Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުންގެ ޚިދުމަތަށް 89 އަހަރު

ދިވެހި ފުލުހުންގެ ޚިދުމަތަށް 89 އަހަރު

ފުލުހުންގެ މައި އިދާރާ ކުރިމަތީގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބޭއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 29 މާރިޗު 2022 | އަންގާރަ 09:24
ދިވެހި ފުލުހުންގެ ހިދުމަތަށް 89 އަހަރު ފުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދިވެހި ފުލުހުންގެ ހިދުމަތަށް 89 އަހަރު ފުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދިވެހި ފުލުހުންގެ ހިދުމަތަށް 89 އަހަރު ފުރުމުގެ ރަސްމިއްޔާތު ބާއްވަފިއެވެ.

މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ ޝެއިޙް އިމްރާން އަބްދުﷲ ބައިވެރިވެ ވަޑައިގަންނަވާފައިވެއެވެ. ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފުލުހުންގެ މައި އިދާރާ ކުރިމަތީގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައިވަނީ ހޯމަ ދުވަހުގެ ރޭ 00:00 ގައެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، ކޮވިޑްގެ ބަލިމަޑު ކަމަށްފަހު ކުރީގައި އޮންނަ އުސޫލުން ދިދަ ނެގުމުގެ ރަސްމިއްޔާތު ކަމާއެކު ބޭއްވިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ހިދުމަތުގައި ދެމިތިއްބެވި އަދި ފުލުހުންގެ މުއައްސަސާއަށް ހިދުމަތްކޮށްދެއްވި ހުރިހާ ބޭފުޅުންނާއި އެބޭފުޅުންގެ އާއިލާތަކަށް ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ.  

ދިވެހި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ފެށިގެން ދިޔައީ 1933 މާރިޗު 29 ވަނަ ދުވަހު، ރާއްޖޭގެ ކީރިތި މަހާރަދުން، އައްސުލްތާން މުޙައްމަދު ޝަމްސުއްދީން ތިނެއް، ''ފުލުހު މީހުންގެ ގާނޫނު'' ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ. މި ގާނޫނަކީ 1932 ޑިސެންބަރު 22 ވަނަ ދުވަހު ދިވެހިންނަށް ލިބުނު ފުރަތަމަ ގާނޫނު އަސާސީ އެވެ.

ދިވެހިންގެ ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދޭ ގޮތުގައި މި ގާނޫނު އަސާސީގެ ދަށުން އެންމެ ފުރަތަމަ އުފެދުނު ފުލުހުންގެ ފައުޖުގައި ހިމެނެނީ  120 ފުލުހުންނެވެ. މި ފައުޖު ބެހިފައިތިބީ މާލޭގެ ހަތަރު އަވަށުގެ މައްޗަށެވެ. އެއީ މާފަންނު، މައްޗަންގޮޅި އަދި ހެންވޭރު، މިއިން ކޮންމެ އަވަށަކަށް 32 މީހުންނެވެ. ގަލޮޅަށް 24 މީހުންނެވެ.

އޭގެ އިތުރުން، 1992 ވަނަ އަހަރު ފުލުހުންގެ ޚިދުމަތް ވީހާގާތުން އަވަހަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ފުލުހުންގެ ޚިދުމަތް މުޅިރާއްޖެއަށް ފުޅާކޮށް، ދެވޭ ޚިދުމަތުގެ ފެންވަރުމަތިކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދިޔަކަމަށް ފުލުހުން ބުނެއެވެ. އެގޮތުން، 1993 އޮކްޓޫބަރު 06 ވަނަ ދުވަހު ސ. ގަމުގައި ފުލުހުންގެ ޚިދުމަތްދޭން ފެށުނެވެ. މިއީ، މާލެއިން ބޭރުގައި ސިފައިން ގާއިމުވެ ތިބެގެން ފުލުހުންގެ ޚިދުމަތް ދިނުމުގެ ފެށުމުގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ސިފަ ކޮށްފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަށް 89 އަހަރު ވެފައިވާއިރު، ދާދި ފަހުން ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އައު ގާނޫނަށް އަމަލުކުރަންވެސް ފަށާފައެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ފުލުހުންގެ ޤާނޫނުގެ ދަށުން ގާއިމުކުރެވިފައިވާ "މޯލްޑިވްސް ޕޮލިސް ސަރވިސް"، މި ޤާނޫނުގެ ދަށުން އުފައްދާ "ދިވެހި ފުލުހުންގެ ޚިދުމަތް" އަށް ބަދަލުވާނެއެވެ. ނަމަވެސް "ދިވެހި ފުލުހުންގެ ޚިދުމަތް" އަށް އިނގިރޭސި ބަހުން ބޭނުންކުރާނެ ނަމަކީ "މޯލްޑިވްސް ޕޮލިސް ސަރވިސް" ކަމުގައި މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްޕޮލިސްހައުސިންގ މިނިސްޓްރީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު