Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރަށު ހިޔާނާތުގެ މައްސަލަ

އާރަށު ހިޔާނާތުގެ ދައުވާއިން ދިފާއުވުމަށް ޔާމީނު 18 ހެއްކެއް ހުށައަޅުއްވައިފި

31 މާރިޗު 2022 | ބުރާސްފަތި 06:15

ދެން އަޑުއެހުމެއް އޮންނާނީ 18 އޭޕްރީލްގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 މާރިޗު 2022 | ބުރާސްފަތި 06:15
ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށް

ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށް

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނެގި މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުން ކުރިއަށް ގެންދިޔައީ ރައީސް ޔާމީނާއި، މި މައްސަލައިގައި ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ޔޫސުފް ނައީމްގެ މައްސަލަވެސް އެކުއެކީގައެވެ. މި އަޑުއެހުމުގައި އޮތީ ދިފާއީ ހެކި ހާމަކުރުމެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް، އަޑުއެހުން ފައްޓަވަމުން ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ވަނީ މި މައްސަލައިގެ އަޑުއެހުންތައް ލައިވް ކުރުމުގެ ކަންކަން ގޮސްފައިވާ ހިސާބެއް ސާފުކުރައްވާފައެވެ. މި އަޑުއެހުމުގައި ރައީސް ޔާމީނުވެސް ވަނީ އެމަނިކުފާނަށް އޮތް ރައްކާތެރިކަމަކީ މި ޝަރީއަތް ލައިވްކޮށްގެން ކުރިއަށް ގެންދިޔުން ކަމުގައި ވިދާޅުވެ، އެކަމަށް ސާފު ޖަވާބެއް ޝަރީއަތުން ދެއްވުމަށް އެދިވަޑައިގެންފައެވެ.

އެކަމާއި ގުޅޭގޮތުން މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، ޝަރީއަތުން ކުރިންވެސް އެކަމަށް ޖަވާބު ދެއްވާފައިވާނެ ކަމަށެވެ. އެގޮތުން މި މައްސަލައިގެ އިބްތިދާއީ މަރުޙަލާ ނިމި، ޝަރީއަތް ފެށެންވާއިރަށް އަޑުއެހުންތައް ލައިވް ކުރެވޭނެކަމަށް ޤަބޫލު ކުރައްވާކަމަށް ގާޒީ ވިދާޅުވިއެވެ. އެގޮތަށް ނުވި ނަމަވެސް، ޝަރީއަތް ފެށުމުގެ މަރުޙަލާއާއި ހިސާބަށް ދިޔުމުން، އަޑުއެހުންތައް ފަސް ކުރުމަކީވެސް މަޝްވަރާ ކުރެވިދާނެ ކަމެއްކަމަށް ގާޒީ ވިދާޅުވިއެވެ.

މި އަޑުއެހުމުގައި ދެން އޮތީ ދިފާއީ ހެކި ހާމަކުރުމެވެ. އެގޮތުން ރައީސް ޔާމީނުގެ ފަރާތުން 18 ހެއްކެއް ހުށައަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޝަފަހީ 7 ހެއްކާއި، ކިތާބީ 11 ހެއްކެކެވެ. ރައީސް ޔާމީނުގެ ފަރާތުން ހުށައެޅުއްވި ކިތާބީ ހެކިތަކުގެ ތެރޭގައި ޑޮލަރު ވިއްކި ކަމުގެ ލިޔުމެއް ހިމެނުނު ނަމަވެސް، އެއީ ކޮން ތާރީޚެއްގެ މުއާމަލާތެއްކަން އެނގެން ނެތުމުން، އެކަން ޝަރީއަތުގެ ކުރީގެ ހުށައެޅުމެއްގެ ގޮތުގައި ހުށައަޅުއްވާނެކަމަށް މި އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

އެއަށްފަހު ޔޫސުފް ނައީމްގެ ފަރާތުން 13 ހެއްކެއް ހުށައަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 3 ޝަފަހީ ހެއްކާއި، 10 ކިތާބީ ހެއްކެކެވެ.

ދެ ފަރާތުން ހެކި ހާމަކުރުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ ދައުވާއެއްތޯ ކަނޑައެޅުމުގެ ކުރިން، އެކަމާއި ގުޅިގެން ވާހަކަދެއްކުމަށް ދެފަރާތަށްވެސް ފުރުސަތެއް ދެއްވާފައެވެ. އެހެންނަމަވެސް، ދިފާއުން ވަނީ އެކަމާއި ގުޅިގެން ވާހަކަ ދެއްކުމަށް އިތުރު އަޑުއެހުމެއް ތާވަލުކޮށްދެއްވުމަށް އެދިފައެވެ. އަދި ދައުލަތުންވެސް ވަނީ، ދެފަރާތުން ވާހަކަ ދެއްކުމުގެ ފުރުސަތު ގާޒީ ދެއްވި ނަމަވެސް، މިއީ ތަފްސީލީ ގޮތެއްގައި ހެއްކާއި ގުޅޭގޮތުން ވާހަކަ ދެއްކޭނެ މަރުޙަލާއެއް ނޫންކަން ހައިކޯޓުން ދާދި ފަހުން ނިންމި ގަޒިއްޔާއަކާއި ޙަވާލާދީ ހަނދާން ކޮށްދީފައެވެ.

މިކަމާއި ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ވަނީ މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ ދައުވާއެއްތޯ ކަނޑައެޅުމުގެ ކުރިން އެކަމާއި ގުޅިގެން ވާހަކަ ދެއްކުމަށް 18 އޭޕްރީލްގައި އަޑުއެހުމެއް ބޭއްވުމަށް ނިންމަވާފައެވެ.

ކްރިމިނަލް ކޯޓްރައީސް ޔާމީން

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް