Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ ޔޫކްރެއިން ހަނގުރާމަ

ކިޔެވް އާއި އުތުރު ސަރަހައްދުތަކަށްދޭ ހަމަލާތައް މަދުކުރުމަށް ރަޝިޔާއިން ވައުދުވެއްޖެ

ހަމަލާބަދަލުކުރުންތައް އެންމެ ބޮޑަށް ހިނގަމުންދާ ސަރަހައްދުތައްކަމުގައިވާ މަރިޕޯލް އާއި ޚާރްކީވް އާއި ސުމީ އާއި ޚާރްސަން އަދި މިކޮލައިވް އަށް ދޭ ހަމަލާތައް މަދުކުރާނެކަމަށް ހާމަކޮށްފައެއްނުވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 30 މާރިޗު 2022 | ބުދަ 00:57
ރަޝިޔާ އާއި ޔޫކްރެއިން އާއި ދެމެދު ކުރިޔަށްދިޔަ ސުލްހައިގެ ވާހަކަތައް

ރަޝިޔާ އާއި ޔޫކްރެއިން އާއި ދެމެދު ކުރިޔަށްދިޔަ ސުލްހައިގެ ވާހަކަތައް

ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކިޔެވް އާއި އުތުރުގެ ސަރަހައްދުތަކުގައި ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަން މިހާރަށްވުރެ މަދުކުރުމަށް ވައުދުވެއްޖެއެވެ.

ތުރުކީގެ އިސްތަންބޫލްގައި ކުރިޔަށްގެންދިޔަ ރަޝިޔާ އާއި ޔޫކްރެއިންގެ ސުލްހައިގެ ވާހަކަތަކުގައި ރަޝިޔާއިން މިކަމަށް ވައުދުވުއިރު މިއީ މިހާތަނަށް މިމައްސަލައަށް ހައްލެއް ލިބިދާނެކަމުގެ ރަނގަޅު އިޝާރާތެއް ލިބުނު ފުރަތަމަ ފަހަރެވެ. މިބައްދަލުވުމުގައި ޔޫކްރެއިންގެ ފަރާތުންވެސް ކަންތައްތަކެއް ހުށަހަޅާފައިވެއެވެ.

މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ ހަނގުރާމައިގައި ޔޫކްރެއިންގެ ފަރާތުން ރަޝިޔާއަށް ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު އާންމުން ވަނީ ހަނގުރާމައިގެ މައިދާނުގައި ތާށިވެފައެވެ.

މިހާތަނަށް އައިއިރު އެތައް ހާސް ބަޔަކު މިހަނގުރާމައިގައި މަރުވެފައިވާއިރު ހަތަރު މިލިއަނާއި ގާތްކުރާ އަދަދެއްގެ ޔޫކްރެއިން މީހުން ރެފިޔުޖީންނަށް ވެފައިވެއެވެ. އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ރަޝިޔާގެ އިގްތިޞާދަށް ވަނީ ބޮޑު ހީނަރުކަމެއް ކުރިމަތިވެފައެވެ.

ސުލްހައިގެ ވާހަކަތަކަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރަޝިޔާގެ ޑެޕިޔުޓީ ޑިފެންސް މިނިސްޓަރު އަލެކްސެންޑަރ ފޯމިން ވިދާޅުވީ ދެފަރާތުގެ މެދުގައި އިތުބާރު އުފެއްދުމަށާއި ކުރިޔަށް އޮތް ތަނުގައި ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންދިޔުމަށް މަގުފަހިކުރުމަށާއި ސޮއިކުރެވޭނެފަދަ އެއްބަސްވުމަކާއި ހަމައަށް ޔޫކްރެއިންގެ ވެރިރަށް ކިޔެވް އާއި ޗަރްނިހިވް އާއި ވީ ސަރަހައްދަށް ދެމުންދާ ހަމަލާތައް މަދުކުރުމަށް ރަޝިޔާއިން ނިންމާފައިވާކަމަށެވެ.

ނަމަވެސް ހަމަލާ ބަދަލުކުރުންތައް އެންމެ ބޮޑަށް ހިނގަމުންދާ ސަރަހައްދުތައްކަމުގައިވާ މަރިޕޯލް އާއި ޚާރްކީވް އާއި ސުމީ އާއި ޚާރްސަން އަދި މިކޮލައިވް އަށް ދޭ ހަމަލާތައް މަދުކުރާނެކަމަށް ފޯމިން ވިދާޅެއް ނުވެއެވެ.

ރަޝިޔާގެ މިނިންމުމާމެދު ހުޅަނގާއި އެމެރިކާއިން ބަލަމުން އަންނަނީ ޝައްކުގެ ނަޒަރުންނެވެ. އެމެރިކާގެ އޮފިޝަލަކު ނަންހާމަ ނުކުރުމަށް އެދިވަޑައިގެން ވިދާޅުވީ ރަޝިޔާގެ މިނިންމުމާއެކު ޔޫކްރެއިންގެ އެހެން ހިސާބުތަކަށް ވަރުގަދަ ހަމަލާތަކެއްދޭނެ ކަމަށް ބެލެވޭކަމަށެވެ.

އަދި މިއީ ކިޔެވް ވަށައިގެންވާ ރަޝިޔާގެ ފައުޖުތައް އަލުން ރުކުރުވާލުމަށް ވަގުތު ހޯދާ އެމީހުންގެ ޕްލޭންތަކަށް ބަދަލު ގެނައުމަށް ކުރާކަމެއްކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެއީ އެމީހުންގެ ފުރަތަމަ ޕްލޭނާއި އެއްގޮތަށް ކަންކަން ނުދާތީ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މީގެއިތުރުން ބައެއް މާހިރުންވެސް ދެކެވަޑައިގަންނަވާ ގޮތުގައި ރަޝިޔާއިން ހަމަލާދިނުން މަދުކުރާނެކަމަށް ވައުދުވި ސަރަހައްދުތަކަކީ އެންމެ ބޮޑަށް ރަޝިޔާ ބަލިވަމުން އަންނަ ސަރަހައްދުތަކެވެ.

ވާހަކަތަކުގައި ޔޫކްރެއިންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި އޮފިޝަލް ވިދާޅުވީ ކިޔެވް އިން ހުށަހެޅި ހުށަހެޅުމަކީ ޔޫކްރެއިން އިން އެއްވެސް އެލައަންސަކާއި ބައިވެރިނުވުން ނުވަތަ ބޭރު ގައުމުތަކުގެ އަސްކަރީ ފައުޖުތައް ޔޫކްރެއިންގެ ފަސްގަނޑުގައި ނުބޭތިއްބުމެވެ. ނަމަވެސް ނޭޓޯގެ އަރޓިކަލް 5 ގައި ބުނެފައިވާ ގޮތާއި އެއްފަދަ ގޮތަކަށް ސަލާމަތީ ގޮތުން ޔޫކްރެއިނަށް ޔަގީންކަން ބޭނުންވާނެއެވެ. ނޭޓޯގެ އަރޓިކަލް 5 ގައި ބުނެފައިވަނީ ނޭޓޯގެ މެމްބަރު ގައުމުތަކުގެ ތެރެއިން ގައުމަކަށް ބަޔަކު ހަމަލާދީފިނަމަ އެކަމާއި ދެކޮޅަށް ހުރިހާ މެމްބަރު ގައުމުތަކުން ތެދުވާން ޖެހޭނެއެވެ. އެއީ މުޅި ނޭޓޯއަށް ދެވުނު ހަމަލާއެއްގެ ގޮތުގައި އެހިސާބުން ބެލެވިގެންދާނެއެވެ.

ޔޫކްރެއިނުން ހުށަހަޅާފައިވަނީ އިސްރާއީލް، ނޭޓޯގެ މެމްބަރު ގައުމުތަކުގެ ތެރެއިން ކެނެޑާ، ޕޮލެންޑް އަދި ތުރުކީ ފަދަ ގައުމުތަކަށް ސަލާމަތީ ޔަގީންކަންދޭ ގައުމުތަކުގެ ތެރޭގައި ހިމެނުމަށެވެ. މީގެއިތުރުން ރަޝިޔާ އާއި އެމެރިކާ، އިނގިރޭސިވިލާތް އަދި ޖަރުމަނާއި އިޓަލީ އަށްވެސް މިކަމުގައި ބައިވެރިވެވިދާނެއެވެ.

ޔޫކްރެއިނުން ހުށަހެޅި ހުށަހެޅުމުގައި ރެފްރެންޑްރަމް ނުވަތަ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭނުންވާ ކަންކަމަކީ ކްރައިމިއާ އާއި ޑޮންބާސް ސަރަހައްދެވެ. މިދެ ސަރަހައްދާއި ގުޅޭގޮތުން ދެގައުމުގެ ލީޑަރުން މަޝްވަރާކުރާނެއެވެ.

ރަޝިޔާގެ ފަރާތުން އެންމެ އިސްކޮށް މިވާހަކަތަކުގައި ބައިވެރިވެވަޑައިގަންނަވާ ވްލަޑްމިއަރ މެޑިންސްކީ ވިދާޅުވީ ޔޫކްރެއިންގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ޔޫކްރެއިން އީޔޫގެ ގައުމަކަށް ވުމާމެދު ރަޝިޔާ ދެކޮޅު ނުހެދުން ހިމަނާފައިވާކަމަށެވެ. ރަޝިޔާއިން ވަނީ މީގެކުރިން ޔޫކްރެއިން އީޔޫ އަދި ނޭޓޯގެ މެމްބަރު ގައުމަކަށްވުމާއި ދެކޮޅު ހަދާފައެވެ.

މެޑިންސްކީ ވިދާޅުވީ ރަޝިޔާގެ ވަފުދުން ޔޫކްރެއިންގެ މިހުށަހެޅުން ދިރާސާކުރުމަށްފަހު ޕުޓިންއަށް އަރުވާނެކަމަށެވެ. މިކަމުގައި އެއްބަސްވުމަކާއި ހަމައަށް އައުމަށް އަދި ވަރަށް ދުވަސް އެބައޮތްކަމަށް މެޑިންސްކީ ވިދާޅުވިއެވެ.

ޔޫކްރެއިންގެ ފަރާތުން ބައިވެރިވި ވަފުދު ވަނީ ރަޝިޔާގެ ރައީސް ޕުޓިން އާއި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ އާއި ދެބޭފުޅުންގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ހުށަހަޅާފައެވެ. މެޑިންސްކީ ވިދާޅުވީ ލީޑަރުންގެ ބައްދަލުވުން ކުރިޔަށްދާނީ ދެ ގައުމުގެ ފޮރިން މިނިސްޓަރުންނަށް ފުރަތަމަ އެއްބަސްވުމަކާއި ހަމައަށް އާދެވުމަށްފަހު ކަމަށެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަރަޝިޔާ-ޔޫކްރެއިން ސުލްހައިގެ ވާހަކަތައްޔޫރަޕްނޭޓޯރަޝިއާޔުކްރެއިން

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު