Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިމަރަފުށީ ބަނދަރުގެ މަސައްކަތް

ތިމަރަފުށީ ބަނދަރުގެ މަސައްކަތް ތާވަލުކުރެވިފައި އޮތީ މިއަހަރުގެ ފަހު ކުއާޓާގައި – އަސްލަމް

6 އެޕްރީލު 2022 | ބުދަ 06:57

ބަނދަރުގެ މަސައްކަތާއި މަގު ހެދުމުގެ މަސައްކަތާއި ގުޅުމެއް ނެތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 އެޕްރީލު 2022 | ބުދަ 06:57
މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް

މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް

ތ. ތިމަރަފުށީ ބަނދަރުގެ މަސައްކަތް ކުރުމަށް ތާވަލުކޮށްފައިވަނީ މިއަހަރުގެ ފަހު ކުއާޓާގައި ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލުކުރެއްވުމުގެ ބައިގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ގޮތުގައި ހިމެނިފައިވާ ތ. ތިމަރަފުށި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައަކަތް ފެށޭނެ ތާރީހެއް ސާފުކޮށްދެއްވުމާއި ގުޅޭގޮތުން ސުވާލުކުރައްވާފައެވެ. މިސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވޭތުވެދިޔަ އަހަރުގެ ފަހުކޮޅު ތިމަރަފުއްޓަށް ކުރެއްވި ޒިޔާރަތެއްގައި ތިމަރަފުށީ ރައްޔިތުންގެ އެދިވަޑައިގަތުމަކަށް މިއަހަރުގެ ބަޖެޓުގައި ތިމަރަފުށީ ބަނދަރު އަޕްގްރޭޑްކޮށްދެއްވާނެ ވާހަކަ ވިދާޅުވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި މިއަހަރުގެ ބަޖެޓުގައި އެ މަސައްކަތް ހިމެނިފައިވާ ކަމަށާއި، މަސައްކަތް ތާވަލުކުރެވި މި މަސައްކަތް ފެށޭނީ މިއަހަރުގެ ފައިނަލް ކުއާޓާގައި ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ސުވާލުކުރުމުގެ ބައިގައި މެމްބަރު ރިޔާޒު ވަނީ ތިމަރަފުށީ ގިރާ މައްސަލަ ވޭތުވެދިޔަ 2 އަހަރު ވެސް އެންމެ ފަހު ކުއާޓަރަށް ހަދަމުން ގޮސް މިހާރު 3 ވަނަ އަހަރަކަށް ފަސްވެ، އެކަމެއް ނުވާކަމަށް ވިދާޅުވެފައެވެ. އަދި ތިމަރަފުށީގެ މަގުތައް ވެސް ނިންމެން އަންނަނީ ބަނދަރު މަރާމާތުކޮށްގެން ކަމަށާއި، މަގުތަކުގެ މަސައްކަތް ހިނގަމުންދާއިރު އެކަން ކޮށްދިނުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އާދޭހޭއްކަމުން، އެމަސައްކަތް ފަހު ކުއާޓަރަށް ނުލާ ކުރެވޭނެ އެއްވެސް ގޮތެއް އޮތްތޯ ސުވާލު ކުރައްވާފައެވެ.

މި ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ މަސައްކަތްތައް ޕްލޭންކޮށް ފަށަންވާ ތާރީހުގައި ނުފެށި ވަރަށް ގިނަ މަސައްކަތް ހުންނަ ކަމަށާއި، ތިމަރަފުށީ މަގު ހެދުމުގެ މަސައްކަތްތަކާއި ބަނދަރާއި ގުޅުމެއް ހުރި ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ.

އެހެންނަމަވެސް މެމްބަރު އެދިވަޑައިގެންނެވީ ރައްޔިތުންގެ އެދުމަކީ އަވަސްކޮށް ދިނުން ކަމަށްވާތީ، އެކަން ބައްލަވާދެއްވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް