Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަޝިޔާ ސަސްޕެންޑް ކުރުން

ރަޝިޔާ ސަސްޕެންޑް ކުރަން ނެގި ވޯޓުގައި ރާއްޖޭގެ ސްޓޭންޑަކީ ވަކިކޮޅަކަށް ނުޖެހުން – ފޮރިން މިނިސްޓްރީ

ރާއްޖެއިން މި މައްސަލައިގައި ވަކި ކޮޅަކަށް ބުރަވާން ބޭނުން ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 އެޕްރީލު 2022 | ހުކުރު 09:38
އދ ގައި ރަޝިޔާ ސަސްޕެންޑް ކުރުމަށް ނެގި ވޯޓު

އދ ގައި ރަޝިޔާ ސަސްޕެންޑް ކުރުމަށް ނެގި ވޯޓު

އދ ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލުން ރަޝިޔާ ސަސްޕެންޑްކުރަން ނެގި ވޯޓުގައި ރާއްޖެއިން ވަކި ގޮތަކަށް ވޯޓު ނުދިނީ، މިވަގުތު ދިވެހިރާއްޖޭގެ ސްޓޭންޑަކީ މިކަމުގައި ވަކިކޮޅެއް ނުނެގުން ކަމަށްވާތީ ކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މިމައްސަލައިގައި މިވަގުތު ދިވެހިރާއްޖޭގެ ސްޓޭންޑަކީ މިކަމުގައި ވަކިކޮޅެއް ނުނެގުން ކަމަށެވެ. އަދި ރާއްޖޭގެ އިތުރުން ސާކް އަދި މި ސަރަހައްދުގެ ގައުމުތަކާއި، އިރުމަތީ އޭޝިޔާގެ ގިނަ ގައުމުތަކުގެ އިތުރުން އަރަބި އިސްލާމީ ގިނަ ގައުމުތަކުން އަމަލުކުރީ އެގޮތަށް ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު އދ ގެ އާންމު މަޖިލީހުގައި ނެގި ވޯޓަކުން ވަނީ، އެ ޖަމިއްޔާގެ ހިއުމަން ރައިޓްސް ކައުންސިލުން ރަޝިޔާ ސަސްޕެންޑްކުރަން ނިންމާފައެވެ. އެގޮތުން މިނިންމުން ނިންމާފައިވަނީ ރަޝިޔާއިން ޔޫކްރެއިންނަށް އަރައި އެގައުމުގައި ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުންކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާއިން އިސްވެއޮވެ މި މައްސަލަ އާންމު މަޖިލީހަށް ހުށަހަޅާފައިވާއިރު، ރަޝިޔާ ސަސްޕެންޑުކުރުމަށް 93 ގައުމަކުން ވަނީ ވޯޓުލާފައެވެ. ރަޝިޔާ ސަސްޕެންޑު ނުކުރުމަށް 24 ގައުމަކުން ވޯޓުލާފައިވާއިރު، 58 ގައުމަކުން ވޯޓުގައި ބައިވެރިއެއްނުވެއެވެ. އދ ގެ ހިއުމަން ރައިޓްސް ކައުންސިލުން ރަޝިޔާ ސަސްޕެންޑްކުރުމަށް އާންމު މަޖިލީހުގެ 193 މެމްބަރު ގައުމުގެ ތެރެއިން ތިންބައިކުޅަ ދެބައި ވޯޓު ބޭނުންވެއެވެ. ވޯޓުގައި ބައިވެރިނުވާ ގައުމުތައް ނުގުނާނެއެވެ. އދ ގެ ހިއުމަން ރައިޓްސް ކޮމިޝަނުން މެމްބަރު ގައުމުތައް ސަސްޕެންޑުކުރުމަކީ ވަރަށް މަދުން ނޫނީ ނުވާކަމެކެވެ. 2011 ވަނަ އަހަރު އެކައުންސިލުން ލީބިޔާ ވަނީ ސަސްޕެންޑުކޮށްފައެވެ. އެއީ އެގައުމުގައި މުޒާހަރާކުރި އާންމުންނާއި ދެކޮޅަށް ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރުމާއި ގުޅިގެންނެވެ.

ބުރާސްފަތި ދުވަހު އދ ގެ އާންމު މަޖިލީހުން ނިންމި ނިންމުމަކީ ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިޔާއިން ޔޫކްރެއިނަށް އަރައި ހަމަލާދޭން ފެށުމާއެކު, އެމަޖިލީހަށް ހުށަހެޅި އަދި ބަލައިގަނެވުނު ތިން ވަނަ ރިޒޮލިއުޝަނެވެ. މި ރިޒޮލިއުޝަނަކީ "ގްރޭވް ކޮންސަރން އެޓް ދަ އޮންގޮއިންގ ހިއުމަން ރައިޓްސް އެންޑް ހިއުމެނިޓޭރިއަން ކްރައިސިސް އިން ޔޫކްރެއިން" ގެ ނަން ދީފައިވާ ރިޒޮލިއުޝަނެކެވެ. މި ރިޒޮލިއުޝަނުގައި ބޮޑަށް ފާހަގަކޮށްފައިވަނީ ޔޫކްރެއިނުގައި ރަޝިޔާގެ އަސްކަރިއްޔާއިން ހިންގާކަމަށް ތުހުމަތުކުރެވޭ ލާއިންސާނީ ޖަރީމާތަކެވެ.

ރަޝިޔާ އާއި ޔޫކްރެއިން މައްސަލައިގައި ރާއްޖެ ވަކިކޮޅަކަށް ނުޖެހުނު ނަމަވެސް، ރަޝިޔާއިން ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލާ ސުލްހައިގެ މޭޒަށް ރުޖޫއަވުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ. ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައްވާކަން ހާމަކުރައްވާ ގައުމާއި މުޙާތަބު ކުރެއްވި ދުވަހު، ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ވިދާޅުވެފައިވަނީ ރަޝިޔާއިން ޔޫކްރޭންގައި ކުރަމުންދާ ނުރައްކާތެރި ހަނގުރާމައިގެ ލޮޅުންތައް މުޅި ދުނިޔެއަށް ގުޑުން އަރުވަމުންދާ ކަމަށާއި، ހަނގުރާމަ އެހިނގަނީ ރާއްޖެއާއި އެތައް މޭލެއް ދުރުން ވިލާތުގެ ބައްރުގައި ކަމަށް ވިޔަސް، އެ ހަނގުރާމައިން އުފެދޭ އިޤްތިޞާދީ ލޮޅުންތައް، ދުރާއި ގާތުގައިވާ ހުރިހާ ޤައުމުތަކަށް ފޯރާ ކަމަށެވެ. އަދި އެކަމުގެ ލޮޅުންތައް ރާއްޖެއަށްވެސް ފޯރަން ފަށާފައިވާއިރު، ރަޝިޔާއާއި ޔޫކްރެއިނަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ޤައުމުކަމުން، ރާއްޖޭގެ އިޤްތިޞާދަށްވެސް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށެވެ.

ޔޫކްރެއިން މައްސަލައިގައި ރާއްޖޭގެ ވިސްނުން ވަރަށް ސާފު ކަމަށާއި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ، ކޮންމެ ޤައުމެއްގެވެސް މިނިވަންކަމާއި ސިޔާދަތަށް ޙުރްމަތްތެރިކޮށް ހިތުމުގެ މައްޗަށްކަމަށް ރައީސް ސާލިޙް ވަނީ ވިދާޅުވެފައެވެ. އަދި މިއީ، އ.ދ. ގެ ޗާޓަރުގައި ކަޅާއި ހުދުން ކަނޑާނެގިފައިވާ ބައިނަލްއަޤްވާމީ ގުޅުންތަކުގެ ބިންގާ ކަމަށާއި، ކުޑަ ޖަޒީރާ ޤައުމެއްގެ ގޮތުގައި އޮވެ، ރާއްޖޭން ޒަމާނުއްސުރެެ ވަކާލާތުކުރަމުން އަންނަނީ، އެ ބިންގަލުގެ މަތީގައި ބައިނަލްއަޤްވާމީ ގުޅުންތައް ދަމަހައްޓަން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ މިއީ އަޅުގަނޑުމެން ޤަބޫލުކުރާ ހަމަ ކަމަށެވެ.

ރަޝިއާއިން ޔޫކްރޭއިނަށް އަރައިގަތުން ކުށްވެރިކޮށް، ހަނގުރާމަ ވަގުތުން ހުއްޓާލައި ޔޫކްރެއިނުން ފޭބުމަށް، މިދިޔަ މަހުގެ 2 ވަނަ ދުވަހު އ.ދ.ގެ އާންމު މަޖިލީހުގައި، 141 ޤައުމުން ގޮވާލި ގޮވާލުމުގައި ބައިވެރިވެ ދިވެހިރާއްޖެ ވަނީ، ކުދި އަދި ނިސްބަތުން ބާރު ދަށް ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް، ރާއްޖެއިން އުފުލަމުން އަންނަ އަޑު އަނެއްކާވެސް ތަކުރާރުކޮށްފައި ކަމުގައި ރައީސްގެ ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ. އަދި މިއީ ޔޫކްރެއިންގެ ރައްޔިތުންނަށް ވަރަށް ހިތްދަތި ވަގުތުތަކެއް ކަމަށާއި، އެމީހުންނަށް ލިބެމުންދާ އަނިޔާތަކާމެދު ހަމްދަރުދީ ފާޅުކުރައްވާ ރައީސްގެ ވާހަކަފުޅުގައި ވަނީ ރަޝިޔާ އާއި ޔޫކްރެއިންގެ މެދުގައި ހުރި ދެބަސްވުންތަކަށް ޙައްލެއް ހޯދުމަށްޓަކައި، ދެ ފަރާތުންވެސް މަޝްވަރާގެ މޭޒުދޮށަށް އެނބުރި ދިޔުމަށާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުން ގޮވާލާ ގޮވާލުން ދިވެހިރާއްޖެއިންވެސް ތަކުރާރުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ރަޝިޔާ ޔޫކްރެއިން މައްސަލައިގައި ރަޝިޔާއިން ބުނަމުންދަނީ އެގައުމުން ޔޫކްރެއިންގައި ކުރިއަށް ގެންދަނީ އަސްކަރީ އޮޕަރޭޝަނެއް ކަމަށާއި، އާންމުންނަށް އަމާޒުވާނެހެން ހަމަލާތައް ނުދޭކަމަށެވެ. އަދި އެގައުމާއި ދެކޮޅަށް މިގޮތަށް ނިންމޭ ކަންތައްތަކުގައި ވޯޓުލާ ގައުމުތަކާއި ވޯޓުގައި ބައިވެރިނުވާ ގައުމުތަކަކީ އެގައުމާއި ގުޅުން ކަނޑާލަން ބޭނުންވާ ގައުމުތަކުގެ ގޮތުގައި ބަލާނެކަމަށެވެ.

އދ ގެ ހިއުމަން ރައިޓްސް ކައުންސިލުން ރަޝިޔާ ސަސްޕެންޑްކޮށްފައިވާއިރު، އެގައުމަކީ އެކައުންސިލްގައި އެންމެ ގިނައިން ބަސްބުނެ ހެދި އެއްގައުމެވެ. މިސަސްޕެންޝަނާއެކު ކައުންސިލުގައި ވާހަކަދެއްކުމުގެ ފުރުސަތާއި ވޯޓުލުމުގެ ފުރުސަތު ރަޝިޔާއަށް ގެއްލިގެން ދިޔައީއެވެ. ނަމަވެސް ރަޝިޔާގެ ޑިޕްލޮމެޓުންނަށް އަދިވެސް ކައުންސިލްގެ ބަހުސްތަކަށް ހާޒިރުވެވޭނެއެވެ. މީގެ ސަބަބުން ޕްރޮކްސީ މެދުވެރިކޮށް ނުފޫޒު ފޯރުވުމުގެ މަސައްކަތް ރަޝިޔާއިން ކުރާނެކަމަށް ޑިޕްލޮމެޓަކާއި ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވެއެވެ.

މިދިޔަ މަހު މިކައުންސިލުން ވަނީ ރަޝިޔާއިން ޔޫކްރެއިންގައި ހިންގާކަމަށް ތުހުމަތުކުރެވޭ ހަނގުރާމައިގެ ޖަރީމާތަކާއި މައްސަލަތައް ބެލުމަށް ތަހުގީގެއް ހުޅުވާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު