Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްފަރީ ފަރަށް އެރި ބޯޓު

ރަސްފަރީ ފަރަށް އެރި ބޯޓުން ޖޫރިމަނާގެ ފައިސާ ދައްކައިފި

2 އެޕްރީލު 2022 | ހޮނިހިރު 07:07

އެއްސަތޭކަ މިލިއަން ދިވެހި ރުފިޔާ އިން ބޯޓު ޖޫރިމަނާ ކުރީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 އެޕްރީލު 2022 | ހޮނިހިރު 07:07
ރަސްފަރި ފަރަށް އެރި ބޯޓު

ރަސްފަރި ފަރަށް އެރި ބޯޓު

ރަސްފަރި ފަރަށް އެރި ބޯޓުން ޖޫރިމަނާގެ ފައިސާ ދައްކާފައިވާ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވެއްޖެއެވެ.

ކ. ރަސްފަރީގެ ހުޅަނގު ފަރާތު ފަރަށް އެރި ކާގޯ ބޯޓުގެ ސަބަބުން 893 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވީ ނަމަވެސް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާޢިދުގެ ދަށުން އެއްސަތޭކަ މިލިއަން ދިވެހި ރުފިޔާ އިން ރަސްފަރީގެ ފަރަށް އެރި "އެމް.ވީ ނެވިއޯސް އެމެރައިލިސް" ނަމަކަށް ކިޔާ އުޅަނދުގެ ވެރިފަރާތް ވަނީ ޖޫރިމަނާކޮށްފައެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ނައީމް ވިދާޅުވީ ބޯޓުތައް ފަހަރަށް އަރައިގެން ލިބޭ ގެއްލުން އެންމެ ފުރިހަމައަށް ނުބެލޭ ކަމަށެވެ. ފަރަށް ލިބޭ ގެއްލުން ބަލަނީ އެންމެ ކައިރީގައި ހުރި މުރަކަ ހުރި މިންވަރަށް ބަލައިގެން ކަމަށްވާއިރު ފަރަށް ލިބޭ ގެއްލުން ބަލަނީ ފޯމިއުލާއެއް ބޭނުންކޮށްގެން ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން އެތަނުގައި ހުރި ދިރޭ މުރަކައިގެ ނިސްބަތަށް ބެލުމަށްފަހު ފޯމިއުލާ ބޭނުންކުރާ ކަމަށް ނައީމް ވިދާޅުވިއެވެ. އެގޮތުން ފޯމިއުލާ ބޭނުންކުރުމުން ޖޫރިމަނާގެ އަދަދު ވަރަށް ބޮޑުކޮށް އަންނަ ކަމަށާއި އެހެންނަމަވެސް ޖޫރިމަނާ ކުރުމުގެ އެންމެ ބޮޑު އަދަދަކަށް އޮންނަނީ 100 މިލިއަން ރުފިޔާ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ރެސްޓޮރޭޝަން ޓްރަސްޓް ފަންޑްގެ ނަމުގައި ފަންޑެއް ހުޅުވާފައިވާ ކަމަށާއި ރަސްފަރި ފަރަށް އެރި ބޯޓުން ފައިސާ ޖަމާކޮށްދީފައިވާ ކަމަށާއި އެ ފައިސާއިން ރަސްފަރި ފަރު އަލުން އިޔާދަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ނިންމާފައިވާ ކަމަށް ނައީމް ވިދާޅުވިއެވެ.

އެ އުޅަނދު ފުންކޮށް ނިމުމުން އެ ސަރަޙައްދުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އީޕީއޭއާއި އެމްއެންޑީއެފް ގުޅިގެން އެ ސަރަޙައްދު ބަލައި ސާރވޭ ކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެކަމާ ގުޅޭ ފަހުގެ ތަފްސީލުތައް ހިއްސާކޮށް އީޕީއޭއިން ބުނީ، މިހާތަނަށް ބެލި ބެލުމުން އެ ފަރުގެ 8867 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަވާ ކަމަށެވެ.

މި ހާދިސާ ހިނގުމުގައި ބޯޓުގެ ކެޕްޓަންގެ ވަރަށް ބޮޑު އިހުމާލެއް އޮތްކަން ފާހަގަކުރެވުނު ކަމަށް މި ހާދިސާ ހިނގި ގޮތް ތަހުގީގުކުރުމުގައި ހަރަކާތްތެރިވި ޓްރާންސްޕޯޓް މިނިސްޓްރީީގެ ޑެޕިއުޓީ މިނިސްޓަރ ހަމަދު އަބްދުލްޣަނީ ވިދާޅުވިއެވެ. މި ބޯޓަކީ އިންޑިޔާގެ ސޫތުކުޅިން ފުރައިގެން ދެކުނު އެފްރިކާއަށް ދަތުރުކުރަމުންދިޔަ ބޯޓެކެވެ. މި ބޯޓު ފަރަށް އެރީ ބޯޓުގެ އިންޖީނުގެ ޔުނިޓު ތިނެއްގެ ހޫނުމިން މަތިވުމުން އިންޖީނު ނިއްވާލުމުގެ ސަބަބުން އުޅަނދު އޮޔާ ގޮސްގެން ކަމަށް މިހާތަނަށް ހޯދުނު ހޯދުންތަކުން ދައްކައެވެ.

ރަސްފަރީ ފަރަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ފަރެކެވެ. މިއީ ޑައިވަރުންގެ މެދުގައި މަޝްހޫރު، މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އެއް ސަރަޙައްދެވެ. މި ފަރުގައިވާ މުރަކައިގެ ބަގީޗާގައި، އެންމަޑި ސާފުކުރުމަށް ބޭނުންކުރާ "ކްލީނިންގ ސްޓޭޝަން" އެއްވެސް ހިމެނެއެވެ. މީގެ އިތުރުން މި ސަރަޙައްދަކީ ފަރުމަހުގެ ދިރުމުން މުއްސަނދި އަދި ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މާހުޅުނބުލަނޑާއާއި، މަޑިއާއި، މިޔަރާއި، ވެލާ ފެންނަ ސަރަޙައްދެކެވެ.

އީޕީއޭ

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

20 އޯގަސްޓު 2025

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން
07 އޯގަސްޓު 2025

އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

07 އޯގަސްޓު 2025
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
17 އެޕްރީލު 2025

ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

17 އެޕްރީލު 2025
ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ
09 މެއި 2024

ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ

09 މެއި 2024
ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ
13 މާރިޗު 2024

އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

13 މާރިޗު 2024
އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
20 ސެޕްޓެމްބަރު 2023

ދިއްދޫ ފަރަށް އެރި ދެ އުޅަނދު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

20 ސެޕްޓެމްބަރު 2023
ދިއްދޫ ފަރަށް އެރި ދެ އުޅަނދު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
13 ސެޕްޓެމްބަރު 2023

ރިސޯޓުތަކާއި ސިނާއީ ރަށްރަށުން އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދިޔުމަކީ ކުށެއް: އީޕީއޭ

13 ސެޕްޓެމްބަރު 2023
ރިސޯޓުތަކާއި ސިނާއީ ރަށްރަށުން އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދިޔުމަކީ ކުށެއް: އީޕީއޭ
23 މެއި 2023

އީޕީއޭގެ ރީސަރޗް އުޅަނދު "ތިމާވެށި"ގެ މަސައްކަތް ނިމި ރާއްޖެ ގެންނަނީ

23 މެއި 2023
އީޕީއޭގެ ރީސަރޗް އުޅަނދު "ތިމާވެށި"ގެ މަސައްކަތް ނިމި ރާއްޖެ ގެންނަނީ
07 ފެބުރުއަރީ 2023

މަޑިފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ގަވާއިދާ ހިލާފަށް ކުރުމުން ޖޫރިމަނާކޮށްފި

07 ފެބުރުއަރީ 2023
މަޑިފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ގަވާއިދާ ހިލާފަށް ކުރުމުން ޖޫރިމަނާކޮށްފި
07 ފެބުރުއަރީ 2023

ވެލާ ހިފައި، ކެއްކީ ބ. ކެންދޫ ބައެއް: އީޕީއޭ

07 ފެބުރުއަރީ 2023
ވެލާ ހިފައި، ކެއްކީ ބ. ކެންދޫ ބައެއް: އީޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް