Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ތުރުކީގައި ކުރިޔަށްދިޔަ ސުލްހައިގެ ވާހަކަތައް

އަބްރަމޯވިޗަށް ވިހަދިން ވާހަކަ ފެންމަތިވެފައި ވަނިކޮށް ތުރުކީގައި ކުރިޔަށްދިޔަ ބައްދަލުވުމުގައި އޭނާ ބައިވެރިވެއްޖެ

އަބްރަމޯވިޗް ވާހަކަތަކުގައި ބައިވެރިވަނީ އޮބްޒާވަރެއްގެ ގޮތުގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 30 މާރިޗު 2022 | ބުދަ 02:40
ރަޝިޔާ އާއި ޔޫކްރެއިނާއި ދެމެދު ކުރިޔަށްދިޔަ ސުލްހައިގެ ވާހަކަތަކުގައި ރަޝިޔާގެ ބިލިއަނަރެއް ކަމުގައިވާ ރޯމަން އަބްރަމޯވިޗް

ރަޝިޔާ އާއި ޔޫކްރެއިނާއި ދެމެދު ކުރިޔަށްދިޔަ ސުލްހައިގެ ވާހަކަތަކުގައި ރަޝިޔާގެ ބިލިއަނަރެއް ކަމުގައިވާ ރޯމަން އަބްރަމޯވިޗް

ރަޝިޔާގެ ބިލިއަނަރެއް ކަމުގައިވާ ރޯމަން އަބްރަމޯވިޗް ރަޝިޔާ އާއި ޔޫކްރެއިނާއި ދެމެދު ތުރުކީގެ އިސްތަންބޫލްގައި ކުރިޔަށްދިޔަ ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވެއްޖެއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދޭން ފެށުމާއެކު ހުޅަނގާއި އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުން ވަނީ ރަޝިޔާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އޭގެތެރޭގައި ރަޝިޔާގެ އޮލިގާކުންގެ ތެރޭގައި ހިމެނޭ ވަކިވަކި މީހުން ހިމެނެއެވެ. އޭގެތެރެއިން އެކަކީ ރޯމަން އަބްރަމޯވިޗްއެވެ.

ތުރުކީގެ ރައީސް އޮފީހުން އާންމުކުރި ވީޑިއޯގައި ފެންނަނީ ދިގު މޭޒުގެ ދެފަރާތުގައި ދެ ގައުމުގެ ވަފުދު އެއްބަޔަކު އަނެއްބަޔަކަށް ކުރިމަތިވާ ގޮތަށް ތިބޭތަނެވެ. އަބްރަމޯވިޗް އިނީ އެމޭޒާ ކައިރީގައި އޮބްޒާވަރުންނަށް ޚާއްސަކޮށްފައިވާ މޭޒުގައެވެ.

ހަނގުރާމައަށް މަސްދުވަސް ވެފައިވާއިރު ތުރުކީގައި ކުރިޔަށްދިޔަ ވާހަކަތަކުގައި ރަޝިޔާއިން ވަނީ ކިޔެވް އާއި އުތުރު ސަރަހައްދުތަކަށް ދޭ ހަމަލާތައް މަދުކުރާނެކަމަށް ވައުދުވެފައެވެ.

ހަނގުރާމަ ފެށުނީއްސުރެ އަބްރަމޯވިޗް ވަނީ ދެ ގައުމު، ސުލްހައިގެ މޭޒުދޮށަށް ގެނެސް މިމައްސަލައިގައި ސުލްހަވެރި ހައްލެއް ގެނެވޭތޯ މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން ސުލްހައަށް މަގުފަހިކުރުމަށް ވާހަކަތައް ދެއްކުމަށް ބާރު އެޅުމަށް އަބްރަމޯވިޗް ވަނީ މަރޗް މަސް ތެރޭގައި ޔޫކްރެއިން، ރަޝިޔާ، ތުރުކީ އަދި އިސްރާއީލަށްވެސް ދަތުރުކޮށްފައެވެ.

ތުރުކީގައި ކުރިޔަށްދިޔަ ވާހަކަތަކުގައި އަބްރަމޯވިޗް ބައިވެރިވާތީ އެކަމާއި ޔޫކްރެއިންގެ ވަފުދުގެ ޑިޕްލޮމެޓަކު ހިތްހަމަނުޖެހި ޝުއޫރުފާޅުކުރިކަމަށް ރޮއިޓަރސް އިން ބުނެއެވެ. އެކަމާއި ގުޅިގެން ރަޝިޔާއިން ބުނެފައިވަނީ އަބްރަމޯވިޗް ވާހަކަތަކުގައި ބައިވެރިވަނީ ރަސްމީ ހައިސިއްޔަތުން ނޫންކަމަށާއި އަބްރަމޯވިޗް ވާހަކަތައް ކުރިޔަށްދާ ތަނުގައި އިނުމަށް ޔޫކްރެއިނުން ރަސްމީކޮށް ހުއްދަ ދީފައިވާކަމަށެވެ.

އަނެއްކޮޅުން މިމަހު ކިޔެވްގައި ކުރިޔަށްދިޔަ ބައްދަލުވުމަށްފަހު އަބްރަމޯވިޗް އާއި ޔޫކްރެއިން އިން ވާހަކަތަކުގައި ބައިވެރިވި މީހުންގެ ހަށިގަނޑުން ވިހައިގެ އަސަރުކޮށްފައި ހުރުމުން ފެންނަފަދަ އަލާމާތްތައް ފެނިފައިވާކަމަށް ވޯލް ސްޓްރީޓް ޖަރނަލްއިން ވަނީ ރިޕޯޓްކޮށްފައެވެ. އެކަމާއި ގުޅޭގޮތުން އަބްރަމޯވިޗްގެ ސްޕޯކްސްމަން އެއްޗެއް ނުބުނާކަމަށާއި އެފަދަ ކަމެއްގެ ނިޝާނެއް އަބްރަމޯވިޗްގެ ފުށުން ނުފެންނަކަމަށް ރޮއިޓަރސް އިން ބުނެއެވެ.

ކްރެމްލިންގެ ސްޕޯކްސްމަން ޑިމިޓްރީ ޕެސްކޮވް ވަނީ އެޚަބަރު ދޮގުކުރައްވާ އެއީ މައުލޫމާތު ބަދަލުކުރުމުގެ ހަނގުރާމައިގެ ތެރެއިން އުފަންކުރުވައިގެން އުޅޭ ވާހަކައެއްކަމަށް ވިދާޅުވެފައެވެ.

އިނގިރޭސިވިލާތަށް ޔޫކްރެއިނުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާދިމް ޕްރިސްޓެއިކޯ ވިދާޅުވީ ވާހަކަތަކުގައި އަބްރަމޯވިޗް އަދާކުރާ ދައުރެއް އެނގިވަޑައިނުގަންނަވާކަމަށެވެ. އަދި އެއީ ވާހަކަތަކުގައި ބައިވެރިވާ ޓީމުގައިވެސް ހިމެނޭ މީހެއް ނޫންކަމަށް ސަފީރު ވިދާޅުވިއެވެ.

ކްރެމްލިން އިން މީގެކުރިން ބުނެފައިވަނީ ސުލްހައިގެ ވާހަކަތައް ފެށުމުގެ ކުރީކޮޅު އަބްރަމޯވިޗް އިސްދައުރެއް އަދާކުރި ކަމަށާއި ނަމަވެސް މިހާރު ކުރިޔަށްދާ ވާހަކަތަކަކީ ދެ ފަރާތުން ބައިވެރިވާ ވަފުދުގެ ދެމެދު ކުރިޔަށްދާ ވާހަކަތައްކަމަށެވެ. ޓީވީން ފެންނަ ވީޑިއޯއިން ފެންނަނީ އަބްރަމޯވިޗް ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާންގެ ސްޕޯކްސްމަން އާއި ޖެހިގެން އިން ގޮނޑީގައި އިނދެ ހެޑްފޯނު ރަނގަޅުކުރާ މަންޒަރެވެ. އޭރު ވާހަކަދައްކަވަމުން ގެންދެވީ ތުރުކީގެ ރައީސްއެވެ.

އަބްރަމޯވިޗްގެ ދެ ޔޮޓެއް މިދިޔަ ހަފްތާއިން ފެށިގެން ތުރުކީގެ ރިސޯޓެއް ކައިރީ ވަނީ ބަނދަރުކޮށްފައެވެ. އޭގެ އަގު 1.2 ބިލިއަން ޑޮލަރަށް އަރައެވެ. ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަބްރަމޯވިޗްގެ އިތުރުން ރަޝިޔާގެ އެހެން ބިލިއަނަރުން އަންނަނީ ތުރުކީގައި އިންވެސްޓްކުރެވޭނެ ގޮތްތައް ބަލަމުންނެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަރަޝިޔާ-ޔޫކްރެއިން ސުލްހައިގެ ވާހަކަތައްރަޝިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު