Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް

ތިން މިނިޓުން ދެ ގޯލު ވަދެ، މިފަހަރުވެސް މާޒިޔާ ކަޓައިފި

27 ނޮވެމްބަރު 2023 | ހޯމަ 14:51

މާޒިޔާ ކޮޅަށް 2 ގޯލު ވަނީ 78 އަދި 80 ވަނަ މިނިޓްގައި

ރާއްޖެ އެމްވީ | 27 ނޮވެމްބަރު 2023 | ހޯމަ 14:51
މާޒިޔާގެ ކުޅުންތެރިން: އޭއެފްސީ ކަޕުން ވަނީ ކަޓާފައި

މާޒިޔާގެ ކުޅުންތެރިން: އޭއެފްސީ ކަޕުން ވަނީ ކަޓާފައި

އޭއެފްސީ ކަޕުގެ ދެވަނަ ބުރަށް ނުދެވި، ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އަނެއްކާވެސް އޭއެފްސީ ކަޕުން ކަޓައިފިއެވެ.

މާޒިޔާއަށް ދެވަނަ ބުރަށް ދިއުމުގެ ކިރިޔާވެސް އުއްމީދެއް ހޯދެން އޮތީ މިރޭ ބަނގްލަދޭޝްގައި ނިމުނު މެޗުން މޮޅުވެގެންނެވެ. އެކަމަކު އެ ޓީމު ކެޓީ ލީޑް ހޯދާފައި ވަނިކޮށް، ބަނގްލަދޭޝްގެ ޗެމްޕިއަން ޓީމުން ފަހު ތިން މިނިޓްތެރޭގައި ޖެހި ދެ ގޯލުންނެވެ. މި ދެ ގޯލުވެސް ޖެހީ ޔުލްދަޝޯވްއެވެ. އެއީ 78 ވަނަ މިނިޓާއި 80 ވަނަ މިނިޓުގައެވެ. މާޒިޔާގެ ލަނޑު ޖެހީ 10 ވަނަ މިނިޓުގައި އޯބެންގެވެ.

މިއީ މާޒިޔާ އޭއެފްސީ ކަޕުގެ ދެވަނަ ބުރަށް ނުދެވި ޖެހިޖެހިގެން ކެޓި ހަވަނަ ފަހަރެވެ. ރާއްޖޭގެ ޓީމަކަށް އެންމެ ފަހުން ދެވަނަ ބުރަށް ދެވުނީ 2013 ވަނަ އަހަރު ނިއުރޭޑިއަންޓް ދެވަނަ ބުރު ފަހަނައަޅައި ކުއާޓަރ ފައިނަލް ކުޅުނު ފަހަރުއެވެ.

ކޮންމެ ޓީމަކަށް ބާކީ މެޗެއް އޮއްވައި ރާއްޖޭގެ މިދިޔަ ހަތަރު އަހަރުގެ ޗެމްޕިއަން މާޒިޔާ ކެޓީ ކުޅުނު ފަސް މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވުމުންނެވެ. އެ ޓީމު މޮޅުވީ ފުރަތަމަ މެޗުގައި ބަޝުންދުރަ އަތުން މާލޭގައި 3-1ންނެވެ. އޭގެ ފަހުން އިންޑިޔާގެ ދެ ޓީމު ކަމަށްވާ މޯހަން ބަގާން އަތުން ބަލިވެ، އެ ގައުމުގެ އޮޑިއްސާ އަތުން އިންޑިޔާއާއި މާލޭގައި ކުޅެގެންވެސް ވަނީ ބަލިވެފައެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ 14 ކުޅުންތެރިންނާއި ބިދޭސީ ހަ ކުޅުންތެރިން ހިމެނޭ ޓީމަށް މި ނަތީޖާތަކުގެ ސަބަބުން ލިބިފައިވަނީ ފަސް މެޗުން ތިން ޕޮއިންޓެވެ. ބަޝުންދުރައަށް 10 ޕޮއިންޓެވެ. އިންޑިޔާގެ މޯހަން ބަގާންއަށް 7 ޕޮއިންޓް އަދި އޮޑިއްސާއަށް 6 ޕޮއިންޓް ލިބިފައިވާތީވެ މިރޭ މި ދެ ޓީމު ކުޅޭ މެޗުގެ ނަތީޖާއިން ޓޭބަލުގެ ދެވަނަ އަދި ތިންވަނައަށް ބަދަލު އަތުވެދާނެއެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
05 ފެބުރުއަރީ 2017

އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!

05 ފެބުރުއަރީ 2017
އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް