Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫސަގެ މަރުގެ މައްސަލަ

މާފުށީ ޖަލުގެ ޝަރީއަތް ކުރިއަށްގެންދާ ރޫމެއް ނުލިބިގެން، މޫސަގެ މަރުގެ މައްސަލަ ކުރިއަށް ނުގެންދެވުނު

7 އެޕްރީލު 2022 | ބުރާސްފަތި 07:01

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ޙަސަން ސައީދު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 އެޕްރީލު 2022 | ބުރާސްފަތި 07:01
ކްރިމިނަލް ކޯޓު- ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ޙަސަން ސައީދު

ކްރިމިނަލް ކޯޓު- ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ޙަސަން ސައީދު

2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު މާފަންނު އައިޓަމްސް ފިހާރަ ކައިރީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގި ގޭންގު މާރާމާރީއެއްގައި، ވ.ކެޔޮދޫ ދޭލިޔާގޭ މޫސާ އަޙްމަދު މަރާލި މައްސަލައާއި ގުޅިގެން ބޭއްވި އަޑުއެހުން ކެންސަލްކޮށްފިއެވެ.

މޫސަގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައި ވަނީ މ. ދިއްގަރު ދެބުދާރުގެ އަހުމަދު އިޖާދު މުހައްމަދު އާއި، ނ. ޅޮހި ކަނީރުމާގެ މުހައްމަދު ރިޔާޒުއާއި، ސ ހިތަދޫ މުޑުދާސްގޭ އަލީ ޙަސަންގެ މައްޗަށެވެ.

Advertisement - newsAdvertisement

މީގެއިތުރުން، ސ ހިތަދޫ ގުލްބަކާގޭ މުޙައްމަދު ނާޒިޝް ނާޒިމްގެ މައްޗަށް މި މައްސަލައިގައި އުފުލާފައިވަނީ މީހަކަށް ނުރައްކާތެރި ހާނީއްކައެއްވާނެ ގޮތަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

އެ ހަތަރު މީހުންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށެވެ. އެހެންނަމަވެސް، އަޑުއެހުން ކެންސަލްވެފައިވަނީ މާފުށީ ޖަލުގައި ވީޑިއޯ ކޮންފަރެންސިންގ ރޫމެއް އެވަގުތު ލިބެން ނެތުމުގެ ސަބަބުންނެވެ.

މިކަމާއި ގުޅިގެން ކަރެކްޝަންސްގެ އޮފިޝަލަކު ރާއްޖެއެމްވީއަށް ވިދާޅުވީ، މާފުށީ ޖަލުގައި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދިއުމަށް 5 ރޫމެއް ހުންނަ ކަމަށާއި، އެ 5 ވީޑިއޯ ކޮންފެރެންސިންގ ރޫމްވެސް އަޑުއެހުންތަކަށް ބޭނުންކުރާ ކަމަށެވެ. އަދި ބުރާސްފަތި ދުވަހު ނެޓްވޯކްގެ މައްސަލަތަކެއް ދިމާވުމުގެ ސަބަބުން ބޭނުން ކުރަމުން ދިޔައީ އޭގެ ތެރެއިން 4 ތަނެއް ކަމަށާއި، އެކަމުގެ ސަބަބުން ބައެއް އަޑުއެހުންތައް އެހެން ގަޑިއަކަށް ފަސްކޮށްދިނުމަށް ކަރެކްޝަންސްއިން އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސަގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ އިބްރާޙިމް ސައްމާޙް އަހުމަދު ފަތުހީގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށައެޅި ހުށައެޅުމަކާއި ގުޅިގެން އޭރު ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާ ބަލާނެ ތަނެއް ނެތްކަމަށް ނިންމާފައެވެ. އަދި އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުންވެސް ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ.

އެހެންނަމަވެސް، ސުޕްރީމް ކޯޓުން 2021 ވަނަ އަހަރު ވަނީ އެ ދައުވާ އަލުން ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރު ނެރިފައެވެ. 

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ޙަސަން ސައީދުއެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
25 ޖެނުއަރީ 2017

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

25 ޖެނުއަރީ 2017
އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް