Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއަރ ލީގު

ފަހަތުން އަރާ ޗެލްސީ ބަލިކޮށް، ބްރެންޓްފޯޑަށް ބޮޑު މޮޅެއް

ޗެލްސީ ބަލިވީ 4-1 ގެ ނަތީޖާއަކުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 2 އެޕްރީލު 2022 | ހޮނިހިރު 16:53
ޗެލްސީ ކޮޅަށް ބްރެންޓްފޯޑުގެ އެރިކްސަން ޖެހި ލަނޑު

ޗެލްސީ ކޮޅަށް ބްރެންޓްފޯޑުގެ އެރިކްސަން ޖެހި ލަނޑު

އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީއާއި ވާދަކުރި މެޗުގައި ފަހަތުން އަރާ ބްރެންޓްފޯޑުން ބޮޑު މޮޅެއް ހޯދައިފިއެވެ.

ޗެލްސީގެ ދަނޑުގައި ހޮނިހިރު ދުވަހު ކުޅުނު މި މެޗުން ބްރެންޓްފޯޑް ކުރިހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ލީޑު ނެގީ ޗެލްސީއިންނެވެ. ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވަނީސް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލުގެ ކަނަކަށް ފޮނުވާލައިގެން ޗެލްސީއަށް ލީޑު ނަގައިދިނީ އެންޓޯނިއޯ ރުޑިގާއެވެ.

އޭގެ ދެމިނެޓު ފަހުން ބްރެންޓްފޯޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ވިޓަލީ ޖަނޭޓްއެވެ. މި މެޗުގައި އޭނާ ދެލަނޑު ޖެހިއެވެ. ބްރެންޓްފޯޑަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބު ކޮށްދިނީ ޑެންމާކުގެ ކްރިސްޓެން އެރިކްސަންއެވެ. ޔޫރޯ 2020 ގައި ހާޓްއެޓޭކެއް ޖެހިގެން ކުޅުމާއި ދުރުގައި ހުރުމަށްފަހު އޭނާ އަންނަނީ އަލުން ކުޅުން ފަށައިގެން ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ބްރެންޓްފޯޑުގެ ފަހު ލަނޑަކީ ޔޯނޭ ވިސާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި ނަތީޖާއާއެކު ބްރެންޓްފޯޑު ވަނީ ތާވަލުގެ 14 ވަނައަށް ޖެހިލާފައެވެ. ޗެލްސީ އޮތީ 59 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.

ލީގުގައި ހޮނިހިރު ދުވަހު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ވަޓްފޯޑް އަތުން ލިވަޕޫލް މޮޅުވީ 2-0 ގެ ނަތީޖާ އަކުންނެވެ. ބާންލޭއާއި ވާދަކޮށް މެންޗެސްޓަރ ސިޓީއިންވެސް ކުރިހޯދީ މި ނަތީޖާއިންނެވެ. ބްރިޓަން އާއި ނޯވިޗް ސިޓީ ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވިއިރު، ލީޑްސް އާއި ސައުތެމްޕްޓަން ބައްދަލުކުރި މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. އެސްޓަން ވިލާގެ މައްޗަށް ވޮލްވްސްއިން ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.

ޕްރިމިއަރ ލީގުޗެލްސީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު