Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރަމަޟާން މަސް 1443

"އެއީ ރޯދަ ތަންކޮޅު"، މިހެން ކިއުން ހުއްޓާލަންވެއްޖެ

ރަމަޟާން މަހަކީ ހެޔޮކަމުގެ މަހެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 2 އެޕްރީލު 2022 | ހޮނިހިރު 08:46
އައު އަހަރުގެ ފުރަތަމަ ދުވަހު އާންމު ރައްޔިތުން މަގުތަކަށް ނުކުމެ

އައު އަހަރުގެ ފުރަތަމަ ދުވަހު އާންމު ރައްޔިތުން މަގުތަކަށް ނުކުމެ

ރޯދަ މަހުގެ ފުރަތަމަ ދުވަހެވެ. ސައިކަލުގައި ޑިއުޓީއަށް ދިޔަ މަގުމަތީގައި، ބާރު ސްޕީޑެއްގައި ދުއްވާފައި އައި ކާރެއް އާދަނުގެ ސައިކަލުގައި ނުޖެހި ދިޔައީ ހަމަ ކިރިޔާއެވެ. މަގު މެދުގައި މަޑުކޮށްގެން ހުރެ އާދަނު އަޑުގައި ނެތްތަނަށް ހަޅޭއްލަވަން ފެށިއެވެ. "މިއީ ރޯދަމަހޭ، މަގޭ ގާތަށް ރުޅި ނާރުވާށޭ" ކިޔަމުންނެވެ.

އާދަނު އޮފީހަށް ގޮސް ވަތްތަނާ އޮފީހުގައި އުޅޭ އަހުމަދު އައިސް ވާހަކަ ދައްކަން ފެށުމުންވެސް އާދަނުހުރީ އެ ރުޅި މޫނުގައި ޒާތެއްގެ ފޫއްސެއް ވެފައެވެ. އަހުމަދު ވާހަކަ ދައްކަން ފެށުމުން، "މިއީ ރޯދަމަހޭ، މަށާ މާގިނައިން ވާހަކަ ނުދައްކާށޭ" ބުންޏެވެ. އޭރު އެ އޮފީހުގައި އުޅޭ އައިޝާ ތެޅެމުންފޮޅެމުން އައިސް އޮފީހަށް ވަންނަނީއެވެ. އޭނާ މާ ލަހުން އައީ ކީއްވެތޯ އޮފީސް ކުދިން ސުވާލު ކުރުމުން "އެއީ ރޯދަ ތަންކޮޅޭ" ކިޔައި އެ ވާހަކަ ނިންމާލިއެވެ.

އާދަނު އޮފީސް ނިންމާފައި ދިޔައީ ގެއަށެވެ. ގެއަށް ދިޔަތަނާ މަންމަ ބުނީ ކައިރީ ފިހާރައަށް ގޮސް ލޮނު ޕެކެޓެއް ގަނެދިނުމަށެވެ. ނަމަވެސް އާދަނު ދިން ޖަވާބަކީ، "މިހުރީ ރޯދައަށޭ، ގައިގައި އެއްވެސް ވަރެއް ނެތޭ"އެވެ. ކޮންމެއަކަސް ލޮނުޕެކެޓު ގަންނަން ދިޔައީ ގޭގައި އުޅޭ މަރިޔަނބެވެ.

މަރިޔަނބު ލޮނުޕެކެޓު ގަނެގެން ގެޔަށް އައިއިރު މަންމަ ދިން ފައިސާގެ ބާކީ ގެންނަން އޭނާގެ ހަނދާނުގައެއް ނެތެވެ. މަންމަ އެހެން އެހުމުން، "އެވަރުކަމެއް ވެދާނެ ނޫންހޭ، އެއީ ރޯދަ ތަންކޮޅޭ" ބުނެ މަރިޔަނބުވެސް އެ ވާހަކަ ނިންމާލިއެވެ.

މިއީ މިއަދު މުޖުތަމައުން އާންމުކޮށް ފެންނަ އަދި އިވޭ މަންޒަރުތަކެކެވެ. ރޯދަ މަހަކީ ރުޅިއާއި ނުތަނަވަސްކަން އެއާ ގުޅި ލާމެހިފައިވާ މަހެއްކަމަށް ބައެއް ފަރާތްތަކަށް އޮންނަނީ ގަބޫލުކުރެވިފައެވެ. ރޯދަމަސް ފެށެނީ ކަމަށާއި، ރޯދަ މަހު ރުޅި ނޭރުވުމަށް, ރޯދަ މަސް ފެށުމުގެ މާކުރިން ފެށިގެން ބައެއް ފަރާތްތަކުން ބުނާ އަޑު އިވޭނެއެވެ. އެފަދަ ޕޯސްޓުތައް ސޯޝަލް މީޑިއާގައިވެސް ދައުރުވާލެއް މަދެއް ނޫނެވެ. މުޖުތަމައުގެ ބައެއް ފަރާތްތަކުގެ ގަބޫލުކުރުމެއްގެ ގޮތުގައި މި އޮންނަނީ, ރޯދައަށް ހުރުމަކީ މީހާ އާދަޔާ ޚިލާފަށް ރުޅި އަންނަން ޖެހޭ ކަމެއްކަމަށެވެ.

ރޯދައަށް ހުންނައިރު ތިމާއަށް ހެދޭ ހުރިހާ ގޯސްތަކަކީ ރޯދައިގެ ސަބަބުން ވާ ކަންކަންކަމަށް ބުނުމަކީ އަދި އެންމެ ރަނގަޅު ގޮތެއް ކަމަކަށް ނުފެނެއެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ރަމަޟާން މަހަކީ މީހާ އިތުރަށް ހިތްތިރިވެ، މަޑުމައިތިރިވާން ޖެހޭ މަހެވެ. މީހުންނަށް އޯގާތެރިވެ، ހިތްހެޔޮވާން ޖެހޭ މަހެވެ. ނުކައި އެތައް ގަޑިއިރަކު ހުންނައިރުވެސް، މީހާއަށް ރޫހާނީ ގޮތުން ބާރުވެރިކަން ލިބިދެނިވި މަހެކެވެ. ވީއިރު، "ރޯދަ ތަންކޮޅޭ" ބުނެ، މި ބަރަކާތްތެރި މައްސަރަކީ މީހާއަށް ނުތަނަވަސްކަމާއި ހާސްކަން ލިއްބައިދޭ މަހެއްގެ ގޮތުގައި ނޭނގި ނަމަވެސް މި ސިފަކުރާ ކުރުން ނިމުމަކަށް ގެންނަންވެއްޖެއެވެ.

ރަމަޟާން 1443

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ

ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ

23 ފެބުރުއަރީ 2023
އަންގާރަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނީ 5.5 މިލިއަން ރުފިޔާ

އަންގާރަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނީ 5.5 މިލިއަން ރުފިޔާ

28 އެޕްރީލު 2022
މިސްކިތުގެ ހުރުމަތްތެރިކަމަށް ރައްކާތެރިވުން

މިސްކިތުގެ ހުރުމަތްތެރިކަމަށް ރައްކާތެރިވުން

28 އެޕްރީލު 2022
ހޮނިހިރު ދުވަހު ބީއެމްއެލް ހުޅުވާފައި ހުންނާނެ

ހޮނިހިރު ދުވަހު ބީއެމްއެލް ހުޅުވާފައި ހުންނާނެ

28 އެޕްރީލު 2022
ބުދަ ދުވަހުގެ ނިޔަލަށް 1323 މީހުން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދައްކައިފި

ބުދަ ދުވަހުގެ ނިޔަލަށް 1323 މީހުން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދައްކައިފި

28 އެޕްރީލު 2022

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު