Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޔޫކޭގެ ރެޑް ލިސްޓް

ޔޫކޭގެ ރެޑް ލިސްޓުން ރާއްޖެ އުނިކޮށްފި

ރާއްޖެއާއެކު 8 ގައުމެއް ރެޑް ލިސްޓުން ވަނީ އުނި ކުރެވިފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 19 ސެޕްޓެމްބަރު 2021 | އާދީއްތަ 08:10
ރާއްޖޭގެ ރިސޯޓެއް

ރާއްޖޭގެ ރިސޯޓެއް

ޔޫކޭގެ ރެޑް ލިސްޓުން ރާއްޖެ އުނި ކޮށްފިއެވެ.

އެ ގައުމުން އެންމެ ފަހުން އަޕްޑޭޓް ކޮށްފައިވާ ލިސްޓްގައި ރާއްޖެއާއެކު 8 ގައުމެއް ވަނީ ރެޑް ލިސްޓުން އުނިިކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތުރުކީ، މިސްރު، ދިވެހިރާއްޖެ، އޮމާން، ބަނގްލަދޭޝް، ޕާކިސްތާން އަދި ކެންޔާއެވެ.

ޓްރާންސްޕޯޓް ސެކެޓްރީ ގްރާންޓް ޝަޕްސް ވިދާޅުވީ މި މަހުގެ 22ން ފެށިގެން މި 8 ގައުމުން ލިސްޓުން އުނި ކުރުމަށް ނިންމާފައިވާ ކަމަށާއި، އޮކްޓޯބަރ 4 ވަނަ ދުވަހުން ފެށިގެން އެ ގައުމުތަކުން ޔޫކޭއަށް ދާ ފަތުރުވެރިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާނަމަ ޕީސީއާރް ޓެސްޓަކާ ނުލާ ދަތުރު ކުރެވޭނެ ކަމަށެވެ. ގައުމަށް އެތެރެވާތާ 2 ދުވަސް ތެރޭގައި ޓެސްޓް ހެދުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރެޑް ލިސްޓްގަައި ނުހިމެނޭ ގައުމުތަކުން ދަތުރުކުރާ މީހުންނަށް އަމިއްލަ ގޭގައި ނުވަތަ ބޭނުންވާ ތަނެއްގައި ކަރަންޓީން ވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެހެންނަމަވެސް ރެޑް ލިސްޓްގައި ހިމެނޭ ގައުމުތަކުން ދަތުރުކުރާ މީހުން ކަރަންޓީންވާން ޖެހޭނީ، ޔޫކޭގެ ސަރުކާރުން ކަނޑައަޅާ ތަނެއްގައެވެ.

ރާއްޖެ ޔޫކޭގެ ރެޑް ލިސްޓްގައި އޮންނަތާ މިހާރު މަހެއްހާ ދުވަސް ވަނީ ވެފައެވެ. ޔޫކޭ ހިމެނެނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މަންޒިލްތަކުގެ ތެރޭގައެވެ. އެހެންކަމުން ރެޑް ލިސްޓުން ރާއްޖެ އުނިވުމާއެކު ފަތުރުވެރިންގެ ޑިމާންޑް އަންނަނީ އިތުރުވަމުންނެވެ.

ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީއަށް ވެކްސިން ދިނުމުގެ ކާމިޔާބު ކެމްޕެއިނެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން އާބާދީގެ 70 އިންސައްތަ މީހުން މިހާރުވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ. އަޅާފައިވާ ފިޔަވަޅުތަކާއެކު ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އެއް ހަމައެއްގައި ހިފެހެއްޓިފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު ނަގާފައިވާ ފަސް ހާހަށްވުރެ ގިނަ ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 164 މީހުންނެވެ.

އިނގިރޭސިވިލާތްޓޫރިޒަމް މިނިސްޓްރީ

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2025

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

16 ނޮވެމްބަރު 2025
އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި
04 އޯގަސްޓު 2025

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި
22 އޮކްޓޯބަރު 2024

ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު

22 އޮކްޓޯބަރު 2024
ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު
20 ސެޕްޓެމްބަރު 2024

ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

20 ސެޕްޓެމްބަރު 2024
ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ
05 ޖުލައި 2024

ގާޒާގެ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އިނގިރޭސި އައު ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

05 ޖުލައި 2024
ގާޒާގެ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އިނގިރޭސި އައު ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު