Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޔޫކްރެއިން ހަނގުރާމަ

ހަނގުރާމައިގެ ސަބަބުން ފަޅުވެފައިވާ ޚާރްކީވް އަށް ދިރުން ގެނެސްދިނުމަށް މިޔުޒިޝަނެއް

އޭނާގެ މައިގަނޑު މަގްސަދަކީ އިންސާނީ އެހީތެރިކަން ހޯދުމަށް ފަންޑް ހޯދުމާއި ހަލާކުވެފައިވާ ތަންތަން މަރާމާތުކުރުމަށް ފައިސާ ހޯދުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 3 އެޕްރީލު 2022 | އާދީއްތަ 13:16
ޚާރްކީވްގެ މިޔުޒިޝަނެއް

ޚާރްކީވްގެ މިޔުޒިޝަނެއް

ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ އެކި ސިޓީތަކާއި ޓައުންތައް ހަލާކުވަމުންދާއިރު މުޅި ޔޫކްރެއިން އަށް ވެރިވެފައިވަނީ ހަނގުރާމައިގެ ބިރުވެރިކަމެވެ. އިމާރާތްތައް ހަލާކުވެ ބިމާ ހަމަވެފައިވާއިރު ސިޓީތަކުން ފެންނަނީ ފަޅުކަމެވެ. މިހާލަތުގައިވެސް ޔޫކްރެއިންއަށް ދިރުން ގެނެސްދިނުމަށް މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

އެގޮތުން ސެލޯ ކުޅޭ މީހެއް ކަމުގައިވާ ޑެނީސް ކަރަޝެވްޓްސެވް އަކީ ހަނގުރާމައިގައި އެންމެ ބޮޑަށް ހަލާކުވެފައިވާ އެއް ސިޓީ ކަމުގައިވާ ޚާރްކީވްގައި އުޅޭ މީހެކެވެ. އޭނާ އަންނަނީ ހަލާކުވެފައިވާ ތަންތަނުގެ ކައިރީގައި ހުރެގެން ސެލޯ ކުޅޭ ވީޑިއޯ ސޯޝަލް މީޑިޔާއަށް އަޕްލޯޑްކުރަމުންނެވެ.

މަރޗް މަހުގެ 22 ވަނަ ދުވަހުން ފެށިގެން ޑެނީސް ސެލޯ ކުޅެ އޭގެ ވީޑިއޯ ސޯޝަލް މީޑިޔާ އަށް އަޕްލޯޑް ކުރަމުންދާއިރު އޭނާގެ މައިގަނޑު މަގްސަދަކީ އިންސާނީ އެހީތެރިކަން ހޯދުމަށް ފަންޑް ހޯދުމާއި ހަލާކުވެފައިވާ ތަންތަން މަރާމާތުކުރުމަށް ފައިސާ ހޯދުމެވެ. ވަކިން ޚާއްސަކޮށް ޚާރްކީވްގެ އަރކިޓެކްޗަރ ކުރިން އޮތް ގޮތަށް ރުޖޫޢަކުރުމެވެ.

ބުދަ ދުވަހު އޭނާ އަޕްކުރި ވީޑިއޯގައި ފެންނަނީ ހަލާކުވެފައިވާ ސްކޫލެއް ގެ ތެރޭގައި އިނދެގެން ސެލިއޯ ކުޅޭ ތަނެވެ. އޭނާ ކުޅެމުންދިޔައީ "ޗެރީ ބްލޮސޮމްސް" އެވެ.

"އަހަރެން ވަރަށް ލޯބިވޭ އަހަރެންގެ މިސިޓީ ދެކެ. އަހަރެންނަށް ގަބޫލުކުރެވޭ ގޮތުގައި އަހަރުމެންގެ ސިޓީ އާއި ގައުމު އަލުން އާރާސްތުކުރުމަށް އަހަރުމެންނަށް އެހީތެރިވެދެވޭނެ." އޭނާ އަޕްލޯޑްކުރި ވީޑިއޯއެއްގެ ކެޕްޝަންގައި ލިޔެފައިވެއެވެ.

އިތުރަށް ކިޔާލަން

09 މެއި 2019

އަހަރެންގެ ނަން ބަދަލު ކުރަން ޖެހުނީ އާލިއާ ބަޓްގެ ސަބަބުން ސަލްމާން އެދިގެން: ކިއާރާ

09 މެއި 2019
އަހަރެންގެ ނަން ބަދަލު ކުރަން ޖެހުނީ އާލިއާ ބަޓްގެ ސަބަބުން ސަލްމާން އެދިގެން: ކިއާރާ
05 މެއި 2019

އަމީތާބް ބަލިވުމުގެ ސަބަބުން އާދިއްތަ ދުވަހު ފޭނުންނާ ބައްދަލުކުރުން ކެންސަލް!

05 މެއި 2019
އަމީތާބް ބަލިވުމުގެ ސަބަބުން އާދިއްތަ ދުވަހު ފޭނުންނާ ބައްދަލުކުރުން ކެންސަލް!
16 މާރިޗު 2019

ވިއްސާރަވުމުގެ ސަބަބުން ދަބަންގް ޓުއާ ކެންސަލް ކޮށްފި

16 މާރިޗު 2019
ވިއްސާރަވުމުގެ ސަބަބުން ދަބަންގް ޓުއާ ކެންސަލް ކޮށްފި
05 ނޮވެމްބަރު 2018

ކީމޯތަރަޕީގެ ސަބަބުން ސޮނާލީގެ ލޮލުގެ ފެނުމަށް ގެއްލުން ވަނީ

05 ނޮވެމްބަރު 2018
ކީމޯތަރަޕީގެ ސަބަބުން ސޮނާލީގެ ލޮލުގެ ފެނުމަށް ގެއްލުން ވަނީ
28 އޯގަސްޓު 2018

ސަރަކާތް ޖަހާ ކޯމަހެއްގެ ސަބަބުން މޫދަށް އެރުން އެންމެނަށް މަނާކޮށްފި

28 އޯގަސްޓު 2018
ސަރަކާތް ޖަހާ ކޯމަހެއްގެ ސަބަބުން މޫދަށް އެރުން އެންމެނަށް މަނާކޮށްފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު