Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސްރީލަންކާގެ ހާލަތު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ދަތި ބޮޑުވެގެން ގޮސް ގިނަ އާއިލާތަކަށް ތިންއިރު ކައިގެން ތިބުންވެސް ވަނީ ދަތިކަމަކަށް ވެފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 1 އެޕްރީލު 2022 | ހުކުރު 07:49
ލަންކާގައި ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ ކުރަމުންދާ މުޒާހަރާތައް ހަމަނުޖެހުންތަކަކަށް

ލަންކާގައި ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ ކުރަމުންދާ މުޒާހަރާތައް ހަމަނުޖެހުންތަކަކަށް

ސްރީލަންކާގައި މިވަގުތު ކުރިމަތިވެފައިވާ އާންމު ދަތި ހާލަތާއި ގުޅިގެން ސަރުކާރާއި ދެކޮޅަށް މުޒާހަރާކުރަން ރޭ ނުކުތް އެތައް ސަތޭކަ ރައްޔިތުން އެޤައުމުގެ ރައީސްގެ ގެކޮޅު ކުރިމަތީގައި ކުރި މުޒާހަރާ ހަރުކަށިކަމަށް ބަދަލުވެ، ތަންތާންގައި ހުޅުޖަހާ ހިސާބަށް ހިނގައްޖެއެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުރި މުޒާހަރާގައި ބަޔަކުވަނީ ބަހެއްގައި ހުޅުޖަހާފައެވެ. މިކަމާއި ގުޅިގެން ވެރިރަށް ކޮލޮމްބޯ އަދި އެހެން ބައެއް ހިސާބުތަކުގައި ކާފިއު ހިންގާފައިވީ ނަމަވެސް އާންމުންގެ ރުޅިގަނޑު އަދިވެސް މައިތިރި ނުވާކަމަށް ޚަބަރުތައް ބުނެއެވެ.

ރައީސް ގޮތަބަޔާ ރާޖަޕަކްސާ ވިދާޅުވަނީ މިފަދަ މުޒާހަރާތަކަކީ ހަރުކަށި ފިކުރުގެ ފަރާތްތައް އަޑީގައި ތިބެގެން ކުރުވާކަމެއް ކަމަށެވެ. ނަމަވެސް ހާލަތު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މުޒާހަރާތަކަކީ ހަގީގީ ޝުއޫރުތައް ފާޅުކުރުމަށް ނުކުތް އާންމުންގެ މުޒާހަރާތަކެއް ކަމަށެވެ. އާންމުންގެ ކަންބޮޑުވުން ހުރީ ގައުމަށް ކުރިމަތިވެފައިވާ ދަތިހާލަތަށް ނިމުމެއް އަންނާނެ ދުވަހެއް ނޭނގި، އެކަމުގެ އެއްވެސް އުންމީދެއްވެސް ސަރުކާރުން ދީފައިނުވާތީއެވެ.

ބޭރު ފައިސާގެ ދަތިކަން ބޮޑުވެ ތެޔޮ ގަތުމަށްވެސް ވަރަށް ބޮޑަށް ދަތިވެފައިވާތީ ލަންކާގެ އިލެކްޓްރިސިޓީ ބޯޑުންވަނީ ކަރަންޓް ކަނޑަން ފަށާފައެވެ. މިގޮތުން ކަރަންޓު ކަނޑާ ވަގުތު ދުވަހެއް ދުވަހަކަށް އިތުރު ކުރަމުން ގޮސް ބުރާސްފަތި ދުވަހު ބައެއް ހިސާބުތަކުން 13 ގަޑިއިރަށް ވެސް ކަރަންޓް ކަނޑާފައިވެއެވެ. މިކަމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގެއްލުން ދަނީ ލިބެމުންނެވެ.

ސްރީލަންކާގެ އިގްތިސާދު މިހާބޮޑަށް ދަށަށް ދިޔަ ސަބަބުތަކުގެ ތެރޭގައި ކޮވިޑްގެ ހާލަތުވެސް ބޯމަތިވެފަ އޮއްވާ ކުލިއަކަށް ދަނޑުވެރިކަމުގައި ބޭނުންކުރާ ކެމިކަލް ހިމެނޭ ފަރޓިލައިޒަރު މުޅިން މަނާކުރުންވެސް ހިމެނެއެވެ. މިކަމާއި ގުޅިގެން ދަނޑުވެރިންގެ ގިނަބަޔަކަށް އަލުން ގުދުރަތީ ފަރޓިލައިޒަރު ގަތުމަށް ދަތިވިއެވެ. މިއާއެކު ދަނޑު ގޮވާންތައް ވަރަށް ބޮޑަށް ހީނަރުވެ މަދުވެގެން ދިޔައެވެ. ނަތީޖާއަކަށްވީ ދަޑުވެރިންނަށް ލިބުނު އާމްދަނީވެސް ބޮޑުތަނުން މަދުވެގެން ދިއުމެވެ.

މިއަދުގެ ހާލަތަށް ބަލާއިރު ފައިސާ ހުރި މީހުންނަށްވެސް ގަންނާނެ ތަކެތި ބޭނުން ވަރަކަށް ނުލިބޭއިރު ބައެއް ބާވަތްތައް އަގުބޮޑުވެގެން ގޮސް އާންމު ގިނަ މީހުންނަށް ގަނެވޭ ވަރަށްވުރެވަނީ އަގުބޮޑުވެފައެވެ. އެހެން ކަމުން ގިނަ އާއިލާތަކަށް ތިންއިރު ކައިގެން ތިބުމަށްވެސް ދަތިވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. ފަހަށް ރައްކާކުރި މީހުންގެ އަތުގައި ހުރިއެއްޗެއްގައިވެސް ޖެހެންވަނީ މަޖްބޫރުވެފައެވެ.    

ގައުމު ރަނގަޅަށް ހިންގާ އަދި ކޮރަޕްޝަން ނައްތާލުމަށް ބޭނުން ވަނީ "ސްޓްރޯންގ އާމް" އެއް ނުވަތަ ވަރުހުރި މުލައްދަޑިއެއްކަމަށް ވިދާޅުވެ ކެމްޕެއިން ކުރެއްވި ރައީސް ގޮތަބަޔާ، 2019 ވަނަ އަހަރު ބޮޑު އަޤުލަބިއްޔަތެއްގެ ތާއީދާއެކު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް، މިއަދުގެ ހާލަތުވެގެން ދަނީ ރައީސް ގޮތަބަޔާގެ ވަރަށް ބޮޑު ފެއިލިއަރެއް ކަމުގައި ގިނަ ބަޔަކު މިހާރު ގަބޫލު ކުރެއެވެ.  

ސްރީލަންކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު