Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރަމަޟާން ކްރިކެޓް ކާނިވާ

38 ޓީމާއެކު ރަމަޟާން ކްރިކެޓް ކާނިވާ ފަށައިފި

5 އެޕްރީލު 2022 | އަންގާރަ 06:21

ކްރިކެޓް ކާނިވަލްގައި 3 މުބާރާތް ހިމެނޭ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 5 އެޕްރީލު 2022 | އަންގާރަ 06:21
ކްރިކެޓް ކާނިވަލްގައި ދެޓީމް ވާދަކުރަނީ

ކްރިކެޓް ކާނިވަލްގައި ދެޓީމް ވާދަކުރަނީ

38 ޓީމާއެކު ރަމަޟާން ކްރިކެޓް ކާނިވާ ފަށައިފިއެވެ. 38 ޓީމް ވާދަކުރަނީ ރަމަޟާންމަހު ކްރިކެޓް ބޯޑުން ބާއްވާ 3 މުބާރާތުގައެވެ.

ފުރަތަމަ މުބާރާތުގެ ފުރަތަމަ ދުވަހު ކުޅުނު ދެމެޗު ކާމިޔާބުކުރީ އެވިއާ މޯލްޑިވްސްއާއި އެއަޕޯރޓް ރެކްރިއޭޝަން ކްލަބެވެ. އެވިއާ މޯލްޑިވްސް މެޗު ކާމިޔާބުކުރީ މެރީ ކޯނާއާއި ވާދަކޮށް 7 ވިކެޓުންނެވެ. މެޗުގައި މެރީ ކޯނާއަށް 8 އޯވަރުން 4 ކުޅުންތެރިން ނުބައިވެގެން ހެދުނީ 102 ލަނޑެވެ. އެވިއާ މޯލްޑިވްސްއިން ވަނީ ހަވަނަ އޯވަރުގެ ތެރޭގައި ކުޅުންތެރިއަކު ނުބައިނުވެ 104 ލަނޑު ހަދާ މެޗު ކާމިޔާބުކޮށްފައެވެ.

އެއަޕޯރޓް ރެކްރިއޭޝަން ކްލަބް މެޗު ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކްލަބާއި ވާދަކޮށް 5 ވިކެޓުންނެވެ. ސިފައިންނަށް 8 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 109 ލަނޑެވެ. އެއަޕޯރޓް ރެކްރިއޭޝަން ކްލަބުން ވަނީ 5.5 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވިއިރު 110 ލަނޑު ހަދާފައެވެ.

މުބާރާތުގެ ދެވަނަ ދުވަހުގެ ދެމެޗު ކާމިޔާބުކުރީ ސަންކުއިކް ލިލީއާއި މީޓިއޯސްއެވެ. ސަންކުއިކް ލިލީ މެޗު ކާމިޔާބުކުރީ އައިބީއެސްއާއި ވާދަކޮށް 23 ލަނޑުންނެވެ. ސަންކުއިކް ލިލީން ވަނީ ކުޅެން އަރާ 8 އޯވަރު ހަމަވިއިރު ކުޅުންތެރިއަކު ނުބައިނުވެ 140 ލަނޑު ހަދާފައެވެ. އައިބީއެސްއަށް 8 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވިއިރު ހެދުނީ 117 ލަނޑެވެ.

މީޓިއޯސް މެޗު ކާމިޔާބުކުރީ ސުގަރ ކޯންއާއި ވާދަކޮށް, 6 ވިކެޓުންނެވެ. ސުގަރ ކޯން ފުރަތަމަ ކުޅެން އަރާ 8 އޯވަރު ހަމަވިއިރު, 3 ކުޅުންތެރިން ނުބައިވެގެން ހެދުނީ 107 ލަނޑެވެ. މެޓެރޯސް ވަނީ 6.2 އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިއަކު ނުބައިވެގެން 108 ލަނޑު ހަދާ މެޗު ކާމިޔާބުކޮށްފައެވެ.

ރަމަޟާން ކްރިކެޓް ކާނިވަލްގައި ހިމެނެނީ އޯޕަން ޓޭޕްބޯލް މުބާރާތާއި, އޮފީސް މުބާރާތާއި, ކުންފުނިތަކުގެ މުބާރާތެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި

20 ފެބުރުއަރީ 2017
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި
18 ފެބުރުއަރީ 2017

އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި

18 ފެބުރުއަރީ 2017
އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި
18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް