Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް އައްޑޫއަށް ކުރައްވާ ދަތުރުފުޅު

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫ ސިޓީ ހުޅުމީދޫ އަށް ވަޑައިގެންފި

މި ދަތުރުފުޅުގެ ތެރެއިން މީދޫ ބަނދަރު ހުޅުވައިދެއްވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 މާރިޗު 2022 | ހޯމަ 05:57
ރައީސް ސޯލިހު ހުޅުމީދޫ އަށް ވަޑައިގަތުން

ރައީސް ސޯލިހު ހުޅުމީދޫ އަށް ވަޑައިގަތުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް, އައްޑޫ ސިޓީގެ ހުޅުމީދޫ އަށް ވަޑައިގެންފިއެވެ.

އެމަނިކުފާނާއި، އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ގެ އިތުރުން އަރިހުގައި ވަޑައިގެންނެވި ފަރާތްތަކަށް އެ 2 އަވަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.މަރުހަބާ ދެންނެވުމުގައި އިސްކޮން ތިއްބެވީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި، ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނެވެ. އަދި ގިނަ އަދަދެއްގެ އާންމުންވެސް މަރުހަބާދެންނެވުމަށް ނިކުމެފައި ވެއެވެ.

އައްޑޫ ސިޓީއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެމަނިކުފާނު ހުޅުދޫ މީދޫ އަށް ވަޑައިގެން، އެ ދެ އަވަށުގެ އެކި ތަންތަނަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މާލެއިން ބޭރުގައި ފުރަތަމަ ފަހަރަށް ގާއިމްކުރި ޑިޓޮކްސް ސެންޓަރު ބައްލަވާ ލައްވާ، ހުޅުދޫ ބަނދަރުގެ މަސައްކަތް ބައްލަވާ ލައްވާނެއެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން، މީދޫ ބަނދަރު ރަސްމީކޮށް އެމަނިކުފާނު ހުޅުވައިދެއްވާނެއެވެ.

މީދޫ ބަނދަރުގެ މަސައްކަތުގެ ތެރެއިން އެ ބަނދަރުގެ ބޭރު ތޮށި މަރާމާތުކޮށްފައިވެއެވެ. މި މަސައްކަތް ކުރިއަށް ގެންދިޔައީ އެމްޓީސީސީ އާއި ހަވާލުކޮށްގެންނެވެ. ބައެއްބަދަލުތައް ހިމަނައިގެން މި މަސައްކަތަށް ސަރުކާރުން ވަނީ 36.5 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

މީދޫ ދާއިރާގެ މެންބަރުކަމަށް ރޮޒައިނާ ވަޑައިގެން ރައްޔިތުންގެ އެދުމުގެ މަތިން ސަރުކާރާއި މަޝްވަރާތަކެއް ކޮށް ބަނދަރުގެ މަސައްކަތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ. އޭގެ ތެރޭގައި ބަނދަރު އިތުރަށް ބޮޑުކޮށް، ޒަމާނީ އަދި ފަސޭހަ ބަނދަރެއް މިހާރު ވަނީ ހަދާ ނިންމާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުހުޅުމީދޫރޮޒައިނާ އާދަމް

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް ހެދުމަށް ސަރުކާރާއި މަޖިލީހަށް އެމްޑީޕީ އިން ގޮވާލައިފި

25 ނޮވެމްބަރު 2025
އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް ހެދުމަށް ސަރުކާރާއި މަޖިލީހަށް އެމްޑީޕީ އިން ގޮވާލައިފި
23 ސެޕްޓެމްބަރު 2025

"ލޫޓުވައިފި ލޫޓުވައިފި" ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުން "އަންހެނުންގެ އަޑު" ހަރަކާތް މާލޭގައި ކުރިއަށް ގެންގޮސްފި

23 ސެޕްޓެމްބަރު 2025
"ލޫޓުވައިފި ލޫޓުވައިފި" ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުން "އަންހެނުންގެ އަޑު" ހަރަކާތް މާލޭގައި ކުރިއަށް ގެންގޮސްފި
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
17 ސެޕްޓެމްބަރު 2025

މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި

17 ސެޕްޓެމްބަރު 2025
މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި
04 ފެބުރުއަރީ 2025

ޕާޓީތަކުގެ އިސް މަޤާމުތަކަށް މީހުން އައްޔަންކުރުމުގައި މިންތީގެ ހަމަހަކަން ގެނައުން މުހިންމު - ރޮޒައިނާ

04 ފެބުރުއަރީ 2025
ޕާޓީތަކުގެ އިސް މަޤާމުތަކަށް މީހުން އައްޔަންކުރުމުގައި މިންތީގެ ހަމަހަކަން ގެނައުން މުހިންމު - ރޮޒައިނާ
11 ޑިސެމްބަރު 2024

ޤާނޫނުއަސާސީއަށް އިސްލާހުގެންނަން ދިން ވޯޓުގެ ނަތީޖާ ފެންނަ އިރު އެ މެމްބަރުން ހިތާމަކުރާނެ - ރޮޒައިނާ

11 ޑިސެމްބަރު 2024
ޤާނޫނުއަސާސީއަށް އިސްލާހުގެންނަން ދިން ވޯޓުގެ ނަތީޖާ ފެންނަ އިރު އެ މެމްބަރުން ހިތާމަކުރާނެ - ރޮޒައިނާ
06 މެއި 2024

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

06 މެއި 2024
މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
22 އެޕްރީލު 2024

93 ގޮނޑީގެ ތެރެއިން އެންމެ 3 ގޮނޑި އަންހެނުންނަށް ލިބުން ލަދުވެތި، ކޯޓާ ސިސްޓަމްގެ ބޭނުން ބޮޑު - ރޮޒައިނާ

22 އެޕްރީލު 2024
93 ގޮނޑީގެ ތެރެއިން އެންމެ 3 ގޮނޑި އަންހެނުންނަށް ލިބުން ލަދުވެތި، ކޯޓާ ސިސްޓަމްގެ ބޭނުން ބޮޑު - ރޮޒައިނާ
15 ޖެނުއަރީ 2024

ދިރާސީ އަހަރު ބަދަލުކުރުމަށް އިއުލާން ކުރީ ރަނގަޅަށް ތައްޔާރު ނުވެ - ރޮޒައިނާ

15 ޖެނުއަރީ 2024
ދިރާސީ އަހަރު ބަދަލުކުރުމަށް އިއުލާން ކުރީ ރަނގަޅަށް ތައްޔާރު ނުވެ - ރޮޒައިނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު