Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރްސީ ތަހުގީގުތައް

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގުތަކެއް ކުރިއަށް ދަނިކޮށް، އެކަން ހިނގަމުން ނުދާކަމަށް ބުނުމުން ކުރި ދައުވާ ސާބިތެއް ނުވި

30 މާރިޗު 2022 | ބުދަ 10:41

ހިޔާނާތުގެ ދަށުން ދޫކުރި ރަށަކާއި ތިން ފަޅެއްގެ މައްސަލައެއް ހިމެނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 މާރިޗު 2022 | ބުދަ 10:41
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސޯލިހު

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސޯލިހު

އެމްއެމްޕީއާރްސީ ހިޔާނާތާއި ގުޅޭ އިތުރު މައްސަލައެއްގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސޯލިހުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އަހުމަދު ސޯލިޙުގެ މައްޗަށް ކޮށްފައިވަނީ ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ. އެގޮތުން ބުދަ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގައި ކޮށްފައިވާ ދައުވާ ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށްޓަކައި ބޭއްވި އަޑުއެހުމެކެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ސޯލިޙުގެ މައްޗަށް ދައުވާ ކޮށްފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަނުން އެމްއެމްޕީއާރްސީގެ ތަހުގީގެއް ކުރިއަށް ގެންދާތީ، އެ ތަހުގީގާއި ގުޅޭ ރަށްތަކުގެ ލީސްގެ މަސައްކަތް މަޑުޖައްސާލުމަށް ޓޫރިޒަމް މިނިސްޓްރީއަށް އަންގާފައި ވަނިކޮށް، އޭގެ ތެރެއިން ބައެއް ތަންތަނުގެ މައްސަލަ ބަލަމުން ނުދާކަމަށް ބުނެ އޭނާ ސޮއިކޮށް ބައެއް ކުންފުނިތަކަށް ސިޓީތަކެއް ފޮނުވާފައިވާތީއެވެ.

އޭގެ ތެރޭގައި ކ އަތޮޅު ފަޅާއި ގުޅޭ މައްސަލައެއް ތަހުގީގު ކުރަމުން ނުދާކަމަށް ބުނެ ކުންފުންޏަކަށް ފޮނުވި ސިޓީއަކާއި، މ ފޮއްތެޔޮ އާއި ގުޅޭ މައްސަލައެއް ތަހުގީގު ކުރަމުން ނުދާކަމަށް ބަޔާންކޮށް އެހެން ކުންފުންޏަކަށް ފޮނުވާފައިވާ ސިޓީއެއް ހިމެނެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ދަށުން ދޫކުރި ރަށަކާއި ތިން ފަޅެއްގެ މައްސަލައެއް ކޮމިޝަނުން ބަލަމުންދަނިކޮށް، އެ ފަދަ މައްސަލައެއް ތަހުގީގު ކުރަމުން ނުދާކަމަށް ބަޔާންކޮށް އޭނާ ކުންފުނިތަކަކަށް ސިޓީ ފޮނުވާފައިވާކަމަށް ވެއެވެ. އެއީ ޖިނާއީ ތަހުގީގެއް ހިންގާކަން އެނގިހުރެ ފޮނުވާފައިވާ ސިޓީތަކެއްކަން ދައުލަތުން ފާހަގަ ކުރެއެވެ.

ހަމައެއާއެކު، ދައުލަތުން ބުނާ ގޮތުގައި ކ އަތޮޅު ފަޅު ލީސް ކުރުމަށް އިއުތިރާޒެއް ނެތްކަމަށް ބަޔާންކޮށް އޭނާ ވަނީ މިނިސްޓްރީގެ ނަމުގައި ސިޓީ ފޮނުވާފައެވެ.

އޭނާގެ މައްޗަށް ކުރާ ދައުވާ ސާބިތުކުރުމަށް ދައުލަތުން 22 ކިތާބީ ހެއްކާއި ދެ ޝަފަހީ ހެކި ހުށައެޅިއެވެ. ހަމައެއާއެކު، ސޯލިހަކީ 2018 ވަނަ އަހަރުން ފެށިގެން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް ކަމަށާއި، މިނިސްޓްރީގެ ލީގަލް ސެކްޝަނުގެ މަސައްކަތްތައް ބަލަހައްޓަވަނީ ސޯލިހު ކަމަށް ދައުލަތުން ވަނީ ފާހަގަ ކޮށްފައެވެ.

އެކަމާ ގުޅިގެން ދިފާއުން ފާހަގަ ކޮށްފައިވާ ކަންކަމަށް ބަލާއިރު، ރިޔާސީ ކޮމިޝަނުން ފޮނުވި ސިޓީއާއެކު ވާ ލިސްޓުގައި ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކުރި ރަށްތަކުގެ ލިސްޓު ކަމަށާއި، ތަހުގީގު ކުރަމުންދާ ރަށްތަކުގެ ލިސްޓު ނޫން ކަމަށް ދިފާއުން ވަނީ ފާހަގަ ކޮށްފައެވެ. އަދި ރިޔާސީ ކޮމިޝަނުން އެދިފައިވަނީ ހެޑްލީސް ރައިޓްސް ބަދަލު ކުރުމަށް ނުވަތަ ހިއްސާ ބަދަލު ކުރުމަށް ހުށަހަޅައިފި ނަމަ އެކަން ކޮމިޝަނަށް އަންގަން ކަމަށްވާއިރު، ދައުވާގައި ހަވާލާދީފައިވާ އެއްވެސް ސިޓީއަކީ އެ ދެ ބާވަތުގެ ދެ މުއާމަލާތުން މުއާމަލާތެއް ކުރުމާ ގުޅޭ ސިޓީތަކެއް ނޫން ކަމަށް ވެސް އޭނާގެ ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން، އޭނާ ފޮނުއްވި ސިޓީތަކުގެ ސަބަބުން އެފަދަ މުއާމަލާތަކަށް މަގުފަހިވެފައިވެސް ނުވާ ކަމަށާއި، އެފަދަ މުއާމަލާތެއް ހިނގާފައިވެސް ނުވާ ކަމަށް ދިފާއުން ފާހަގަ ކޮށްފައިވެއެވެ.

ހަމައެއާއެކު، ރިސޯޓެއްގެ ހައްގެއް ބަދަލުވާ ގޮތަށް އެއްވެސް މުއާމަލާތެއް ހިނގައިފި ނަމަ އެ ހުއްދަ ދޭނީ އެންމެ މަތީ ލެވެލްގައި މަޝްވަރާކޮށްފަ، އެ އިރެއްގައި ހުންނަ މިނިސްޓަރެއްގެ ނިންމުމަކުންކަން ޝަފަހީ ހެކިންގެ ހެކިބަހުން އެނގޭކަމަށްވެސް އޭނާގެ ފަރާތުން ވަނީ ފާހަގަ ކޮށްފައެވެ. މި މައްސަލައިގައި އޭރުގެ ވަޒީރު ތަހުގީގަށް ހާޒިރުކުރެވި ދައުވާ ކުރުމާ މެދު އެއްވެސް ވަރަކަށް ވިސްނާފައި ނެތްކަން ދިފާއުން ފާހަގަ ކުރެއެވެ.

މި މައްސަލައިގައި ބުދަ ދުވަހު ގާޒީ އަލީ އާދަމް ކުރެއްވި ޙުކުމުގައި ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ ސާބިތުނުވާކަމަށް ކަނޑައަޅުއްވާފައެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތްކްރިމިނަލް ކޯޓްމިނިސްޓްރީ އޮފް ޓުއަރިޒަމް

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި
01 ޑިސެމްބަރު 2025

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް