Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިއީޑީއެއް ގޮއްވާލަން އުޅުން

އައިއީޑީ ގޮއްވާލަން އުޅުނު މައްސަލަ: އިންޓެލް ރިޕޯޓު ކޯޓުގައި ބެލިޔަސް، ދިފާއަށް ދޫކުރިޔަސް ފުލުހުންގެ އުކުޅުތައް އެނގޭނެ

29 މާރިޗު 2022 | އަންގާރަ 05:08

މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަނީ ގާޒީ އަލީ ނަދީމް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 މާރިޗު 2022 | އަންގާރަ 05:08
ކްރިމިނަލް ކޯޓް- މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަނީ ގާޒީ އަލީ ނަދީމް

ކްރިމިނަލް ކޯޓް- މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަނީ ގާޒީ އަލީ ނަދީމް

2017 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައި މާލޭގައި އައިއީޑީއެއް ގޮއްވަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލި މީހުންނަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އައިއީޑީއެއް ތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި ކެމިކަލް، ތަނެއްގެ ތެރޭގައި ތައްޔާރުކޮށް އައިއީޑީއެއް ހަދާ އެ ގޮއްވާލުމަށް ރާވަމުންދާކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވަނީ 4 މީހެއްގެ މައްޗަށެވެ. އެއީ އިއުތިސާމް މުޙައްމަދު ސައީދާއި، މުޙައްމަދު ތަސްލީމާއި، ނާސިއު މުޙައްމަދުގެ އިތުރުން، ޝިމާން ޝަރީފެވެ. އެ 4 މީހުންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާއެވެ.

Advertisement - newsAdvertisement

މި އަޑުއެހުމުގައި އިއުތިސާމްގެ ފަރާތުން ވަނީ އޭނާގެ ބަލި ޙާލަތު ހުރި ގޮތުން، އޭނާގެ އަޑުއެހުންތައް ފަސްކޮށްދިނުމަށް އެދިފައެވެ. އޭނާގެ ބަލި ޙާލަތާއި ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ހިއްސާ ކޮށްފައިވާއިރު، އޭގެ ތެރޭގައި އޭނާއަށް ދިމާވާ ނަފްސާނީ މައްސަލަތަކާއި، ދައުލަތުން އޭނާގެ ބޭސްފަރުވާއަށް އިހުމާލުވާކަން ބަޔާންކޮށް ހުށައެޅި ވާހަކަތައް ހިމެނެއެވެ. އެކަމާ ގުޅިގެން ގާޒީ ވަނީ ބަންދު މުރާޖައާ ކުރުމަށް އޭނާ އެދޭނަމަ އެކަމާ ގުޅޭ ލިޔެކިޔުންތައް ކޯޓަށް ހުށައެޅުމަށް ދަންނަވާފައެވެ.

ގާޒީ ވިދާޅުވީ، އޭނާގެ ނަފްސާނީ ޙާލަތަށް ބަލައި މައްސަލަ ލަސް ކުރެވޭނީވެސް އެކަމާއި ގުޅޭ ލިޔެކިޔުންތައް ހުށައެޅުމުން އެއަށް ބެލުމަށްފަހު ކަމަށެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

މި މައްސަލައިގައި އަންގާރަ ދުވަހު އޮތް އަޑުއެހުމަކީ ދައުލަތުން ހުށައަޅާފައިވާ ހެކި ރައްކާތެރި ކުރުމުގެ އަމުރާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ. އޭގެ ތެރެއިން ބައެއް ހެކިތައް އެއްކޮށް ސިއްރު ކުރުމާއި، ވަކި މިންވަރަކަށް ހާމަކުރުމަށް ދައުލަތުން އެދެއެވެ. ސިއްރު ކުރަން އެދިފައިވަނީ ސިއްރު ހެކިންނަކީ ކޮން ބައެއްކަން އެނގޭފަދަ ހެކިތަކެވެ. އެއީ ސިއްރު ހެކި 1 ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާނެވެ.

ވަކި މިންވަރަކަށް ހާމަކުރުމަށް އެދޭ ލިޔުންތަކުގެ ތެރޭގައި އައިއީޑީ ތައްޔާރު ކުރުމާއި ގުޅޭގޮތުން އެމްއެންޑީއެފުން ހުށައަޅާފައިވާ ރިޕޯޓުތަކާއި، އިންޓެލިޖެންސް ރިޕޯޓު ހިމެނެއެވެ.

މި މައްސަލައިގައި ގާޒީ އަލީ ނަދީމް ނިންމެވީ ސިއްރު ހެކި 1 ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާން ސިއްރު ކުރުމަށެވެ. އެގޮތުން އާންމު އުސޫލުން ސިއްރު ހެކިންނަކީ ކޮން ބައެއްކަން އެނގޭނެ މައުލޫމާތު ސިއްރު ކުރުމަށްފަހު ދިފާއަށް ދޫކުރި ނަމަވެސް، މި ބަޔާނަށް ބަލާއިރު، އެފަދަ މައުލޫމާތުތައް ސިއްރު ކުރުމުންވެސް އެ ސިއްރު ހެކިން ދެނެގަތުމުގެ ފުރުސަތު އޮތްކަމަށް ދެކިވަޑައިގަންނަވާކަމަށް ގާޒީ ވިދާޅުވިއެވެ.

އޭގެ އިތުރުން، ދައުލަތުން އެދިފައިވާ ގޮތަށް އައިއީޑީ ތައްޔާރު ކުރުމާއި ގުޅޭގޮތުން އެމްއެންޑީއެފުން ހުށައަޅާފައިވާ ރިޕޯޓުވެސް ޝަރީއަތަށް ހާޒިރުވެ، ވަކި މިންވަރަކަށް ހާމަކުރުމުގެ އަމުރެއް ގާޒީ ވަނީ ނެރުއްވާފައެވެ.

އަދި، ފުލުހުންގެ އުކުޅުތައް އެނގޭނެކަމަށް ބަޔާންކޮށް އިންޓެލިޖެންސް ރިޕޯޓު ސިއްރު ކުރުމަށް ދައުލަތުން އެދުނު ނަމަވެސް، ދައުލަތުން އެދިފައިވާ ގޮތަށް ޝަރީއަތަށް ހާޒިރުވެ ރިޕޯޓު ބެލޭނަމަ ހަމަ އެ އުކުޅުތައް އެނގިގެން ދާނެ ނޫންތޯ ގާޒީ ވިދާޅުވިއެވެ.

އިންޓެލް ރިޕޯޓު ކޯޓުގައި ބެލިޔަސް، ދިފާއަށް ދޫކުރިޔަސް ފުލުހުންގެ އުކުޅުތައް އެނގޭއިރު، ދައުލަތުގެ ހުށައެޅުމުގެ މަޤްސަދު ވަކި ޙާސިލެއް ނުވާނެކަމަށްވެސް ގާޒީ ވިދާޅުވިއެވެ. ވުމާއެކު އެ ހުށައެޅުން ދައުލަތުން އެދުނު ގޮތަށް ނިންމައެއް ނުދެއްވިއެވެ. ގާޒީ ވަނީ އެ ސަބަބަށް ރިއާޔަތް ކުރައްވައި އިންޓެލިޖެންސް ރިޕޯޓު ދިފާއަށް ހާމަކުރެއްވުމަށް ނިންމަވާފައެވެ.

ދެން މި މައްސަލައިގައި އޮންނާނީ ދައުވާ ސާފުކޮށް ޖަވާބުދާރީވުމާއި، ދިފާއުން ހެކި ހާމަކުރުމެވެ. އެއަށްފަހު ދެން އޮންނާނީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެތޯ ކަނޑައެޅުމުގެ ބައެވެ.

ކްރިމިނަލް ކޯޓްޓެރަރިޒަމް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި

06 ޑިސެމްބަރު 2025
ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް