Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ފަތުރުވެރިކަން

ރަޝިޔާ މާކެޓު ވައްޓާލައި، ޔޫކޭ މާކެޓު އެއްވަނައަށް

8 އެޕްރީލު 2022 | ހުކުރު 09:42

މިއަހަރު ފެށުނު އިރު ޓޮޕް މާކެޓުގެ ގޮތުގައި އޮތީ ރަޝިޔާ މާކެޓު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 8 އެޕްރީލު 2022 | ހުކުރު 09:42
ފަތުރުވެރިން

ފަތުރުވެރިން

ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓުގެ ގޮތުގައި ޔޫކޭ މާކެޓު ހިމެނިއްޖެއެވެ.

މިއަހަރު ފެށުނުއިރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓެއްގެ ގޮތުގައި އޮތީ ރަޝިޔާ މާކެޓެވެ. ރަޝިޔާ އާއި ޔޫކްރެއިނާއި ދެމެދު މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ރަޝިޔާ އަދި ޔޫކްރެއިނުން ފަތުރުވެރިން އައުން ވަނީ ހުއްޓިފައެވެ. މިއާއެކު މީގެ ކުރިން ދެވަނަ މާކެޓުގެ ގޮތުގައި އޮތް ޔޫކޭ މާކެޓު މިހާރު ވަނީ ރާއްޖޭގެ އެއްވަނަ މާކެޓަށް އަރާފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުގައިވާ ގޮތުން މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ ތެރެއިން 12.7 އިންސައްތަ ހިއްސާކުރަނީ ޔޫކޭ މާކެޓުންނެވެ. އަދި ރަޝިޔާ މާކެޓު މިހާރު ވަނީ ދެވަނައަށް ވެއްޓިފައެވެ. އެއީ 11.6 އިންސައްތައާއެކުއެވެ. މީގެ އިތުރުން އިންޑިއާ، ޖަރުމަނު، އިޓަލީ، ފްރާންސް، އެމެރިކާ، ސްވިޒަރލޭންޑް، ސައުދީ އެރޭބިއާ އަދި އޮސްޓްރޭލިޔާ ވަނީ އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓުގެ ތެރޭގައި ހިމެނިފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރުގެ މިހާތަނަށް 456،992 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށެވެ. ޖެނުއަރީ މަހު 131،764 ފަތުރުވެރިން އައިސްފައިވާއިރު، ފެބްރުއަރީ މަހު 149،008 ފަތުރުވެރިން، މާރޗް މަހު 150،739 ފަތުރުވެރިން އަދި އޭޕްރިލް މަހުގެ 1 އިން 5 އަށް 25،481 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް 5،096 ފަތުރުވެރިން ރާއްޖެ އަންނަ ކަމަށް ވަނީ ރެކޯޑުކޮށްފައެވެ. އަދި އާންމުގޮތެއްގައި 8 ދުވަހު ރާއްޖޭގައި މަޑުކުރާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ހަނގުރާމައިގެ ކުރިން ރަޝިޔާ މާކެޓުން ފަތުރުވެރިން އައި މިންވަރު 70 އިންސައްތަ ދަށަށްގޮސްފައިވާކަމަށެވެ. ޔޫކްރެއިން އާއި ރަޝިޔާ އެއްކޮށް ފަތުރުވެރިންގެ 20 އިންސައްތަ ހިއްސާކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ މާކެޓް އެއްކޮށް ގެއްލިފައިވާކަމަށާއި ރަޝިޔާ މާކެޓްވެސް ދަށަށްދާއިރު އިތުރު މާކެޓްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ލަންކާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުމުގެ އަސަރުވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ކުރަމުންދާކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ. ސްރީލަންކާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕާޓްނަރެއް ކަމަށާއި ވަކިން ޚާއްސަކޮށް ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއާއި، ސްރީލަންކަން އެއާލައިނަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު ދެ ބައިވެރިން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވީ އެހެން މާކެޓުތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދަންޖެހޭ ކަމަށެވެ. ރާއްޖެއިން ފަތުރުވެރިކަން ކުރިއަރުވަން ކުރަމުންދާ މަސައްކަތަކީ ވާދަވެރި މަސައްކަތެއް ކަމަށާއި، މިއަދު ރާއްޖެ އޮތީ މުޅި ދުނިޔޭގެ އެއްވަނަ މާކެޓުގެ ގޮތުގައިކަންވެސް މިނިސްޓަރު މައުސޫމް ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

15 މާރިޗު 2022

އަދިވެސް ޓޮޕް މާކެޓުގެ ގޮތުގައި އޮތީ ރަޝިޔާ މާކެޓު

15 މާރިޗު 2022
އަދިވެސް ޓޮޕް މާކެޓުގެ ގޮތުގައި އޮތީ ރަޝިޔާ މާކެޓު
08 މާރިޗު 2022

ރަޝިޔާގެ ބައިނަލްއަގުވާމީ އެއާލައިންގެ ދަތުރުތައް ހުއްޓުމަކަށް، ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކުރާނެ

08 މާރިޗު 2022
ރަޝިޔާގެ ބައިނަލްއަގުވާމީ އެއާލައިންގެ ދަތުރުތައް ހުއްޓުމަކަށް، ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކުރާނެ
29 ސެޕްޓެމްބަރު 2021

ރާއްޖެއަށް ދަތުރުނުކުރުމަށް ޔޫކޭއިން ނެރުނު ޓްރެވެލް އެޑްވައިޒަރީ އުވާލައިފި

29 ސެޕްޓެމްބަރު 2021
ރާއްޖެއަށް ދަތުރުނުކުރުމަށް ޔޫކޭއިން ނެރުނު ޓްރެވެލް އެޑްވައިޒަރީ އުވާލައިފި
19 ސެޕްޓެމްބަރު 2021

ޔޫކޭގެ ރެޑް ލިސްޓުން ރާއްޖެ އުނިކޮށްފި

19 ސެޕްޓެމްބަރު 2021
ޔޫކޭގެ ރެޑް ލިސްޓުން ރާއްޖެ އުނިކޮށްފި
30 ޖެނުއަރީ 2020

ފެބްރުއަރީ 10 ން ފެށިގެން އެސްޓީއޯ ސުޕަރމާކެޓުން ތަރުކާރީ އާއި މޭވާ ވިއްކާނީ އާންމު ވިޔަފާރިވެރިން

30 ޖެނުއަރީ 2020
ފެބްރުއަރީ 10 ން ފެށިގެން އެސްޓީއޯ ސުޕަރމާކެޓުން ތަރުކާރީ އާއި މޭވާ ވިއްކާނީ އާންމު ވިޔަފާރިވެރިން
01 ނޮވެމްބަރު 2019

މަކިޓާ ހެއްޔާ މުބާރާތުން އެއްވަނައަށް ދިޔަ ފަރާތް ހޮވައިފި

01 ނޮވެމްބަރު 2019
މަކިޓާ ހެއްޔާ މުބާރާތުން އެއްވަނައަށް ދިޔަ ފަރާތް ހޮވައިފި
28 ޖެނުއަރީ 2019

ހެޕީމާކެޓުން ވިއްކާ ކުކުޅު ވަރަށް އަގުހެޔޮކޮށްފި

28 ޖެނުއަރީ 2019
ހެޕީމާކެޓުން ވިއްކާ ކުކުޅު ވަރަށް އަގުހެޔޮކޮށްފި
25 ޖުލައި 2018

ރަޝިޔާގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް ފެއަރގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި

25 ޖުލައި 2018
ރަޝިޔާގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް ފެއަރގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި
17 އެޕްރީލު 2018

ޔޫކޭގައި ކޮފީ ބުއިމަށް ދޮޅުމަސް ދުވަސް ތެރޭގައި 8 ބިލިއަން ޑޮލަރު ހަރަދުކޮށްފައިވޭ!

17 އެޕްރީލު 2018
ޔޫކޭގައި ކޮފީ ބުއިމަށް ދޮޅުމަސް ދުވަސް ތެރޭގައި 8 ބިލިއަން ޑޮލަރު ހަރަދުކޮށްފައިވޭ!
13 އެޕްރީލު 2018

ބޮއިންގ ކުންފުންޏަށް ރަޝިޔާއިން ޓައިޓޭނިއަމް ވިއްކުން ހުއްޓާލަފާނެ!

13 އެޕްރީލު 2018
ބޮއިންގ ކުންފުންޏަށް ރަޝިޔާއިން ޓައިޓޭނިއަމް ވިއްކުން ހުއްޓާލަފާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް