Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެލާ އެޅި ބިސްތައް

ވެލާ ބިސްތައް މި މަހުގެ ތެރޭގައި ވިހާނެ ކަމަށް ބެލެވޭ: އީޕީއޭ

2 އެޕްރީލު 2022 | ހޮނިހިރު 06:59

ބިސްވަޅުތައް ރައްކާތެރިކަމާއެކު ބަލަހައްޓަމުން ގެންދަނީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 އެޕްރީލު 2022 | ހޮނިހިރު 06:59
ބުރިޖާ ދިމާލުން މާލޭގެ އިރު ދެކުނު ފަރާތު ގޮނޑުދޮށަށް ވެލައެއް އަރައި ބިސް އެޅުން

ބުރިޖާ ދިމާލުން މާލޭގެ އިރު ދެކުނު ފަރާތު ގޮނޑުދޮށަށް ވެލައެއް އަރައި ބިސް އެޅުން

މާލެސިޓީ ގެ ސިނަމާލެ ބްރިޖް ސަރަހައްދަށް އެރި ވެލާ އެޅި ބިސްތައް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އެ ބިސްތައް ވިހާނީ މި މަހުގެ ތެރޭގައި ކަމަށް ބެލެވޭ ކަމަށް އެ އެޖެންސީގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވެއްޖެއެވެ.

އީޕީއޭ އިން ވަނީ ބިސްތައް ފޯ ސީޒަންސް ކުޑަހުރާގައި ވަޅުލާފައެވެ. ނައީމް ވިދާޅުވީ އެމީހުން ބިސްވަޅުތައް ރައްކާތެރިކަމާއެކު ބަލަހައްޓަމުން ގެންދާނެ ކަމަށެވެ. 30 ނުވަތަ 45 ދުވަސް ފަހުން ވިހާނެކަން ފާހަގަކުރައްވާ ނައީމް ވިދާޅުވީ އެކަމުގެ މައުލޫމާތުތައް ހިއްސާ ކުރަމުންދާނެ ކަމަށެވެ.

Advertisement - newsAdvertisement

މާރޗް މަހުގެ 15 ވަނަ ދުވަހު މާލޭގެ ސިނަމާލެ ބްރިޖް ސަރަހައްދަށް ވެލާ އެރުމާއެކު ފުލުހުން ވަނީ އެސަރަހައްދު ކޯޑަންއޯފް ކުރުމަށްފަހު ވެލައަށް ރައްކާތެރިކަން ދީފައެވެ. ވެލައަށް ހިމާޔަތްދިނުމަށް އީޕީއޭއިން ވަނީ ފުލުހުންނަށް އަންގާފައެވެ. އެ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ވެލާ ވަނީ ބިސް އަޅާފައެވެ. ބިސް އެޅުމަށްފަހު ވެލާ ވަނީ ފައިބައިގެންގޮސްފައެވެ. އޭގެފަހުންވެސް ފުލުހުން ދިޔައީ އެސަރަހައްދު ބަލަހައްޓަމުންނެވެ. އީޕީއޭގެ ޓީމުން ގޮސް ވެލާ އެޅި ބިސްތައް ނަގާފައިވަނީ ފަތިހު 4ވެސް ޖެހިފަހުންނެވެ.

މިއީ ފަހުގެ ތާރީޚެއްގައި ވެލައެއް މާލެއަށް އަރާ ބިސް އަޅާފައިވާ ފުރަތަމަ ފަހަރެވެ. މީގެކުރިން މިއަހަރުގެ ފެބްރުއަރީ މަހުގެ 27 ގައިވެސް މާލެއަށް ވަނީ ވެލާ އަރާފައެވެ. ނަމަވެސް އެފަހަރު ވަނީ ފުލުހުން އެވެލާ މޫދަށް ބާލާފައެވެ. އެކަމާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުންތައްވެސް އަމާޒުވެފައިވެއެވެ.

ރަށްރަށުގައި ކުރިއަށްގެންދާ ތަރައްގީގެ އެކި ޕްރޮޖެކްޓުތަކުގެ ސަބަބުން ވެލާކަހަނބު ބިސްއަޅާ މާހައުލަށް ގެއްލުންވަމުންދާ ކަމަށް ވެސް ނައީމް ވިދާޅުވިއެވެ. ނައީމް ވިދާޅުވީ, ތަރައްގީގެ މަސައްކަތްތައް ކުރިނަމަވެސް ދިރޭ ތަކެތީގެ މާހައުލަށް ގެއްލުންނުވާނެގޮތަށް އެކަން ކުރަންޖެހޭ ކަމަށެވެ. ތަރައްގީގެ މަޝްރޫއުތަކާއެކު ވެލާކަހަނބު ފަދަ ތަކެތި ބިސް އަޅާ ތަންތަނަށްވެސް ގެއްލުންވަމުންދާކަމަށް ނައީމް ވިދާޅުވިއެވެ.

މިގޮތުން މީހުން ދިރިއުޅޭ ރަށްރަށުގެ އައްސޭރިފަށް ހިމާޔަތްކުރުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓުތަކާއި އެއަރޕޯޓުތައް ތަރައްގީކުރުމުގެ މަސައްކަތްތަކުގެ ސަބަބުން ވެލާކަހަނބު ބިސް އަޅަމުންދާ ތަންތަނަށް ގެއްލުންވަމުންދާކަމަށް ނައީމް ވިދާޅުވިއެވެ. ނައީމް ވިދާޅުވީ މީގެ ކުރިން ނ. މާފަރަށްވެސް ވެލާކަހަނބު ބިސް އެޅުމަށް އަރާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންނަމަވެސް އެރަށުގައި އެއަރޕޯޓު ތަރައްގީކުރުމުން އެރަށަށް ބިސް އެޅުންވެސް ހުއްޓިފައިވާކަމަށް ނައީމް ވިދާޅުވިއެވެ.

އެހެންކަމުން އެތަކެތީގެ މާހައުލަށް ގެއްލުން ނުވާނެހެން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ސަމާލުކަން ދޭންޖެހޭކަމަށް ނައީމް ވިދާޅުވިއެވެ. އަދި ވެލާ ބިސް އަޅަން އަރާ ފަޅު ރަށްރަށުގައި އެކި މަސައްކަތްތައް ކުރާއިރުވެސް އެތަކެތީގެ މާހައުލަށް ގެއްލުން ނުވާނެގޮތަށް އެކަން ކުރަން އަންގާ ކަމަށް ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ އައްސޭރިފަށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރެވޭނެ އެކި ގޮތްތައް މިހާރު އެބަހުރި ކަމަށެވެ. މިގޮތުން ވަށައިގެން ހިލަ ޖެހުމުގެ ބަދަލުގައި އައްސޭރިފަށަށް ވެލި އަޅައިގެން ގޮނޑުދޮށްތައް އެ އޮންނަ ގޮތަށް ބޭއްވުމަކީވެސް ކުރެވިދާނެ ކަމެއް ކަމަށް ނައީމް ވިދާޅުވިއެވެ. މިއީ ކޮންމެވެސް ވަރެއްގެ ޚަރަދެއް ހިނގާނެ މަސައްކަތެއްނަމަވެސް މިގޮތަށް މިކަން ކުރާނަމަ ވެލާ ކަހަނބަށް ބިސް އެޅުމަށް އަރަން ފަހި މާހައުލެއް އޮންނާނެ ކަމަށް ނައީމް ވިދާޅުވިއެވެ.

އީޕީއޭ

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

20 އޯގަސްޓު 2025

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން
07 އޯގަސްޓު 2025

އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

07 އޯގަސްޓު 2025
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
17 އެޕްރީލު 2025

ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

17 އެޕްރީލު 2025
ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ
09 މެއި 2024

ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ

09 މެއި 2024
ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ
13 މާރިޗު 2024

އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

13 މާރިޗު 2024
އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
20 ސެޕްޓެމްބަރު 2023

ދިއްދޫ ފަރަށް އެރި ދެ އުޅަނދު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

20 ސެޕްޓެމްބަރު 2023
ދިއްދޫ ފަރަށް އެރި ދެ އުޅަނދު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
13 ސެޕްޓެމްބަރު 2023

ރިސޯޓުތަކާއި ސިނާއީ ރަށްރަށުން އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދިޔުމަކީ ކުށެއް: އީޕީއޭ

13 ސެޕްޓެމްބަރު 2023
ރިސޯޓުތަކާއި ސިނާއީ ރަށްރަށުން އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދިޔުމަކީ ކުށެއް: އީޕީއޭ
23 މެއި 2023

އީޕީއޭގެ ރީސަރޗް އުޅަނދު "ތިމާވެށި"ގެ މަސައްކަތް ނިމި ރާއްޖެ ގެންނަނީ

23 މެއި 2023
އީޕީއޭގެ ރީސަރޗް އުޅަނދު "ތިމާވެށި"ގެ މަސައްކަތް ނިމި ރާއްޖެ ގެންނަނީ
07 ފެބުރުއަރީ 2023

މަޑިފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ގަވާއިދާ ހިލާފަށް ކުރުމުން ޖޫރިމަނާކޮށްފި

07 ފެބުރުއަރީ 2023
މަޑިފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ގަވާއިދާ ހިލާފަށް ކުރުމުން ޖޫރިމަނާކޮށްފި
07 ފެބުރުއަރީ 2023

ވެލާ ހިފައި، ކެއްކީ ބ. ކެންދޫ ބައެއް: އީޕީއޭ

07 ފެބުރުއަރީ 2023
ވެލާ ހިފައި، ކެއްކީ ބ. ކެންދޫ ބައެއް: އީޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް