޫލުކުރެއެވެ. ވާދަވެރި ރޫހެއްގައި ކްލަބްތަކުން ކުރާ މަސައްކަތް އިތުރުވެއްޖެއެވެ. އޭގެ ނަތީޖާ މުޅި ބެޑްމިންޓަންއަށް ކުރާނެއެވެ. ކުރިން އެއް ޓީމެއްގައި, އެއް ސްކޮޑްއެއްގައި ތިބެގެން އެންމެން މަސައްކަތް ކުރިޔަސް ކްލަބްތައް އުފެދި, އެހެން ފުރުޞަތުތައްވެސް ކުޅުންތެރިންނަށް ލިބެން ފަށައިފިއެވެ.

ރިވައިވަލްގެ ތަޞައްވަރު ބޮޑެވެ. އަތޮޅުތެރޭގައި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމެވެ. މިވަގުތު ހދ.ނޮޅިވަރަމްގައި އެކަނި ޕްރޮގްރާމް ކުރިއަށްގެންދެވުނަސް އުއްމީދަކީ އެކި ހިސާބުތަކުގައި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމެވެ. ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން ހުނަރުވެރި ކުޅުންތެރިން ފާހަގަކޮށް އެކުޅުންތެރިންނަށް ކޯޗިންގ ސަޕޯޓް ދިނުމެވެ. އަދި އުމުރުން 16 ނުވަތަ 17 އަހަރު ވާއިރު މާލެ ގެނެސް އެކުޅުންތެރިން ޗެމްޕިއަނުންނަށް ހެދުމެވެ. އެކަމަށް ބޭނުންވާ ފުރިހަމަ ސަޕޯރޓް ކްލަބުން ދިނުމެވެ. މާލޭގައި ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފެށުމަކީވެސް އުއްމީދެކެވެ. އެކަމަކު އެކަމަށް އަދި ކްލަބް ތައްޔާރެއްނޫނެވެ.

ރިވައިވަލްގެ މިސްރާބު ސީދާކޮށް, އަމާޒަށް ވާޞިލްވުމަށް ކުރާ މަސައްކަތުގައި އެންމެ މުހިއްމު އެއް ކުޅުންތެރިއަކީ ތޯއިފެވެ. ނަތީޖާއަކީ ތޯއިފްއާއި ޒަޔާންގެ މެދުގައި ވަރުގަދަ ގުޅުމެއް އޮތުމެވެ. އެގުޅުން ފެށުނީ ކްލަބް އުފެދުމުގެ ކުރިންނެވެ. އެކަމަކު ކްލަބް އުފެދުމާއެކު އެކުގައި ހޭދަކުރެވޭ ވަގުތުތައް ގިނަވެ, ގުޅުންވެސް އިތުރަށް ބަދަހިވެ, އޭގެ ސަބަބުން ކުޅުމުގެ ފެންވަރުވެސް މަތިވެއްޖެކަމަށް ދެ ކުޅުންތެރިންވެސް ޤަބޫލުކުރެއެވެ.

ދެ ކުޅުންތެރިންނަށްވެސް އުނދަގޫވާ އެއްކަމެއް އެބައޮތެވެ. އެއީ އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކާ ވާދަކުރަން ޖެހޭ ހިސާބެވެ. ޑަބަލްސްގައި އެއް ޕެއަރއެކެވެ. އެކަމަކު ސިންގަލްސްގައި ދެ ކުޅުންތެރިން ވާދަކުރަން ޖެހުމުން އުނދަގޫވެއެވެ. ކޯޓްމަތީގައި ހޭދަކުރާ ވަގުތު ކޮންމެ ކުޅުންތެރިއަކުވެސް މޮޅަށް މަސައްކަތް ކުރިޔަސް, ބަލިވުމުން ވާދެރައަށްވުރެ ރަހުމަތްތެރިޔާއަށް ކާމިޔާބުލިބުމުން ލިބޭ އުފާވެރިކަން ބޮޑެވެ.

ދެކުޅުންތެރިން ގިނަ ވަގުތު އެކުގައި ޕްރެކްޓިސް ކުރުމާއި, ގިނަވަގުތު އެކުގައި ހޭދަކޮށް ބެޑްމިންޓަންގެ ވާހަކަތައް ދެކެވުމުގެ ނަތީޖާއަކީ އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކަށް މާބޮޑަށް އެނގުމެވެ. ދެ ކުޅުންތެރިންނަށްވެސް އަނެއް ކުޅުންތެރިޔާގެ ގޭމް ރަނގަޅަށް އެނގުމެވެ. މިހުރިހާކަމެއްގެ ތެރެއިންވެސް ދެކެން ބޭނުންވާ ކަމެއް ދެ ކުޅުންތެރިންގެވެސް އެބައޮތެވެ. އެއީ ސިންގަލްސް ފައިނަލްގައި ދެ ކުޅުންތެރިން ވާދަކުރުމެވެ. އެފުރުޞަތު ނުލިބި ދެކުޅުންތެރިންވެސް ސެމީއާ ހިސާބުން, ކޮންމެސް އެއް ކުޅުންތެރިއަކު ކަޓަނީއެވެ.

ބެޑްމިންޓަންގައި ތޯއިފްއާއި ޒަޔާންވެސް ތިބީ އުހުގައެވެ. ޒަޔާންއަކީ މިދިޔަ ތިން އަހަރަށް ބަލާއިރު އެއްވަނަ ކުޅުންތެރިޔާއެވެ. ތޯއިފްއަކީ ޤައުމީ ޗެމްޕިއަންއެވެ. ޒަޔާންއާ އެންމެ ގާތުން މިދިޔަ ތިން އަހަރުގެ އެއްވަނައަށް ވާދަކުރި ކުޅުންތެރިއަކީވެސް ތޯއިފްއެވެ. ދެ ކުޅުންތެރިންގެ ބޮޑު ހިއްސާއަކާއެކު ރާއްޖޭގެ އެހެން ކުޅުންތެރިންނަށް ފުރުޞަތުތައް ދަނީ ހޯދައިދެމުންނެވެ. އަމާޒަކީ ބައިނަލްއަޤްވާމީ ރަން މެޑެލް އެކެވެ. ފުޓްބޯޅައަށްވެސް ނުހަނު ޝައުޤުވެރިވާ ދެކުޅުންތެރިންނަށް ބެޑްމިންޓަންއިން އެކަން އަދި ހާޞިލްވާނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

30 އޯގަސްޓު 2017

ގްރީން ސްޓްރީޓްގެ ކެޕްޓަން ފަރޭ ސަސްޕެންޑުކޮށް، ޖޫރިމަނާކޮށްފި

30 އޯގަސްޓު 2017
ގްރީން ސްޓްރީޓްގެ ކެޕްޓަން ފަރޭ ސަސްޕެންޑުކޮށް، ޖޫރިމަނާކޮށްފި
10 އޯގަސްޓު 2017

ކޮސްޓާ ނެތްތަން ފޫ ނުބެއްދޭނެ ކަމަށް ޗެލްސީގެ ކެޕްޓަން ކޭހިލް ބުނެފި

10 އޯގަސްޓު 2017
ކޮސްޓާ ނެތްތަން ފޫ ނުބެއްދޭނެ ކަމަށް ޗެލްސީގެ ކެޕްޓަން ކޭހިލް ބުނެފި
09 މެއި 2017

ކެޕްޓަން އަސަދުﷲ ޢަބްދުﷲގެ މޮޅު ކުޅުމާއިއެކު، މާޒިޔާ ތާވަލުގެ އެއްވަނައަށް

09 މެއި 2017
ކެޕްޓަން އަސަދުﷲ ޢަބްދުﷲގެ މޮޅު ކުޅުމާއިއެކު، މާޒިޔާ ތާވަލުގެ އެއްވަނައަށް
17 އެޕްރީލު 2017

ބާރަ އަހަރަށް ފަހު ކެޕްޓަން ޖޯން ޓެރީ ޗެލްސީ ދޫކޮށްލަނީ

17 އެޕްރީލު 2017
ބާރަ އަހަރަށް ފަހު ކެޕްޓަން ޖޯން ޓެރީ ޗެލްސީ ދޫކޮށްލަނީ
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
20 ފެބުރުއަރީ 2017

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި

20 ފެބުރުއަރީ 2017
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި
10 ފެބުރުއަރީ 2017

އޯޑީއައި މެޗުތަކުގައި ކެޕްޓަންކަން ކުރުން އަޒްހަރު ހުއްޓާލައިފި

10 ފެބުރުއަރީ 2017
އޯޑީއައި މެޗުތަކުގައި ކެޕްޓަންކަން ކުރުން އަޒްހަރު ހުއްޓާލައިފި
31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް