Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރޯދައަށް މަރުހަބާ ކިޔުން

"ރައްޔާން ގޭޓުން ވަނުމުގެ އުންމީދާއެކު ބޯޓަށް އަރާ"

ސްކޫލުން ރޯދަ މަހަށް މަރުހަބާކީ ތަފާތު ގޮތަކަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 2 އެޕްރީލު 2022 | ހޮނިހިރު 08:17
ބޯޓުގެ ކެޕްޓަނަކީ ކީރީތި ގުރްއާން

ބޯޓުގެ ކެޕްޓަނަކީ ކީރީތި ގުރްއާން

ގިނަ ސްކޫލުތަކެއްގައި ރޯދަ މަހަށް މަރުހަބާ ކިޔުމުގެ ގޮތުން އެކި ތަފާތު ހަރަކާތްތައް ހިންގަމުންދެއެވެ. އެކި ގޮތްގޮތުން މި މައްސަރު ފާހަގަކުރުމަށްޓަކައި ކުދިންނަށް އެކި ކަހަލަ މަސައްކަތްތައް ވެސް ހަވާލުކުރެއެވެ. އެހެންނަމަވެސް މިފަހަރު ފެނިގެން ގޮސްފައިމިވަނީ ސްކޫލެއްގެ ވަރަށް ތަފާތު މަސައްކަތެކެވެ. ރޯދަ މަހަށް އައްޑޫސިޓީގެ ހިރާ ސްކޫލުން މަރުހަބާ ކިޔާފައިވަނީ ދަރިވަރުންނަށް ނަމޫނާ ކިޔަމުންނެވެ.

އެ ސްކޫލުން ވަނީ ރޯދަ މަހަށް މަރުހަބާ ކިޔުމުގެ ގޮތުން ސްކޫލްގެ ފޭސްބުކް ޕޭޖަށް ވީޑިއޯއެއް އަޕްލޯޑްކޮށްފައެވެ. މި ވީޑިއޯއިން ފެންނަނީ ފްލައިޓެއްގައި ދަރިވަރުން ދަތުރުކުރާ މަންޒަރެވެ. އަދި އެ ފްލައިޓަކީ އެ ކުދިންގެ ކްލާސްރޫމަށްވާއިރު މި ވީޑިއޯގައި ވަރަށް އިބްރަތްތެރި ވާހަކަތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން ވީޑިއޯ ފެށިގެން އަންނައިރު ކުދިންތައް ޓިކެޓް ދިނުމަށްފަހު ކްލާހަށް ވަންނަތަން ފެނެއެވެ. އެ ވީޑީއޯއިން ބުނެދޭ ގޮތުގައި އެ ބޯޓުގެ ކެޕްޓަނަކީ ކީރީތި ގުރްއާނެވެ. ކޯޕައިލެޓަކީ ހެޔޮ އަމަލުތަކެވެ. އަދި އީމާންކަމާއި ތަގުވާގެ ބެލްޓް އެޅުމަށާއި, ދަތުރުގައި ހޭދަކުރާ ހުރިހާ ވަގުތެއްގައިވެސް އަޚުލާގުގެ ޖެކެޓް އެޅުމަށް ނަސޭހަތްތެރިވެފައިވެއެވެ.

ދަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވީހާ ގިނަ ހެޔޮ އަމަލުތައް އިސް ކުރުމަށާއި, އެ ބޯޓަކީ ރުޅިއައުމާއި ދޮގު ހެދުމާއި މަކަރު ހެދުން ފަދަ ކަންކަން މަނާ ބޯޓެއްކަމަށް ބުނެފައިވެއެވެ. ކީރިތި ޤުރުއާނާއި ދުޢާ ކާޑުތައް ވެސް ދައްކައިދޭއިރު, އެއްވެސް ކަމަކަށް ބޭނުންނަމަ ދުޢާކުރުމަށް ވީޑިއޯގައި ބުނެފައިވެއެވެ. ވީޑިއޯ ނިންމާލާފައިވަނީ ނަރަކައިން މިންޖުވެވޭ އަޅުންގެ ގޮތުގައިވުމަށް ގަދަ އަޅާ މަސައްކަތް ކުރުމަށް ވެސް ނަސޭހަތްތެރިވަމުންނެވެ.

މި ވީޑިއޯއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު ގިނަ މީހުން ބުނެފައިވަނީ މިއީ ނަމޫނާ މިސާލެއް ކަމަށާއި, ދަރިވަމުންނަށް ދެއްކި ހެޔޮ ތަރުބިއްޔަތެއް ކަމަށެވެ. އަދި މިއީ ވަރަށް ތަފާތު މަސައްކަތެއްކަން ފާހަގަކޮށް މީހުން ބުނީ މިއީ ވަރަށް މާނަ ފުން މެސެޖެއް ކަމަށެވެ. މި ވީޑިއޯއާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން އެ ސްކޫލްގެ ޕްރިންސިޕަލް މަރިޔަމް ސިތާރާ ވިދާޅުވީ, ރޯދަ މަހަށް މަރުހަބާ ކިޔުމުގެ ގޮތުން އެ ސްކޫލުން ތަފާތު އެކި ހަރަކާތްތައް ހިންގަމުންދާ ކަމަށެވެ. އެގޮތުން މިއަހަރު ވެސް އެންމެ ފުރަތަމަ ތައްޔާރުކުރީ އެ ވީޑިއޯއިން ފެންނަ ސްކްރިޕްޓް ކަމަށެވެ. އެ ސްކްރިޕްޓް ކުދިންނަށް ކަމުދިޔުމުން ވީޑިއޯ ހަދަން ވިސްނުން އައިކަމަށެވެ. ސިތާރާ ވިދާޅުވީ ވީޑިއޯ ޝޫޓް ކުރީ ކުދިން އެއްވަގުތެއްގައި ސްކޫލަށް ގެނެސްގެން ކަމަށެވެ. އަދި ގާތްގަނޑަކަށް ސްކޫލުން ވީޑިއޯ އެޑިޓްކުރުމަށް 5 ގަޑިއިރު ހޭދަވި ކަމަށް ވެސް ބުންޏެވެ.

ސްކޫލުން ކުރެވުނު މަސައްކަތާމެދު ހިތްހަމަޖެހޭކަން ފާހަގަކޮށް ސިތާރާ ވިދާޅުވީ, މި ވީޑިއޯގެ އޯޑިއޯ ވަކިން ބައެއް މީހުން ބޭނުން ކުރަމުންދާ ކަމަށެވެ. އެއީ ވަރަށް ހިތާމަކުރައްވާ ކަމެއް ކަމަށާއި އޭގެ ސަބަބުން މިވީޑިއޯގެ އަސްލު މާނައާއި ކުރި ބުރަ މަސައްކަތް ގެއްލިގެންދާ ކަމަށެވެ. ސިތާރާ ވިދާޅުވީ ސްކޫލުން އާންމުކުރި މި ވީޑިއޯއާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކުގެ ތައުރީފު ލިބެމުންދާ ކަމަށެވެ.

ހިރާ ސްކޫލަކީ މިފަދަ ތަފާތު އެކި މަސައްކަތްތަކަށް ފާހަގަކޮށްލެވޭ ސްކޫލަކަށްވާއިރު, ޔޫއޭއީގެ ސަރުކާރުން ދޭ "ޒައިދު ސަސްޓެނައިބިލިޓީ އެވޯޑް" ވެސް އެ ސްކޫލަށް ވަނީ ލިބިފައެވެ. ހިރާ ސުކޫލަށް ލިބިފައިވަނީ، ގްލޯބަލް ހައިސްކޫލް ކެޓެގަރީން ސައުތު އޭޝިއާ ރީޖަންގެ އެއްވަނައެވެ.

މިއީ ރޯދަމަހަށް މަރުހަބާ ކިޔުމުގެ ގޮތުން ސްކޫލަކުން ކޮށްފައިވާ ތަފާތު މަސައްކަތަކަށްވާއިރު, އުންމީދަކީ ހުރިހާ ސްކޫލަކުން ވެސް މިފަދައިން "ކުދިންނަށް ހެޔޮ އަމަލުތައް ކުރުމަށް" ބާރު އަޅާ ސްކޫލުތަކަކަށް ވެގެން ދިޔުމެވެ.

ހިރާ ސްކޫލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"ޕްރޮޖެކްޓް ކަޅުއޮއްފުއްމި" އާއެކު ހިރާ ސްކޫލްގެ ދަރިވަރުން ސިންގަޕޯރއަށް ފުރައިފި

"ޕްރޮޖެކްޓް ކަޅުއޮއްފުއްމި" އާއެކު ހިރާ ސްކޫލްގެ ދަރިވަރުން ސިންގަޕޯރއަށް ފުރައިފި

06 އޮކްޓޯބަރު 2023
7 އަހަރުގެ ރައްޔާންގެ މަރަކީ އިޒްރޭލުން ހިންގި މުޑުދާރު ޖަރީމާއެއް!

7 އަހަރުގެ ރައްޔާންގެ މަރަކީ އިޒްރޭލުން ހިންގި މުޑުދާރު ޖަރީމާއެއް!

01 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު