Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ މޫސުން

ރޯދަ މަހު އެންމެ ހޫނުގަދަވާނީ މެންދުރު 2 ޖަހާއިރު: މެޓް އޮފީސް

7 އެޕްރީލު 2022 | ބުރާސްފަތި 12:49

މެޓް އޮފީހުން ބުނީ މިދުވަސްވަރު ވައި މަޑުވުމާއި އޭގެ ސަބަބުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށް ވުރެ އިހުސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 އެޕްރީލު 2022 | ބުރާސްފަތި 12:49
ސިނަމާލެ ބްރިޖް

ސިނަމާލެ ބްރިޖް

ހިނގަމުންމިދާ އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ ހޫނުގަދަ މަސް ކަމުގައި މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ މިދުވަސްވަރު ވައި މަޑުވުމާއި އޭގެ ސަބަބުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށް ވުރެ އިހުސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާކަމަށެވެ. އަދި މިއީ އިރުވައި މޫސުމުން ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރުކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

Advertisement - newsAdvertisement

މެޓް އޮފީހުން ވަނީ އެއޮފީހުން ޑާޓާ ނަގަމުންދާ ހަނިމާދޫ، ހުޅުލެ އަދި ގަމުގެ ފިނިހޫނުމިނާއެކު ތަފްސީލް ހާމަކޮށްފައެވެ. އެގޮތުން 1992 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރަށް ވައިގެ ތެއްކަން ހުރި މިންވަރަށް ބަލާއިރު ހަނިމާދޫގެ ހޫނު މިން މިމުއްދަތުގައި ރިކޯޑް ކޮށްފައިވަނީ 29.7 ޑިގްރީ ސެލްސިއަސްގައެވެ. ހުޅުލޭގައި 29.6 ޑިގްރީ ސެލްސިއަސްގައި ހުރިއިރު މިމުއްދަތުގައި ގަމުގެ ހޫނުމިން ރިކޯޑް ކޮށްފައިވަނީ 28.9 ޑިގްރީ ސެލްސިއަސްގައެވެ.

މެޓް އޮފީހުން ބުނީ މިމަސްތެރޭގައި ދުވަހުގެ ހޫނު މިން އެންމެ މަތިވެގެންދާނީ އާންމުކޮށް މެންދުރުފަހު 2 ޖަހާއިރު ކަމަށެވެ. އޭޕްރީލް 7 ވަނަ ދުވަހުގެ މެންދުރު 2 ޖެހީއިރު ރާއްޖޭގެ އެކި ހިސާބުތަކުގައި ފިނިހޫނު މިން ހުރި ގޮތަށް ބަލާއިރު އެންމެ ހޫނުގަދަކަމަށް ރިކޯޑްކޮށްފައިވަނީ ކައްދޫންނެވެ. އެއީ 32 ޑިގްރީ ސެލްސިއަސްއެވެ. އެއަށްފަހު ހުޅުލެއިންނެވެ. އެއީ 31.5 ޑިގްރީ ސެލްސިއަސްއެވެ. ގަމުގެ ހޫނުމިން 31.1 ޑިގްރީ ސެލްސިއަސްގައި ހުރިއިރު ހަނިމާދޫ އަދި ކާޑެއްދޫގެ ހޫނުމިން ބުރާސްފަތި ދުވަހުގެ މެންދުރު 2 ޖެހީއިރު ހުރީ 31 ޑިގްރީ ސެލްސިއަސްގައެވެ.

އޭޕްރީލް 7 ވީ ބުރާސްފަތި ދުވަހުގެ 5 ޖެހިއިރުގެ ހޫނު މިނަށް ބަލާއިރު ކައްދޫގެ ހޫނުމިން ހުރީ 31.5 ޑިގްރީ ސެލްސިއަސްގައެވެ. ހުޅުލޭގެ ހޫނު މިން 31.1 ޑިގްރީގައި ހުރިއިރު ހަނިމާދޫގެ ހޫނުމިން ހުރީ 31.2 ޑިގްރީ ސެލްސިއަސްގައެވެ. ގަމުގެ ހޫނު މިން 5 ޖެހީއިރު ހުރީ 31.5 ޑިގްރީގައެވެ. އަދި ކާޑެއްދޫގެ ހޫނުމިން ހުރީ 30 ޑިގްރީގައެވެ.

މެޓް އޮފީހުން ބުނީ ކޮންމެ ދުވަހަކުވެސް 11 ޖަހާއިރު، 2 ޖަހާއިރު އަދި 5 ޖަހާއިރު ފަސް ސްޓޭޝަންގައި ވައިގެ ފިނިހޫނުމިން ހުރި މިންވަރު އާންމުކުރަމުން ގެންދާނެކަމަށެވެ.

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

3

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

4

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

5

ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރު ކޮށްފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
13 ފެބުރުއަރީ 2017

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

13 ފެބުރުއަރީ 2017
މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
01 ފެބުރުއަރީ 2017

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް