Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްވެރިކަން

މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި

ރައީސް މުއިއްޒު ކެޔޮޅުންނާ އެކު ތިންވަނަ ބައްދަލުވުން ބޭއްވި އިރުވެސް މަސް ގަންނަ އަގު ކުޑަވުމުގެ މައްސަލަ ހައްލެއް ނުވޭ

ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2025 | އަންގާރަ 01:26
ރައީސް މުއިއްޒު، ކެއުޅުންނާ ބައްދަލުކުރެއްވުން - 29 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު، ކެއުޅުންނާ ބައްދަލުކުރެއްވުން - 29 ސެޕްޓެމްބަރު 2025

ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒު ވީ ވައުދާ އެއްގޮތައް މަސްކިލޯ އެއް ގަންނަ އަގު 20ރ. އަށް ބޮޑުކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި އެވެ.

ރައީސް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިއީ ރައީސް މުއިއްޒު ކެއުޅުންނާ ބައްދަލުކުރެއްވި ތިން ވަނަ ފަހަރެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު ބައްދަލުވުމުގައި، ކެއުޅުން ވަނީ މަސްވެރިކަމުގެ ސިނާއަތުގައި ރަނގަޅުކުރަން ބޭނުންވާ ކަންކަން މުއިއްޒު އާ ހިއްސާކޮށްފައެވެ. އެގޮތުން އެންމެ އިސްކަމެއްގެ ގޮތުގައި ފާހަގަ ކުރެވުނީ މަސްކިލޯއެއްގެ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚެއް ސާފު ކުރުމެވެ.

މަސްވެރިންނާ މުއިއްޒު އެންމެ ފުރަތަމަ ބައްދަލު ކުރެއްވީ ޑިސެމްބަރު 9، 2023 ގަ އެވެ. އެ ބައްދަލުވުމުގައި ވެސް މަސްވެރިން އެދުނީ މަސް ގަންނަ އަގު 20ރ. އަށްވުރެ ކުޑަ ނުކުރުމަށެވެ. އޭރު މިފްކޯ އަށް މަސް ގަންނަމުން ދިޔައީ ކިލޯ އެއް 25ރ. ގެ މަގުންނެވެ.

އޭގެފަހުން ޑިސެމްބަރު 4، 2024 ގައި މަސްވެރިންނާ މުއިއްޒު ބައްދަލު ކުރެއްވުމުން ވެސް މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ފާހަގަ ކުރީ މަސް ގަންނަ އަގު ކުޑަވުމެވެ. އެއާ އެކު މަސް ގަންނަ އަގު 20ރ. އަށް ވުރެ ބޮޑު ކުރުމުގެ ކަންކަން ބައްލަވައި އެކަމަށް ހައްލު ހޯދުމަށްޓަކައި ވަރަށް އަވަސް ފިޔަވަޅުތަކެެއް އަޅުއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ހޯމަ ދުވަހުގެ ބައްދަލުވުމުގައި ކެއުޅުން ފާހަގަކުރި އެހެނިހެން މައްސަލަތަކުގެ ތެރޭގައި، ރާއްޖޭގެ އެންވެރިކަން ދަށްވެފައިވާ މައްސަލައާއި، ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ނެގުމުގައި ދިމާވާ ދަތިތަކާއި، މަސްވެރިކަމުގެ ލައިސަންސް ހޯދުމުގައި ހުރި ގޮންޖެހުންތައް ހިމެނެއެވެ. އަދި މިފްކޯގެ މަސްކިރާ ކައްޓާތައް ޑިޖިޓަލް ކައްޓާއަށް ބަދަލުކުރުމަށް ވެސް ކެއުޅުން އެދިފައިވެއެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މަސް ގަންނަ އަގު ބޮޑުކުރެވޭނީ، މަސްކިރާތާ 48 ގަޑިއިރުތެރޭ ފައިސާ ދިނުމުގެ ނިޒާމު ހަރުދަނާ ވުމުންނެވެ. އެހެން ނަމަވެސް، އަގު ބޮޑުކުރެއްވުމަކީ ކަށަވަރު ކަމެއްކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ވެސް ރައީސް މުއިއްޒުގެ ވައުދެކެވެ. ވެރިކަމަށް ދެ އަހަރު ވެގެން ދާ އިރު މުއިއްޒުގެ ވާހަކަ ފުޅުން ދޭހަވީ އަދި ވެސް ފައިސާ ދިނުމުގެ ނިޒާމު ހަރުދަނާ ކުރެވިފައި ނުވާ ކަމެވެ. އޭގެ އިތުރުން ރައީސް މުއިއްޒުގެ ވައުދުގައި އޮތީ މަސްވެރިން ކިރާ މަހަށް ޑޮލަރުން އަގު ދެއްކުމެވެ.

ބޮޑު ކަންނެލީގެ މަސްވެރިންނަށް ކިލޯ އަކަށް 80ރ އާއި 100ރ ގެ އަދަދެއް ދެއްވާނެ ކަމަށާއި އަދި މިފްކޯ އަށް ބޮޑު ކަންނެލި ކިރާނެ ކަމަށް މުއިއްޒު ވައުދުވެފައިވީ ނަމަވެސް އަދި މިހާތަނަށް އެ ވައުދު ފުއްދުމަށް ކުރެވިފައިވާ އެއްވެސް ކަމެއްގެ ވާހަކަ އެއް ސަރުކާރުން ހާމަ ކޮށްފައެއް ނުވެއެވެ.

ބޭންކް ލޯނުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ލޯނު ނެގުމުގެ އިޖުރާއަތުތައް ލުއިކޮށްދިނުމަށް ބޭންކާ މަޝްވަރާކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އެންވެރިކަން ދަށްވެފައިވާ ކަމަށާއި، އެންވެރިކަން އެންމެ ރަނގަޅު އަތޮޅަކީ ވ. އަތޮޅުކަން މަސްވެރިން ފާހަގަ ކުރުމުން، އަދި ވ. އަތޮޅުގައި ކުރިއަށްގެންދާ ބިންހިއްކުމުގެ މަޝްރޫއުތައް މަސްވެރިންގެ ލަފަޔާއެކު ކުރިއަށް ގެންދަވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އެސްޓީއޯ އިން ތެޔޮ ވިއްކުމުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމުގެ މަސައްކަތް އަންނަ އަހަރުގެ މާރިޗު މަހަށް ނިންމުމަށް ރޭވިފައިވާކަން ރައީސް ހާމަކުރެއްވިއެވެ. މީގެއިތުރުން މިފްކޯ އިން ތެޔޮ ވިއްކަން ފެށުމަށް ކުރެވެމުންދާ މަސައްކަތުގެ މައުލޫމާތުވެސް ކެޔޮޅުންނާ ހިއްސާކުރެއްވިއެވެ.

ބައްދަލުވުން ނިންމަވާލައްވަމުން ރައީސް މުއިއްޒު ވަނީ، މަސްވެރިންނާއި ކެއުޅުންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން އަލުން ދެއްވާފައެވެ.

މިދިޔަ އަހަރު އެންމެ ފަހުން ރައީސް މުއިއްޒު މަސްވެރިންނާ ބައްދަލު ކުރެއްވި އިރު ވެސް އަދި ހޯމަ ދުވަހު ކެއުޅުންނާ އެކު ބައްދަލު ކުރެއްވި އިރުވެސް ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ - އެމްޑީޕީ އިން އޮތީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދާ ރައްޔިތުންގެ ފައިސާ ލޫޓު ވަމުން ގެންދާ ކަމަށް ބުނެ ބޮޑު އިހުތިޖާޖަކަށް ގޮވާލާފައެވެ.

ރައީސް މުއިއްޒުމިފްކޯމަސްވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު