Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ޓޫރިޒަމް

ރާއްޖޭގެ ލޯކަލް ޓޫރިޒަމްގެ މައުލޫމާތު ނޯޑިކް މާކެޓްގެ ޓްރެވަލް ޓްރޭޑާ ހިއްސާކުރުމަށް، އެމްއެމްޕީއާރުސީން ވެބިނާއެއް ބާއްވައިފި

އެމްއެމްޕީއާރުސީއާއެކު މި ވެބިނާގައި، ސީކްރެޓް ޕެރަޑައިޒް، އަންގްސަނާ ވެލަވަރު، އަދި ގަތަރު އެއަރވޭސްއިން ވަނީ ބައިވެރިވެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 30 މާރިޗު 2022 | ބުދަ 19:04
ގެސްޓްހައުސްއެއް - ރާއްޖޭގެ ލޯކަލް ޓޫރިޒަމްގެ މައުލޫމާތު ނޯޑިކް މާކެޓްގެ ޓްރެވަލް ޓްރޭޑާ ހިއްސާކޮށްފައިވޭ

ގެސްޓްހައުސްއެއް - ރާއްޖޭގެ ލޯކަލް ޓޫރިޒަމްގެ މައުލޫމާތު ނޯޑިކް މާކެޓްގެ ޓްރެވަލް ޓްރޭޑާ ހިއްސާކޮށްފައިވޭ

ރާއްޖޭގެ ލޯކަލް ޓޫރިޒަމްގެ މައުލޫމާތު ނޯޑިކް މާކެޓްގެ ޓްރެވަލް ޓްރޭޑާ ހިއްސާކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ވެބިނާއެއް ބާއްވައިފިއެވެ.

1 ގަޑިއިރުގެ ދިގުމިނަށް 29 މާރިޗްގައި ކުރިއަށް ގެންދިޔަ މި ވެބިނާއަކީ, ފިންލޭންޑް، ސުވިޑެން، ޑެންމާކް އަދި ނޯވޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަކޮށް ކުރިއަށް ގެންދިޔަ ވެބިނާއެކެވެ.

Advertisement - newsAdvertisement

މިއީ ނޯޑިކް މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް, ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކުރުމަށް ކުރިއަށްގެންދާ 3 ސެޝަންގެ ސިލްސިލާ ވެބިނާތަކެއްގެ އެންމެ ފަހު ވެބިނާއެވެ. މި ވެބިނާ ސީރީޒްގެ މަގުސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ މައުލޫމާތު ނޯޑިކް މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ފަތުރުވެރިންނަށް ފޯރުކޮށްދިނުމެވެ. އަދި މި މާކެޓުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ މަގުބޫލުކަން އިތުރުކުރުމެވެ. މި ވެބިނާގެ ފުރަތަމަ 2 ސެޝަން 2021 ވަނަ އަހަރު ބާއްވާފައިވާއިރު، މީގެތެރޭގައި ހިމެނެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ތައާރަފްކުރުމުގެ ގޮތުން ބާއްވާފައިވާ "ވެލްކަމް ޓު މޯލްޑިވްސް" ވެބިނާއާއި "މޯލްޑިވްސް – އަ ސޭފް ހެވަން ވިތް ޔުނީކް އެކްސްޕީރިއަންސަސް" ވެބިނާއެވެ. މި ސިލްސިލާގެ ތިންވަނަ ވެބިނާ ބިނާކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ލޯކަލް ޓޫރިޒަމް ސެގްމެންޓުގައި ފަތުރުވެރިންނަށް ލިބެން ހުރި ފުރުސަތުތަކާއި، ލޯކަލް ޓޫރިޒަމް، ޚާއްސަކޮށް ގެސްޓްހައުސް އެކްސްޕީރިއަންސްގެ މައުލޫމަތު ނޯޑިކް މާކެޓުގެ ފަރާތްތަކާ ހިއްސާކުރުމެވެ.

މި ސިލްސިލާގެ ތިން ވަނަ, އަދި އެންމެ ފަހު ސެޝަން ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން، އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ، ތޮއްޔިބް މުހައްމަދު، ވަނީ ރާއްޖެއިން ކޮވިޑްގެ ތެރޭގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުއްވާލައްވާފައެވެ. ތޮއްޔިބްގެ ވާހަކަފުޅުގައި ރާއްޖޭގެ ލޯކަލް ޓޫރިޒަމް ޕްރޮޑަކްޓްތަކާއި، އެކްސްޕީރިއަންސްތަކަށް އަލިއަޅުވާލެއްވިއެވެ. މީގެއިތުރުން، ނޯޑިކް މާކެޓަކީ ރާއްޖެއަށް މުހިންމު މާކެޓެއްކަންވެސް ފާހަގަކުރެއްވިއެވެ.

އެމްއެމްޕީއާރުސީއާއެކު މި ވެބިނާގައި ސީކްރެޓް ޕެރަޑައިޒް، އަންގްސަނާ ވެލަވަރު, އަދި ގަތަރު އެއަރވޭސްއިން ވަނީ ބައިވެރިވެފައެވެ. މި ވެބިނާގެ ތެރެއިން ރާއްޖޭގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް މިހާރު ދެމުންދާ ލުއިތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. މީގެއިތުރުން ރާއްޖޭގެ ޑެސްޓިނޭޝަން ޕްރެޒެންޓޭޝަނަކާއި، މެންބަރ ޕްރޮޕަޓީސްގެ ޕްރެޒެންޓޭޝަން، އަދި އެއަރލައިން ޕާޓްނަރގެ ޕްރެޒެންޓޭޝަނެއް ވަނީ ދައްކައިދީފައެވެ. އަދި ވެބިނާ ނިމުމުން "ކިއު އެންޑް އޭ"އެއް ކުރިއަށް ގެންގޮސް، މި ވެބިނާގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ޚާއްސަ 'ރެފަލް' ގުރުއަތެއް ނަގައި, އަންގްސަނާ ވެލަވަރުގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތެއް ވަނީ ނަސީބުވެރިޔާއަށް ދީފައެވެ. މި ވެބިނާ ސިލްސިލާގެ ކޮންމެ ސެޝަނެއްގެ ޒަރީއާއިން ނޯޑިކް މާކެޓްގެ 100އަށްވުރެ ގިނަ ޓްރެވަލް ޓްރޭޑް ބައިވެރިންނާ ބައްދަލުވެ ރާއްޖޭގެ މައުލޫމަތު ހިއްސާކޮށްފައިވެއެވެ.

ނޯޑިކް މާކެޓްއަކީ ރާއްޖެއަށް ވަރަށް އުންމީދީ މާކެޓެކެވެ. މިގޮތުން މިދިޔަ އަހަރުތަކުގެ ތެރޭގައި މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ ފަހާގަކޮށްލެވޭ ހަލުވި ސްޕީޑެއްގައި އިތުރުވަމުންނެވެ. 2021 ވަނަ އަހަރު ރާއްޖެއަށް 1.3 މިލިއަނަށް ވުރެން ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެތެރެއިން 18،507 ފަތުރުވެރިންނަކީ ނޯޑިކް ގައުމުތަކަށް ނިސްބަތްވާ ފަތުރުވެރިންނެވެ. މިއަހަރު ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހާ ހަމައަށް މި މާކެޓުން ދިވެހިރާއްޖެއަށް 9،754 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މި މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، ރާއްޖޭގެ ބްރޭންޑު އިތުރަށް ޕްރޮމޯޓުކުރުމަށް އެމްއެމްޕީއާރުސީއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 2021 ވަނަ އަހަރު އެމްއެމްޕީއާރުސީން މި މާކެޓަށް އަމާޒުކޮށް ވަނީ މީޑިއާ އަދި ޓްރޭޑް ފެމިލިއަރައިޒޭޝަން ދަތުރުތަކާއި، އެންއެލްޓީޖީއާއެކު ކެމްޕެއިނެއް އަދި މި ސިލްސިލާގެ 2 ވެބިނާ ބާއްވާފައެވެ. މިހާރުވެސް މި މާކެޓަށް އަމާޒުކޮށް ޓުއަރ އޮޕަރޭޓަރ ބްލިކްސަންއާއެކު ދަނީ ކެމްޕެއިނެއް ހިންގަމުންނެވެ. މިއަހަރު މިމާކެޓަށް އަމާޒުކޮށް ހިންގުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ނޭޓިވް އެޑް ކެމްޕެއިންތަކާއި، މީޑިއާ ފެމިލިއަރައިޒޭޝަން ދަތުރުތަކާއި، ޑިޖިޓަލް އަދި ބްރޯޑްކާސްޓް ކެމްޕެއިންތައް ހިމެނެއެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ގައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން'ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޚާއްސަ އެވޯޑްތަކެއް ހާސިލްކޮށްފައެވެ.

13 މާޗުން ފެށިގެން ރާއްޖޭގައި އަޅާފައިވާ މީގެ ދެ އަހަރު ކުރިން އިއުލާން ކުރި ސިއްހީ ކުުއްލި ނުރައްކަލުގެ ހާލަތު އުވާލާފައިވުމާއެކު, ދަތުރުފަތުރުކުރުމަށް އެޅިފައިވާ ފިޔަވަޅުތަކާއި ކޮވިޑްގެ އިތުރު ފިޔަވަޅުތަކަށް ލުއިދިނުމާގުޅިގެން ރާއްޖެއަށް ދަތުރުކުރުމަށް ފަތުރުވެރިންނަށް އިތުުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ހިނގަމުން މިދާ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ވަރަށް ޚާއްސަ އަހަރެކެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ޚާއްސަ ހަރަކާތްތައް މިދިޔަ އަހަރު ފަށައިގަތީ ކުލަގަދަ ހަރަކާތްތަަކަކާ އެކުގައެވެ. އެމްއެމްޕީއާރްސީގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެތައް ހަރަކާތްތަކެއް ތާވަލްކޮށްފައިވެއެވެ. މީގެ ތެރޭގައި، 2022ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި އެކަނިވެސް 60 އިން-ޕާރސަން ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި 11 ފެއަރއާއި ރޯޑްޝޯތަކާއި އެހެނިހެން ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.

އެމްއެމްޕީއާރްސީރަށު ފަތުރުވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
"އޮމަދޫ ބަނދަރުގެ ދަތިކަން އިންތިހާއަށް، މަސައްކަތް ދަނީ ސްލޯ ސްޕީޑުގައި، ބޭނުންވާ ތަކެއްޗެއް ނެތް"

"އޮމަދޫ ބަނދަރުގެ ދަތިކަން އިންތިހާއަށް، މަސައްކަތް ދަނީ ސްލޯ ސްޕީޑުގައި، ބޭނުންވާ ތަކެއްޗެއް ނެތް"

12 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އޮމަދޫއަށް ކުރައްވާ ދަތުރުފުޅާއި ދިމާކޮށް، އޮމަދޫގެ އިހްތިސާސްގައި ތިން ފަޅު ހިމަނައިފި

ރައީސް މުއިއްޒު އޮމަދޫއަށް ކުރައްވާ ދަތުރުފުޅާއި ދިމާކޮށް، އޮމަދޫގެ އިހްތިސާސްގައި ތިން ފަޅު ހިމަނައިފި

07 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު