ކ. މާލެ
|
31 މާރޗް 2022 | ބުރާސްފަތި 23:45
 އުރީދޫ އިން ކަނޑޫދޫ ކައުންސިލާއި ގުޅިގެން ރޯދަ އަށް ޚާއްސަ ކެމްޕެއިން ފެށުމުގެ ތެރެއިން
އުރީދޫ އިން ކަނޑޫދޫ ކައުންސިލާއި ގުޅިގެން ރޯދަ އަށް ޚާއްސަ ކެމްޕެއިން ފެށުމުގެ ތެރެއިން
އުރީދޫ
އުރީދޫގެ ރޯދަ ކެމްޕެއިން
އުރީދޫން މިފަހަރު ރަމަޟާން މަސް ޚާއްސަކުރީ ކަނޑޫދޫ މިރުހަށް
 
އުރީދޫ މޯލްޑިވްސް އިން ވަނީ އެންޒީއާ އެކު ކަނޑޫދޫ މިރުސް ބޭނުންކޮށްގެން ހާއްސަ ހޮޓް ސޯސްއެއްވެސް ތައާރަަފްކޮށްފަައި
 
ކަނޑޫދޫ މިރުސް ބްރޭންޑް ގައިޑްލައިންސް އާއި ހާއްސަ ލޯގޯ އާއި ވެބްސައިޓެއް ހިމެނޭ
 
އެންމެ އިސްކަމެއް ދެނީ ކަނޑޫދޫ މިރުސް ބްރޭންޑެއްގެ ގޮތުގައި ގާއިމްކޮށް، މި ޕްރޮޑަކްޓް އިތުރު ހަރުފަތަކަށް ގެންގޮސްދިނުމަށްކަމަށް އުރީދޫން ބުނޭ

ކަނޑޫދޫ މިރުސް ބްރޭންޑް އިތުރަށް ފުޅާކޮށް، ކަނޑޫދޫގެ ދަނޑުވެރިންނަށް އިތުރު ފުރުސަތު ފަހިކޮށްދިނުމަށް އުރީދޫ އިން ކަނޑޫދޫ ކައުންސިލާއި ގުޅިގެން ރޯދަ އަށް ޚާއްސަ ކެމްޕެއިން ފަށައިފިއެވެ.

ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން ޙާއްޞަ ކެމްޕޭންއެއް ތައާރަފުކުރެއެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު އުރީދޫގެ ރޯދަ ކެމްޕެއިން ޚާއްސަކޮށްފައިވަނީ ރަހަތަކަށެވެ. މި އަހަރުގެ ކެމްޕެއިން ޙާއްސަ ކުރެވިފައިވަނީ ދިވެހިންގެ ހިތްތަކުން ޖާގަ ހޯދައިފައިވާ ކަނޑޫދޫ މިރުހަށެވެ.

މި ކެމްޕޭންގައި އެންމެ އިސްކަމެއް ދެނީ ކަނޑޫދޫ މިރުސް ބްރޭންޑެއްގެ ގޮތުގައި ގާއިމްކޮށް، މި ޕްރޮޑަކްޓް އިތުރު ހަރުފަތަކަށް ގެންގޮސްދިނުމަށްކަމަށް އުރީދޫން ބުނެއެވެ. މިކެމްޕޭން އިފްތިތާހުކޮށްފައިވަނީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ އަފްޝަން ލަތީފާއި، ކަނޑޫދޫ ކައުންސިލްގެ ރައީސް އަޙްމަދު ރީހާންއާއި، އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ މިސްޓަރ ޚާލިދު އަލްޙަމާދީ ގެ އިތުރުން އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓާއި، ކަނޑޫދޫ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް ބައިވެރިވިއެވެ.

ދިވެހި މި މިރުހުގެ މަގްބޫލުކަމާއި ހާއްސަކަމުގެ މައްޗަށް ބިނާކޮށް، ކަނޑޫދޫ ކައުންސިލާ އާއި ގުޅިގެން އުރީދޫ ގެ ރަމަޟާން ކެމްޕެއިން ގެ ދަށުން މި މިރުހަށް ވަނީ ހާއްސަ ބްރޭންޑެއް ތައާރަފްކޮށްފައެވެ. އޭގެ ތެރޭގައި ކަނޑޫދޫ މިރުސް ބްރޭންޑް ގައިޑްލައިންސް އާއި ހާއްސަ ލޯގޯ އާއި ވެބްސައިޓެއް ހިމެނޭގޮތަށް ބްރޭންޑެއް ގާއިމް ކޮށްފައިވަނީ ކަނޑޫދޫ ގެ ރައްޔިތުން އައު ފުރުސަތުތަކާއި، އިޖުތިމާއީ އަދި އިގްތިސޯދީ ކުރިއެރުމާ ގުޅުވާލަދިނުމުގެ މަގްސަދުގައެވެ. ކަނޑޫދޫ މިރުސް ބްރޭންޑް އުފެއްދުމުގެ އިތުރުން، ރޯދަ ހަދިޔާއެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް އިން ވަނީ އެންޒީއާ އެކު ކަނޑޫދޫ މިރުސް ބޭނުންކޮށްގެން ހާއްސަ ހޮޓް ސޯސްއެއްވެސް ތައާރަަފްކޮށްފަައެވެ. މި ހޮޓް ސޯސް ގެ ބާވަތްތަަައް ތަައްޔާރުކުރެވިފަައިވަނީީ ކުޅިރަަހަަަ މަަޑުކޮށް ކާ މީހުންނަަށްވެސް އަދި އެންމެ ކުޅިކޮށް ކާ މީހުންނަށްވެސް ކަމުދާނެހެންނެވެ. ކަނޑޫދޫ މިރުސް ހޮޓް ސޯސް ބޭނުންވާ ފަރާތްތަަކަަަށް ކަަަނޑޫދޫ މިރުސް ވެބްސަަައިޓް އަަދި އީ ކޮމަަރސް ޕްްލެޓްފޯމް މޫލީ މެދުވެރިކޮށް ސޯސް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މިކަން އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ޚާލިދު އަލް ޙަމާދީ ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހަށް މިވަަަނީ ކަނޑޫދޫ ކައުންސިލާއި ގުޅިގެން ދިވެހި އުފެއްދުމެއްކަަމަަށް ވާ ކަނޑޫދޫ މިރުހުގެ ނަން އިތުރަށް ވަަރުގަދަަަކޮށް ރާއްޖެ އާއި ބަައިނަަަަލްއަގްވާާމީ މާކެޓުތަކުގަައި ޕްރޮމޯޓްކުރުމަށް ހާއްްސަ ބްްްރޭންްޑްއެއްް ގާާއިމްކޮށްފައިކަމަށެވެ. މިކަމުގެ މައިގަނޑު މަގްސަދަަކަށްވީ ކަަނޑޫދޫގައި ހެދޭ ހާާއްސަ މިރުހުގެ ފުރިހަަމަަަ މަަންފާ ރަަށުގެ ރައްޔިތުންނަަށް ހޯދުމުގެ ފުރުސަަތުތަަކާއެކު ރަށުގެ އިގްތިސާާދީ އަދި އިޖްތިމާއީ ކުރިއެރުން ފަހިކޮށްދިނުމެވެ. މި ޕަަރޓްނަރޝިޕާާއެކު ކުރިއަަށްއޮތް ތަަނުގަައިވެސް ކަނޑޫދޫ ރައްޔިތުންނާާއެކު މި ބްރޭންޑް އިތުރަށްް ކުރިއެރުވުމުގައި ދެމިތިބޭނެ ކަމަށް ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ އަފްޝަން ލަޠީފް ވިދާޅުވީ އުރީދޫ ގެ އިސްނެގުމުގެ ދަަށުން މި ލޯންޗްކުރެވުނު ކެމްޕެއިނަކީ އެލްޖީއޭގެ ސްޓްރެޓީޖިކް އަމާޒުތަކާއިވެސް ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކެމްޕެއިނެއްކަމަށެވެ. އުރީދޫ މޯލްޑިވްސްއާއި ކަނޑޫދޫ ކައުންސިލުން ގުޅިގެން މި ކުރެވުނު މަސަައްކަަަަތަަކީ ރާއްޖޭގެ ރަށްރަށުގެ މުޖުތަަމަައުތަކުގެ އިޤްތިސާދު ކުރިއެރުވުމަށް އައު ފުރުސަތުތައް ފަހިކޮށްދިނުމުގަަަައި ކުންފުނިތަކުގެ ބަައިވެރިވުމުގެ މުހިންމުކަން ދަަައްކުވައިދޭ ނަމޫނާ ޕަރޓްނަރޝިޕެއްކަމަށް އަފްޝަން ވިދާޅުވިއެވެ.

ކަނޑޫދޫ ކައުންސިލްގެ ރައީސް އަޙްމަދު ރީހާން ވިދާޅުވީ އުރީދޫ ފަދަ މަލްޓިނޭޝަނަލް ކުންފުންޏެއްގެ އިސްނެންގެވުމުގެ މަތިން ބްރޭންޑެއްގެ ގޮތުގައި ކަނޑޫދޫ މިރުސް ޕްރޮމޯޓް ކުރުމުގެ ކެމްޕެއިންއެއް ކުރިޔަށް ގެންދިޔުމަށް ކައުންސިލަށް ހުށަހެޅި ހުށަހެޅުމަކީ، އުފަލާއިއެކު މަރުހަބާކިޔާ ކަމެއްކަމަށެވެ. މިކެމްޕެއިންގެ ތެރެއިން ކަނޑޫދޫ މިރުހުން އުފައްދާފައިވާ ސޯސްއެއް ‘ކަނޑޫދަު މިރުސްގެ’ނަމުގައި މާކެޓަށް ނެރެފައިވާއިރު މިސޯސް އާއި ކަނޑޫދޫ މިރުސް މާކެޓް ކުރުމަށްޓަކައި، ކަނޑޫދޫ މިރުސް.ކޮމް ގެ ނަމުގައި ހާއްސަ ވެބްސައިޓެއް ލޯންޗުކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. ރީހާން ވިދާޅުވީ މިފަދަ ކޮންމެ ކަމަކީ އެކަމުގެ މަންފާ އާއި ހެޔޮ ބަދަލު ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް ރައްޔިތުންނަށް ލިބިގެންދާނެ ކަމެއް ކަމަށާއި އަމާޒަކީ ބްރޭންޑެއްގެ ގޮތުގައި މާކެޓަށް ނެރެވުނު ކަނޑޫދޫ މިރުހުން ލިބޭނެ މަންފާ ތަކަކީ ކޮބާތޯ ހޯދާ ބަލާ، ކަނޑޫދޫގައި ހައްދާ ކުޅި މިރުހުގެ މަންފާ ކަނޑޫދޫ ރައްޔިތުންނަށް އޭގެ އެންމެ އެންމެ ފުރިހަމަ ގޮތުގައި ހޯދައިދިނުންކަމަށެވެ.

2001 ވަނަ އަހަރުން ފެށިގެން ކަނޑޫދޫ މިރުސް ވަނީ އޭގެ ތަފާތު ރަހަަަަައާާއި ވަަަސް އަަަަަދި ހާާއްސަަަ ކުޅިކަމަަށްޓަކައި ރާއްޖޭގެ އެކި ކަަންކޮޅުތަކުގަައިވެސް ވަރަށް އަވަހަށް މަގުބޫލުކަން ހޯދާފައެވެ. ކަނޑޫދޫ މިރުހަަަކީ ތ.އަތޮޅު ކަނޑޫދޫގައި ހެދޭ ގިތެޔޮ މިރުހުގެ ތަފާތު ބާވަތެކެވެ. މުޖުތަަަމަައުގެ ކުރިއެރުމަަށް މަަަަސައްކަަަތްްކުރާާ ކުންފުންޏެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސް އަކީ ދިވެހިންގެ ކުރިއެރުމަަަށް އަބަދުވެސް މަސައްކަތްކުރާ ކުންފުންޏެކެވެ. އެގޮތުން ބްރޭންޑް ކުރުމުގެ މުހިންމުކަަން ފާހަަގަކޮށް އުރީދޫ މޯލްޑިވްސް އިން ކަނޑޫދޫ ކައުންސިލާ ގުޅިގެން މި މަސައްކަތް ފަށާާާފައިމިވަަނީ ކަނޑޫދޫ މިރުސް އަައު ހަަަރުފަތަަަަކަަށް ގެންދިއުމުގެ މަަގްސަަަދުގަަައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް