Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުފަތުރުވެތިކަމުގެ އަދާހަމަ

އަދިވެސް ޓޮޕް މާކެޓުގެ ގޮތުގައި އޮތީ ރަޝިޔާ މާކެޓު

15 މާރިޗު 2022 | އަންގާރަ 13:21

މިހާތަނަށް 324،742 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 15 މާރިޗު 2022 | އަންގާރަ 13:21
ބުރުންޏަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް މަރުހަބާކިޔުން

ބުރުންޏަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް މަރުހަބާކިޔުން

ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން އަދިވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަނީ ރަޝިޔާ މާކެޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން, މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 324،742އަށް އަރާފައެވެ. ޖެނުއަރީ މަހު ރާއްޖެ އައިސްފައިވަނީ 131،764 ފަތުރުވެރިންނެވެ. އަދި މާޗް މަހު 149،008 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި ހިނގާ މާޗް މަހުގެ މިހާތަނަށް ޒިޔާރަތްކޮށްފައިވަނީ 43،971 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 48،173 ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާ މާކެޓުން ކަމަށެވެ. އަދި ޓޫރިސްޓު މާކެޓުތަކުގެ ތެރެއިން އެއްވަނައިގައި އަދިވެސް އޮތީ ރަޝިޔާ މާކެޓެވެ. ދެވަނައިގައި އިނގިރޭސިވިލާތް ހިމެނޭއިރު އިނގިރޭސިވިލާތުން މިހާތަނަށް 36،608 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. ތިންވަނައިގައި އިންޑިއާ އޮތްއިރު މިހާތަނަށް 31،433 ފަތުރުވެރިން އެގައުމުން އައިސްފައިވެއެވެ. ޖަރުމަނުން 25،650 ފަތުރުވެރިން އައިސްފައިވާއިރު، އިޓަލީން 22،385 ފަތުރުވެރިން އައިސްފައިވެއެވެ. އަދި ފްރާންސުން 16،104 ފަތުރުވެރިން އައިސްފައިވާއިރު، އެމެރިކާއިން 12،800 ފަތުރުވެރިން, ޔޫކްރެއިނުން 8،049 ފަތުރުވެރިން، ސްވިޒަރލޭންޑުން 7،434 ފަތުރުވެރިން އަދި އޮސްޓްރިއާއިން 7،118 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މިއަހަރުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް 4،776 ފަތުރުވެރިން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ. އަދި 8 ދުވަހު ރާއްޖޭގައި މަޑުކުރާ ކަމަށް ވަނީ ރެކޯޑުކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރާގޮތުގައި, މިވަގުތު ޓޫރިސްޓު އެކޮމޮޑޭޝަން ފެސިލިޓީތަކުގެ ގޮތުގައި 1،172 ފެސިލިޓީއެއް އެބަހުއްޓެވެ. އޭގެތެރޭގައި 168 ރިސޯޓާއި، 839 ގެސްޓްހައުސްއާއި، 1 ހޯމްސްޓޭއާއި، 152 ސަފާރީއެއްގެ އިތުރުން 12 ހޮޓަލެއް ހިމެނެއެވެ. މިތަންތަނުގައި 60،047 ބެޑް ކެޕޭސިޓީ އެބަހުއްޓެވެ. 1،172 ޓޫރިސްޓު ފެސިލިޓީގެ ތެރެއިން މިވަގުތު ޚިދުމަތް ދެމުންދަނީ 963 ތަނަކުން ކަމަށާއި, އަދި 60،047 ބެޑް ކެޕޭސިޓީގެ ތެރެއިން 54،340 އެނދެއްގެ ޚިދުމަތް ދެމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މިއަހަރު ނިމުމުގެ ކުރިން 2 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. މި އަމާޒަށް ވާސިލްވެވޭނެ ކަމުގެ އުންމީދު އެބައޮތްކަމަށް ޓޫރިޒަމް މިނިސްޓަރު ހާމަކުރައްވާފައިވާއިރު، މިދިޔަ 2021 ވަނަ އަހަރަށް ސަރުކާރުން ކަނޑައެޅި އަމާޒުވެސް ވަނީ ކާމިޔާބުކޮށްފައެވެ. އެގޮތުން މިދިޔަ 2021 ވަނަ އަހަރު 1.3 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފިއިރު، އަހަރު ނިންމާލާފައިވަނީ 1.32 މިލިއަން ފަތުރުވެރިންނާއެކުއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2017

ޔޭޔޭ ކޮފީ ގަނެގެން ކޮންމެ މަހަކު 15 ލެޕްޓޮޕް

03 ސެޕްޓެމްބަރު 2017
ޔޭޔޭ ކޮފީ ގަނެގެން ކޮންމެ މަހަކު 15 ލެޕްޓޮޕް
22 އޯގަސްޓު 2017

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 252 މިލިއަން ރުފިޔާ ލިބިއްޖެ

22 އޯގަސްޓު 2017
އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 252 މިލިއަން ރުފިޔާ ލިބިއްޖެ
24 ޖުލައި 2017

ބީއެމްއެލްއަށް 592 މިލިއަން ރުފިޔާ ފާއިދާގެ ގޮތުގައި ލިބިއްޖެ

24 ޖުލައި 2017
ބީއެމްއެލްއަށް 592 މިލިއަން ރުފިޔާ ފާއިދާގެ ގޮތުގައި ލިބިއްޖެ
11 މެއި 2017

ޓްރީޓޮޕް ހޮސްޕިޓަލަކީ ފަޚުރުވެރިވާ އިންވެސްޓްމަންޓެއް: ބީއެމްއެލް

11 މެއި 2017
ޓްރީޓޮޕް ހޮސްޕިޓަލަކީ ފަޚުރުވެރިވާ އިންވެސްޓްމަންޓެއް: ބީއެމްއެލް
09 މެއި 2017

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

09 މެއި 2017
ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި
20 އެޕްރީލު 2017

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ
16 ފެބުރުއަރީ 2017

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި
01 ފެބުރުއަރީ 2017

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް