Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތ.ފޮނައްޑޫ އޮޕަރޭޝަނަށް ގެނައުން

ތ.ފޮނައްޑޫ އޮޕަރޭޝަނަށް ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް މިފްކޯއިން ފަށައިފި

30 މާރިޗު 2022 | ބުދަ 07:30

މިފްކޯއާއި ބޭންކް އޮފް މޯލްޑިވްސްއާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކާރުޚާނާއާއި، އެތަނަށް މަސްގަނެ ޕްރޮސެސްކޮށް ވިއްކުމާއި ގުޅޭ އެންމެހައި ހައްގުތައް 6 މާޗް 2022ގައި މިފްކޯއިން ވަނީ ގަނެފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 30 މާރިޗު 2022 | ބުދަ 07:30
އިސްމާއިލް ފައުޒީ - މިފްކޯގެ ސީއީއޯ

އިސްމާއިލް ފައުޒީ - މިފްކޯގެ ސީއީއޯ

ފޮނައްޑޫ އޮޕަރޭޝަނަށް ގެންނައުމަށް ކުރަން ޖެހޭ މަސައްކަތްތައް މިފްކޯއިން ފަށައިފިއެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ރާއްޖެއެމްވީއަށް ވިދާޅުވީ، ފޮނައްޑޫ، ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށް ބޭންކަށް ދައްކަން ޖެހޭ ފައިސާ މާޗް މަހުގެ 6 ވަނަ ދުވަހު ސަރުކާރުން ބޭންކަށް ދެއްކުމަށްފަހު އެރަށް މިފްކޯއާއި މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެތަން އޮޕރޭޝަނަށް ގެނައުމަށް ހަދަންޖެހޭ އެސެސްމެންޓްތައް ހެދުމަށް މިފްކޯގެ ޓީމެއް މިހާރު އެރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

Advertisement - newsAdvertisement

ފޮނައްޑޫގައި ހުރި ކާރުޚާނާ ހުރީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި، މެޝިންތައްވެސް ހަލާކުވެފައިވާ ކަމަށް ފައުޒީ ވިދާޅުވިއެވެ. އަދި އެތަން އަލުން އޮޕަރޭޝަނަށް ގެނައުމަށް ވަގުތު ނަގާނެ ކަމަށާއި، އެކަމަށް ޚަރަދުތަކެއް ހިނގާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލް ހިއްސާކުރަން އަދި އަވަސް ކަމަށް ފައުޒީ ވިދާޅުވިއެވެ.

މިފްކޯއިން މަސައްކަތް ކުރާނީ، ވީހާވެސް ޚަރަދު ކުޑަގޮތަކަށް އެތަން ތަރައްގީކޮށް ނަފާލިބޭނެ ތަނަކަށް ހެދުމަށް ކަމަށް ފައުޒީ ވިދާޅުވިއެވެ.

ފޮނައްޑޫ ކުރިން ހަވާލުކޮށްފައި އޮތީ އަމިއްލަ ކުންފުންޏެއް ކަމަށްވާ އައިއޯއެސް ކޯޕަރޭޝަނާއެވެ. އެކުންފުންޏަށް އެތަން ނުހިންގި ބޭންކުން އެތަން ބީލަމުގައި ވިއްކާލުމަށް ތައްޔާރުވެފައިވަނިކޮށް، ތ އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގެ ތެރެއިން މަސްވެރިންނާއި ބައްދަލުކުރައްވާ ރައީސް ވަނީ ފޮނައްޑޫ އަލުން އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަށް ލިޔުމުން ފޮނުއްވި ޖަވާބުގައި ފިޝަރީޒް މިނިސްޓަރު ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވީ، ފޮނައްޑޫގައި މަސް ބަންދުކުރުމަށް ހަދާފައިވާ ކާރުޚާނާ ބަންދުކޮށްފައިވާތާ ގިނަ ދުވަސް ވެފައިވާ ކަމަށާއި، އެތަނަށް މަސްގަނެ މަސްބަންދު ކުރުމުގެ މަސައްކަތް އަލުން ފެށޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ތ އަތޮޅުގެ މަސްވެރިން ރައީސް އަރިހުގައި އެދިފައިވާ ކަމަށެވެ.

އެއާއެކު ސަރުކާރުން ނިންމީ ފޮނައްޑޫ ކާރުޚާނާ މިފްކޯއަށް ގަތުމަށް ކަމަށާއި، މިގޮތަށް ސަރުކާރުން ނިންމުމާއި ގުޅިގެން މިފްކޯއާއި ބޭންކް އޮފް މޯލްޑިވްސްއާއި ދެމެދު ކުރެވުނު އެއްބަސްވުމުގެ ދަށުން ކާރުޚާނާއާއި، އެތަނަށް މަސްގަނެ ޕްރޮސެސްކޮށް ވިއްކުމާއި ގުޅޭ އެންމެހައި ހައްގުތައް 6 މާޗް 2022ގައި މިފްކޯއަށް ގަނެފައިވާ ކަމަށެވެ.

އެރަށުގައި ހުރި ކާރުޚާނާ އިތުރަށް ތަރައްގީކޮށް، އެރަށުގެ ބަނދަރުވެސް އިތުރަށް ތަރައްގީކޮށް، އެކާރުޚާނާއަކީ، ނަފާވާ ތަނަކަށް ހެދުމަކީ، ސަރުކާރުގެ ވިސްނުންކަމުގައި ފިޝަރީޒް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިފްކޯމަސްވެރިން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!

14 ޑިސެމްބަރު 2025
މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!
14 ޑިސެމްބަރު 2025

މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

14 ޑިސެމްބަރު 2025
މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!
21 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

21 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު
15 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

15 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި
15 އޮކްޓޯބަރު 2025

ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި

15 އޮކްޓޯބަރު 2025
ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި
30 ސެޕްޓެމްބަރު 2025

މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި

30 ސެޕްޓެމްބަރު 2025
މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި
27 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ

27 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ
22 ސެޕްޓެމްބަރު 2025

މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ

22 ސެޕްޓެމްބަރު 2025
މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ
07 ސެޕްޓެމްބަރު 2025

ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި

07 ސެޕްޓެމްބަރު 2025
ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި
19 އޯގަސްޓު 2025

ތުޅާދޫ މަސްވެރިންގެ މުޒާހަރާ ހުއްޓުވާލީ، މަސްވެރިންގެ އަތުން މެމްބަރު ހަންނާނު ބޮޑު އަގުގައި މަސްގަނެގެން

19 އޯގަސްޓު 2025
ތުޅާދޫ މަސްވެރިންގެ މުޒާހަރާ ހުއްޓުވާލީ، މަސްވެރިންގެ އަތުން މެމްބަރު ހަންނާނު ބޮޑު އަގުގައި މަސްގަނެގެން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް