Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ދޭދޭ ގައުމުތަކާއި ގުޅުން ބަދަހިކޮށްގެން މެނުވީ ފައިދާއެއް ނެތެވެ.

އިންޑިއާގެ އެހީގައި ފުލުހުންގެ ތަމްރީނުތަކަށް ބޭނުންވާ ބޮޑު ކޮލެޖެއް ވަނީ އަޅައިދީފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 30 މާރިޗު 2022 | ބުދަ 09:18
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު (ވ) އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖަޔަރ ޝަންކަރު (ކ) ޕޮލިސް ކޮލެޖް ހުޅުވައިދެއްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު (ވ) އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖަޔަރ ޝަންކަރު (ކ) ޕޮލިސް ކޮލެޖް ހުޅުވައިދެއްވަނީ

ރާއްޖެއަކީ އަބަދުވެސް މުޅި ދުނިޔެއާއި ގުޅުން ބަދަހިކޮށްގެން ކުރިއެރުން ހޯދަމުން އަންނަ ގައުމެކެވެ. ތަރައްގީ އާއި އެހެނިހެން ގޮތް ގޮތުންނެވެ. ވަކި ގައުމަކާއި ގުޅުން ކުޑަކޮށް ވަކި ގައުމަކާއި ދެމެދު ނަފުރަތު އުފެއްދުމަކީ ރާއްޖެއިން އެއްވެސް އިރެއްގައި ކުރި ކަމެއް ނޫނެވެ.

މީގެ ކުރިން ރާއްޖޭގެ ވެރިކަމުގައި ތިބި ފަރާތްތަކުން އެހެން އަމަލުކުރުމުގެ ސަބަބުން އެއިރު ވަކި ގައުމަކަށް ރާއްޖޭގެ ހުރިހާ ކަމެއް ބަރޯސާވެ ދަރަނި އިތުރުވެގެން ދިޔައެވެ. ބައިނަލްއަގުވާމީ ދުނިޔެއާއި ގުޅުން ހީނަރުވެގެން ދިޔައެވެ. ނަމަވެސް މިއަދު އެ މަންޒަރު ތަފާތުވެއްޖެއެވެ. މިއަދު ފެންނަނީ ހުރިހާ ގައުމަކާއެކު ގުޅުން ބަދަހި މަންޒަރެވެ. ވަކިން ހާއްސަކޮށް އަވަށްޓެރި ގައުމުތަކާއެކުއެވެ.

އިންޑިއާއަކީ މީގެ އެއް މިސާލެވެ. ކޮވިޑްގެ އެންމެ ދަތި އުނދަގޫ ހާލަތުގައި ފެނިގެން ދިޔައީ އެތަކެއް ދީލަތި އެހީތެރިކަމެއް ދިން ތަނެވެ. ރާއްޖޭގެ އިގްތިސާދު ފުނޑުނަ ނުދީ ކޮޅަށް ޖެހުމަށް އެކި ގޮތްގޮތުން އެހީތެރިވަމުން ދިޔަ މަންޒަރެވެ. ރައްޔިތުންނާއި ގުޅުންހުރި ތަރައްގީގެ ކަންކަން ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް އެހީތެރިކަން ދެމުންދިޔަ މަންޒަރެވެ.

އެ އެހީތެރިކަމާއެކު ކޮވިޑުން އަރައިގަނެވުނުއިރު ރައްޔިތުން ބޭނުންވެފައި ތިބި އެތަކެއް ކަމެއް މިއަދު ވަނީ ފެށިފައެވެ. މީގެ އެއް މިސާލަކީ އިންޑިއާގެ އެހީއާއި ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށްގެންދާ ބިޔަ ޕްރޮޖެކްޓެވެ.

މީގެ ތެރެއިން އިހައް ދުވަހަކު ހުޅުވުނު ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓަކީ އެފަދަ އެއް މިސާލެވެ. ފުލުހުންގެ ޤާނޫނުގެ ރޫޙަކީ ޒަމާނީ ޓެކްނޮލޮޖީއާއެކު، މުޅި މުއައްސަސާގެ ޤާބިލްކަން އިތުރުވެ، ކުރިއަރައިދިޔުން ކަމުގައިވާއިރު، ކުރިއެރުމަށްޓަކައި ފުރަތަމަ ކުރިއަރަންޖެހެނީ ނަފްސުކަން އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެވެ. ކުރިއަރަންޖެހެނީ ކަންކުރާ މީހާއަށް ލިބިހުރި އީޖާބީ ވިސްނުމާއި، ހުނަރާއި ތަޢުލީމާއި ތަމްރީނާއި އަދި ވަކިން ހާއްސަކޮށް، ހެޔޮ ހުލްގެވެ.

ފުލުހުން ބިނާކުރުމަށްޓަކައި ރާއްޖޭގެ އެންމެ ދެކުނުގައި ހުޅުވިގެން އެދިޔަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯރސްމެންޓަކީ، އެކި ސަރުކާރުތަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. އެއީ، ދިވެހިންގެ އަމިއްލަ ސަލާމަތާއި، ރައްކާތެރިކަމާއި، ޤައުމީ މަޞްލަޙަތު ދިފާޢުކުރުމުގެ ޤާބިލްކަން، ދިވެހިންގެ ކިބައިގައި އުފެއްދުމުގެ އެއް ބިނާއެވެ. އެއީ ރާއްޖެ، ރާއްޖޭގެ އަމިއްލަވަންތަ ކަމުގައި ހިންދެމިލުމަށް އަވަށްޓެރި އިންޑިއާގެ ނިޔަތް ހެޔޮކަން ދައްކައިދޭ ރަމްޒެކެވެ.

މީގެއިތުރުން އެކި ސަރުކާރުތަކުން ދޫކޮށްލާފައިވާ އައްޑޫގެ މައި ދޮރާށި ވެސް އިންޑިއާގެ އެހީގައި ތަރައްގީ ކުރުމަށް މަގުވަނީ ހުޅުވިފައެވެ. ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ، އެ ސިޓީއަށާއި ދެކުނަށް ވަރަށް މުހިންމު ޕޯޓެކެވެ. އަދި އައްޑޫ ސިޓީއަށް ނިސްބަތްވާ، ގަން އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ ފުރިހަމަ ޔަޤީންކަން އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ވަނީ ދެއްވާފައެވެ. ލަސްތަކެއްނުވެ ބިޑް ކުރެވި، އޭގެ ޢަމަލީ މަސައްކަތް އައްޑޫ ގަމުގައި ފެށިގެންދާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ.

ބިން ހިއްކުން އެއީ އައްޑޫ ސިޓީގެ ވަޢުދުނާމާގައި އޮތް ކަމެކެވެ. އެ ވަޢުދުނާމާ ތަންފީޛު ކުރަމުންދާއިރުގައި، މިހާރު ވަނީ އޭގެ ޢަމަލީ މަސައްކަތް ކުރުމަށްޓަކައި ބަޔަކާއި ހަވާލުކުރެވިފައެވެ. މިއީ ވެސް އިންޑިއާގެ އެހީގައި އަދި ލޯނުގެ އެހީގައި ކުރިއަށްގެންދާ ބިޔަ ޕްރޮޖެކްޓެކެވެ. އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 194 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި ބިން ހިއްކަމުންދާއިރުގައި، ޓޫރިޒަމް ތަރައްޤީ ކުރުމަށްޓަކައި އެތަނުގައި 5 ރަށް ހިއްކާނެއެވެ. އެކަން ވެގެންދާނީ، އެ ސަރަޙައްދަށް ޓޫރިޒަމް ގެނައުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތަށް ލިބިގެންދާނެ އިތުރު ހިތްވަރަކަށެވެ. މިހާތަނަށް އައިއިރުގައި، މި ދަތިހާލާ އެކީގައި، އިޤްތިޞާދަށް ކުރިމަތިވި ދަތި ހާލަތާ އެކީގައި، އައްޑޫ ސިޓީގެ ތަރައްޤީއަށްޓަކައި މިހާތަނަށް 1 ބިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ. މިއީ މުޅި ރާއްޖޭގެ ތަރައްޤީއަށްޓަކައި މިވޭތުވެދިޔަ 3 އަހަރު ބަޖެޓުން ކުރި ޚަރަދުގެ ބޮޑު ބައެކެވެ.

އައްޑޫ ސިޓީގެ މަގު ހެދުމުގެ މަސައްކަތަކީ ވެސް އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތެކެވެ. 77 މިލިއަން ޑޮލަރު ހޭދަކޮށްގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ ދަށުން އައްޑޫ ސިޓީގެ ހުރިހާ އަވަށެއްގެ މަގު ޒަމާނީ ފެންވަރަކަށް ހެދިގެންދާނެއެވެ. މިއާއެކު ޒަމާނީ ފެން ހިންދާ ނިޒާމެއް ވެސް ގާއިމް ވެގެންދާނެއެވެ. ޒަމާންތަކެއްވީ އައްޑޫ ސިޓީގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

މިއީ ވަކި ގައުމަކާއި ގުޅުން ބަދަހި ނުކޮށް ހުރިހާ ގައުމަކާއި އެކުއެކީގައި މަސައްކަތް ކުރުމުގެ ނަތީޖާއެވެ. އައްޑޫ ސިޓީއަށް އަދިވެސް އިތުރު ކަންކަން އެބަހުއްޓެވެ. މުޅި ރާއްޖެއަށް ބެލިނަމަވެސް ކަންކަން ދަނީ ހަމަ މި މޭރުމުންނެވެ.

ނަމަވެސް މި ކަންކަން ފެނި އެކަން ހަޖަމްނުވާ މީހުން އަދިވެސް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ ހިތުގައި ނަފުރަތު އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. އެއީ ހަމަ އެންމެ ބޭނުމެއްގައެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ވާހަކައަށް ފަސް އެޅުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުދިވެހި ރާއްޖެ-އިންޑިއާގެ ގުުޅުންއައްޑޫގެ ތަރައްގީގެ މަޝްރޫއުތައްއައްްޑޫ ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު