Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ރަމަޟާން 1443

އަޅުގަނޑުމެންގެ ގާތަށް ހެވާއި ބަރަކާތާއި ރަޙްމަތާއިގެން އަތުވެއްޖެ، ރަމަޟާން މަހަށް މަރުޙަބާ!

އިސްލާމީ ނޫރުން މިދުނިޔެ އުޖާލާ ކުރެވެން ފެއްޓެވުނު މައްސަރު

ރާއްޖެ އެމްވީ | 31 މާރިޗު 2022 | ބުރާސްފަތި 07:07
މިސްކިތެއްގައި މީހަކު ޤުރުއާން ކިޔަވަނީ - ރަމަޟާން މަހަކީ، އެމަހެއްގައި މާތް ﷲ ޤުރުއާން ބާވައިލެއްވި މައްސަރު

މިސްކިތެއްގައި މީހަކު ޤުރުއާން ކިޔަވަނީ - ރަމަޟާން މަހަކީ، އެމަހެއްގައި މާތް ﷲ ޤުރުއާން ބާވައިލެއްވި މައްސަރު

މަރުޙަބާއެވެ! ގިނަގުނަ މަރްޙަބާއެވެ! ރަމަޟާން މަހަށް މަރުޙަބާއެވެ. އެމައްސަރު އަޅުގަނޑުމެންގެ ގާތަށް ހެވާއި ބަރަކާތާއި ރަޙްމަތާއިގެން އަތުވެއްޖެއެވެ. 

މިއީ އެންމެ މާތް މައްސަރެވެ. ޤުރުއާނުގެ މައްސަރެވެ. ﷲގެ ކަލާމްފުޅު އެއްވަނަ އުޑާ ޙަވާލުވެވުނު މައްސަރެވެ. ﷲގެ ކަލާމްފުޅުން ފުރަތަމަ ބަސްފުޅު މިއުއްމަތަށް ބާވައިލެއްވުނު މައްސަރެވެ. ކީރިތި ރަސޫލާއާ އެންމެ ބޮޑު އަމާނާތް ޙަވާލު ކުރެއްވުމާއެކު އެކަލޭގެފާނުންގެ ކޮނޑުފުޅުގައި ރަސޫލުކަމުގެ ބުރަ މަސްއޫލިއްޔަތު އެޅުއްވުނު މަައްސަރެވެ. އިސްލާމީ ނޫރުން މިދުނިޔެ އުޖާލާ ކުރެވެން ފެއްޓެވުނު މައްސަރެވެ. 

މިމައްސަަރުގެ މާތްކަން ޙާޞިލު ނުކޮށްފި މީހާއަށް ދެދުނިޔެއިން ގެއްލުމާއި ހަލާކުހުރިކަން ލޮބުވެތި މާތް ނަބިއްޔާ ވަނީ އަންގަވައި އެކަމަށް ސަމާލުވެ ތިބުމަށް އިލްތިމާސް ކުރައްވާފައެވެ. މާތް ﷲގެ ވަޙީ ބަސްފުޅުގައި އައިސްފައި ވަނީ މިފަދައިންނެވެ.

"ރަމަޟާން މަހަކީ، އެމަހެއްގައި މާތް ﷲ ޤުރުއާން ބާވައިލެއްވި މަހެވެ. އެ ޤުރުއާން އަކީ މީސްތަކުންނަށް ހުރި ތެދު މަގެކެވެ. ހަމަ އެހެންމެ ޙައްޤާއި ބާތިލް ވަކިކޮށްދެނިވި ހެކިތަކެއް އޭގައި ލައްވާފައިވެއެވެ. ވުމާއެކު ތިޔަބައި މީހުންގެ ތެރެއިން އެ މައްސަރުގައި ދިރިހުރެއްޖެ މީހާ ދަންނާށެވެ! ފަހެ އޭނާ އެ މަހުގެ ރޯދަ ހިފާށެވެ. އެހެނަސް ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާއަށް އެދުވަސްތަކުގައި ރޯދަ ނުހިފައި ހުރެވިދާނެވެ. އޭނާ އަށް ވާޖިބުވެގެން ވަނީ އެހެން ދުވަސްތަކެއްގައި ރޮދަ ހިފައި، ޢަދަދު ހަމަކުރުމެވެ. އަދި ދަނަނާށެވެ. ﷲ އެދިވޮޑިގަންނަވަނީ ތިޔަބައި މީހުންނަށް ލުއި ފަސޭހަގޮތް ކުރިމަތި ކުރެއްވުމެވެ. ފަހަރެއްގައި ވެސް އެއިލާހު ތިޔަބައި މީހުންނަށްކަށް ދަތި އުނދަގޫގޮތްތައް ލިބުމަކަށް އެދިވޮޑި ނުގަންނަވައެވެ. ވުމާއެކު ތިޔަބައި މީހުން އެ މައްސަރުގައި ރޯދައިގެ ޢަދަދު ފުރިހަމަ ކުރާށެވެ. އަދި ތިޔަބައި މީހުންނަށް ތެދު މަގު ދެއްކެވީތީ މަތިވެރި މާތް ﷲގެ ކިބުރިޔާވަންތަކަން ބަޔާންކޮށް ތަކްބީރު ކިޔައި އުޅޭށެވެ. އަދި އެއިލާހަށް ޝުކުރުވެރިވެ އުޅޭށެވެ." (ބަޤަރާ: 185)

މިމަތިވެރި ބޮޑު ނިޢުމަތް ﷲގެ ޙަޟުރަތުން އަޅުގަނޑުމެންނަށް ދެއްވީތީ އަޅުގަނޑުމެންނަށް އޮތީ ގިނަގިނައިން ﷲ ޝުކުރު އަދާކޮށް އުޅުމެވެ. އެކަމުގެ ހެއްކެއްގެ ގޮތުންނާއި ޤުރުއާނުގެ ޙައްޤުގައި މިމައްސަރުގެ މާތްކަމުގެ ޙައްޤުގައި، އަޅުގަނޑުމެން އެއިލާހަށް ޝުކުރު އަދާކުރުމުގެ ގޮތުން އަޅުގަނޑުމެންނަށް އެންގެވީ މުޅި މިމައްސަރުގައި ރޯދަ ހިފައިގެން ތިބުމަށެވެ. ނުކައި ނުބޮއި ތިބުމެވެ. ހިތާއި ދުލާއި ހަށިގަނޑުގެ އެންމެހައި ގުނަވަންތައް ހަޑިހުތުރު ކަންކަމުންނާއި ބަސްތަކުން ދުރުހެލިކޮށް ތިމާމެންގެ ހަށިގަނޑު ސަލާމަތްކޮށް ގެން ތިބުމެވެ. 

މިގޮތުން އިލާހީ ޙުކުމްފުޅު އައިސްފައިވަނީ މިރޯދައަކީ މުސްލިމު އަޅުތަކުންގެ މައްޗަށް އޮތް ފަރުޟެއްގެ ގޮތުގައި ލެއްވުމެވެ. އިލާހީ ކަލާމްފުޅުގައި ރޯދައާމެދު މިފަދައިން އިޢުލާންކޮށްފައެވެ.

"އޭ މުސްލިމުންނޭވެ! ތިޔަބައިމީހުންގެ މައްޗަށް މާތް ﷲ ރޯދަމަހުގެ ރޯދަ ފަރުޟު ކުރައްވައިފިއެވެ. އެއީ ތިޔަބައިމީހުންގެ ކުރީގެނަބިއްޔުންގެ އުއްމަތްތަކަށް ވެސް ފަރުޟު ކުރެއްވި ފަދައިންނެވެ. ދަންނާށެވެ! މިގޮތުގެ މަތިން ތަޤުވާވެރި ވެވޭތޯ ބަލާށެވެ." (ބަޤަރާ: 183)

ރޯދައިގެ އެންމެ މުހިއްމު ޢަމަލަކީ މީހާ ތިމާގެ ހަށިގަނޑާއި ދުލާއި އެންމެހައި ގުނަންތަކެއް ﷲ ރުހިވޮޑިގެން ނުވާ އެންމެހައި ކަންކަމަކުން ދުރުހިލި ކޮށްގެން ހުރުމެވެ. އެއާއެކު ފަރުޖު ލީއްސުރެން ފެށިގެން އިރުއޮއްސެންދެން ކެއުމާއި ބުއިމުން އެއްކިބާވެ ހުރުމެވެ. ތިމާގެ ހަށިގަނޑަށް ނިއުޓްރޭޝަން ފޯރުކޮށްދެނިވި އެއްވެސް އެއްޗެއް ފޯރުވިޔަނުދީ ހުރުމެވެ. ރޯދަ ފަށަންވާނީ ނިޔަތާއި ލައިގެންނެވެ. އެއީ އެއްވެސް އަޅުކަމެއް ނިޔަތަކާ ނުލައި ޤަބޫލު ނުކުރަށްވާތީއެވެ. އަދި ނިޔަތްނެތި އަޅުކަން އަޅުކަމަކަށް ނުވާތީއެވެ. އެހެންކަމުން ކޮންމެ ރޯދަައަކީވެސް މުސްތަޤިއްލު ވަކި އަޅުކަމަކަށްވާތީ ކޮންމެ ރޯދަައަކަށް ވަކިން ނިޔަތް ގަންނަން ޖެހޭނެއެވެ. ނިޔަތް ގަންނާނީ ހިތުންނެވެ. ތިމާގެ ހިތުގައި އޮތް އެއްޗެއް ބޮޑަށް ގަދަ ކޮށްލުމުގެ ގޮތުން ދުލުން ނިޔަތް ކިޔައިލުމަކީ ރަނގަޅު ކަމެކެވެ. މީހާ އިސްލާމް ވުމާއި ޙައްޖުވުމާއި ޤުރުބާނީ ކަތިލުމާއި މިފަދަ އަޅުކަންތަކުގައި ވެސް ނިޔަތް އޮންނަ ބީދައިންނެވެ. 

ތިޔަ އެންމެހައި ބޭފުޅުންނަށް ބަރަކާތްތެރި ރަމަޟާން މަހުގެ މުނާސަބާގައި ގިނަގުނަ ތަހުނިޔާ އާއި މުބާރަކްބާދީ އަރިސް ކުރަމެވެ.  

ނޯޓް: މިލިޔުމަކީ، ޝެއިޚް ހުސެއިން ރަޝީދު ލިޔުއްވާފައިވާ ލިޔުމެކެވެ.

ރަމަޟާން 1443

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ

ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ

23 ފެބުރުއަރީ 2023
އަންގާރަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނީ 5.5 މިލިއަން ރުފިޔާ

އަންގާރަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނީ 5.5 މިލިއަން ރުފިޔާ

28 އެޕްރީލު 2022
މިސްކިތުގެ ހުރުމަތްތެރިކަމަށް ރައްކާތެރިވުން

މިސްކިތުގެ ހުރުމަތްތެރިކަމަށް ރައްކާތެރިވުން

28 އެޕްރީލު 2022
ހޮނިހިރު ދުވަހު ބީއެމްއެލް ހުޅުވާފައި ހުންނާނެ

ހޮނިހިރު ދުވަހު ބީއެމްއެލް ހުޅުވާފައި ހުންނާނެ

28 އެޕްރީލު 2022
ބުދަ ދުވަހުގެ ނިޔަލަށް 1323 މީހުން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދައްކައިފި

ބުދަ ދުވަހުގެ ނިޔަލަށް 1323 މީހުން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދައްކައިފި

28 އެޕްރީލު 2022

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު