Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭއެފްސީ ކަޕް ކޮލިފައިން

ވިސްނުމަކީ ދިވެހި ކުޅުންތެރިން ލައިގެން މެޗު ކާމިޔާބުކުރުން: ފެސްކޯ

2017 ވަނަ އަހަރު ވެލެންސިއާއިން އޭއެފްސީ ކޮލިފިކޭޝަން ކުޅުނީވެސް ފެސްކޯގެ އިރުޝާދުގެ ދަށުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 4 އެޕްރީލު 2022 | ހޯމަ 15:18
ވެލެންސިޔާގެ ހެޑް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ)

ވެލެންސިޔާގެ ހެޑް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ)

އޭއެފްސީ ކަޕްގެ ކޮލިފިކޭޝަން މެޗުގައި ބޫޓާންގެ ޕަރޯ އެފްސީ އާއި ބައްދަލުކުރާ މެޗުގައި ވިސްނުން ހުރީ ދިވެހި ކުޅުންތެރިން ލައިގެން މެޗު ކާމިޔާބުކުރުން ކަމަށް ވެލެންސިޔާގެ ހެޑް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.

އަންގާރަ ދުވަހުގެރޭ ކުޅޭ މި މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ފެސްކޯ ބުނީ ވެލެންސިއާ ޓީމުން ނިކުންނާނީ ރާއްޖެ ތަމްސީލް ކުރުމަށް ކަމަށެވެ. އަދި މި މެޗުގައި ހުސް ރާއްޖޭގެ ކުޅުންތެރިން ބޭނުންކުރުމުގެ ވިސްނުން ހުރިކަމަށް އޭނާ ބުންޏެވެ.

ފެސްކޯ ބުނީ ޕަރޯ އެފްސީއަކީ ދަށް ޓީމެއް ނޫން ކަމަށެވެ. އަދި ފަހަކަށް އައިސް ބޫޓާންގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުވެފައި ވާއިރު، ޕަރޯ އެފްސީގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެންނާނެކަމަށް އޭނާ އުންމީދުކުރެއެވެ. ޕަރޯ އެފްސީއަކީ ބޫޓާން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. ފެސްކޯ ބުނީ އިދިކޮޅު ޓީމަކީ މޮޅު ޓީމެއް ކަމަށް ވިސްނި ނަމަވެސް އޭގެ ސަބަބުން ވެލެންސިއާގެ ކުޅުމަށް ދެރަވާ ވަރަށް އެކަމާ ނުވިސްނާނެ ކަމަށެވެ.

2017 ވަނަ އަހަރު ވެލެންސިއާއިން އޭއެފްސީ ކޮލިފިކޭޝަން ކުޅުނީވެސް ފެސްކޯގެ އިރުޝާދުގެ ދަށުންނެވެ. ނަމަވެސް އޭރާއި އަޅާ ބަލާއިރު މިހާރުގެ ޓީމުގައި މޮޅުވުމުގެ ރޫހާއި މަސައްކަތުގެ ރޭޓް މާ ރަނގަޅުކަން ފެސްކޯ ފާހަގަކުރިއެވެ.

މިފަހަރުގެ މުބާރާތުގެ ކޮލިފިކޭޝަންއަށް ނިކުންނައިރު ވެލެންސިއާއަށް ދަތިތަކެއް އެބަހުއްޓެވެ. އެގޮތުން އަލީ ފާސިރު (ސެންޓޭ) އަނިޔާގައި ހުރުމަށްފަހު އަލުން ޓީމާއި ގުޅިފައިވާއިރު ޕަރޯގެ މެޗަށް އޭނާ މުޅިއަކުން ފިޓެއް ނޫނެވެ. ފެސްކޯ ބުނީ ދެމަހެއްހާ ދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު ސެންޓޭއަށް މި މެޗު ކުޅެވޭނެކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ފެނުން އެކަށީގެންވާ ކަމަށް ފެސްކޯ ބުންޏެވެ. މި މެޗަށް ނުކުންނައިރު، އައްސަދު އަލީ (އަޑޭ) ވެސް ޓީމުން ނުފެންނާނެއެވެ. އަދި ވެލެންސިއާއަށް ކުޅެމުން އައި ލަންކާގެ އިތުބާރުހުރި ޑިފެންޑަރު ޑަކްސަން ވަނީ ދާދި ފަހުން އަމިއްލައަށް ދަން ޖެހިގެން މަރުވެފައެވެ. ޓީމުގެ ފުރަތަމަ 11 އިން އާންމުކޮށް ފެންނަ ހައެއްކަ ކުޅުންތެރިން މި މެޗުން ނުފެންނާނެކަމަށް ފެސްކޯ ބުންޏެވެ. އަމިއްލަ ސަބަބުތަކަކާއި ހުރެ ޓީމުގެ އެއް ނަންބަރު ކީޕަރު ފައިސަލް ވަނީ ރިލީޒްއަށް އެދިފައެވެ.

ނަމަވެސް ފައިސަލްއަށް ރިލީޒްދިންތޯ ކުރި ސުވާލަށް ޖަވާބުދެމުން ފެސްކޯ ބުނީ ފައިސަލްއަކީ އަދި ވެލެންސިއާގެ ކުޅުންތެރިއެއް ކަމަށެވެ. އަދި މި މެޗުގައި ފައިސަލް ފެންނާނެތޯ ކުރި ސުވާލަށް ސީދާ ޖަވާބެއް ނުދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު