Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮނާލްޑޯއަށް މާލީ ގޮތުން ކުރިމަތިވާ ގެއްލުން

ޔުނައިޓެޑްގެ ނާކާމިޔާބީ، ރޮނާލްޑޯއަށް ބޮޑު ގެއްލުމެއް!

27 މާރިޗު 2022 | އާދީއްތަ 11:25

އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިއަކަށް ކްލަބުންދޭ ބޯނަސް ރޮނާލްޑޯއަށް ލިބުން ވަރަށް ގާތް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 27 މާރިޗު 2022 | އާދީއްތަ 11:25
ޔުނައިޓެޑުގެ ހަތް ނަންބަރު ޖާޒީއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ

ޔުނައިޓެޑުގެ ހަތް ނަންބަރު ޖާޒީއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ

އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑުން ޓްރޮފީއެއް ނުލިބި ފަސްވަނަ ސީޒަން ނިންމާލައިފި ނަމަ އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭނެއެވެ.

މި ސީޒަންގައި ޔުނައިޓެޑަށް އެއްވެސް ޓްރޮފީއެއް ނުލިބިއްޖެ ނަމަ ބޯނަސްގެ ގޮތުގައި ރޮނާލްޑޯއަށް ލިބެން އޮތް ހަ މިލިއަން ޔޫރޯ އޭނާއަށް ގެއްލޭނެއެވެ. ޔުވެންޓަސް ދޫކޮށް ރޮނާލްޑޮ އެނބުރި ޔުނައިޓެޑާއި ގުޅުނީ ޔުވެންޓަސްއިން ލިބުނު ބޮޑު މުސާރައިގެ ދެބައިއުކުޅަ އެއްބައި ވަރުގެ ކުޑަ މުސާރައަކަށެވެ. އެހެންކަމުން އޭނާއަށް މި ބޯނަސް ގެއްލުމަކީ މާލީ ގޮތުން ލިބޭނެ ގެއްލުމަކަށް ވާނެއެވެ.

ރޯނާލްޑޯއަށް މި ބޯނަސް ގެއްލެނީ ހަމައެކަނި މުބާރާތްތައް ކާމިޔާބު ނުކުރެވިގެން ނޫނެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޓީމު ގެންގޮސްގެން، ބޯނަސްގެ ގޮތުގައި ތިން މިލިއަން ޔޫރޯ އޭނާއަށް ލިބެން އޮތެވެ. ނަމަވެސް އޭނާއަށް އެކަން ވަނީ ނާކާމިޔާބު ވެފައެވެ.

ޔުނައިޓެޑަށް އެންމެ ފަހުން އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބުކުރެވުނީ 2012 ވަނަ އަހަރުއެވެ. ޔުނައިޓެޑުން މި ސީޒަންގެ ޕްރިމިއަރ ލީގު ކާމިޔާބުކޮށްފި ނަމަ ރޮނާލްޑޯއަށް ދެމިލިއަން ޔޫރޯގެ ބޯނަސްއެއް ދިނުމަށް އޭނާގެ ކޮންޓްރެކްޓްގައި ހިމަނާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ލީގުގެ ގަދަ ހަތަރެއްގައި ހިމެނިގެންވެސް ބޯނަސް ހޯދުމުގެ ފުރުސަތު ރޮނާލްޑޯއަށް އެބައޮތެވެ. ނަމަވެސް ހަތަރު ވަނައިގައި އޮތް އާސެނަލްއަށްވުރެ އެއް މެޗު ގިނައިން ކުޅެ، ހަތަރު ޕޮއިންޓުގެ ފަރަގަކާއެކު މިވަގުތު ޔުނައިޓެޑް އޮތީ ޕްރިމިއަރ ލީގު ތާވަލުގެ ހަވަނައިގައެވެ.

މި ހުރިހާ ކަމަކާއެކުވެސް ރޮނާލްޑޯއަށް ގާތްގަނޑަކަށް ޔަގީން އެއް ބޯނަސް އެބައޮތެވެ. އެއީ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިއަކަށް ކްލަބުންދޭ ބޯނަސްއެވެ. މި ރޭހުގެ އެއްވަނައިގައި 18 ލަނޑު ޖަހައިގެން އޮތީ ރޮނާލްޑޯއެވެ. އޭނާ އާއި ވާދަކުރާ ބްރޫނޯ ފެނާންޑޭޒް ދެވަނައިގައި އޮތީ ނުވަ ލަނޑުގެ ތަފާތަކާއެކުއެވެ.

މެންޗެސްޓަރ ޔުނައިޓެޑްކްރިސްޓިއާނޯ ރޮނާލްޑޯ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
14 ނޮވެމްބަރު 2025

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ
21 އޮކްޓޯބަރު 2025

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
18 އޮކްޓޯބަރު 2025

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް
12 އޮކްޓޯބަރު 2025

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

12 އޮކްޓޯބަރު 2025
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ
09 އޮކްޓޯބަރު 2025

އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް

09 އޮކްޓޯބަރު 2025
އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް
08 އޮކްޓޯބަރު 2025

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ
28 ސެޕްޓެމްބަރު 2025

ބްރެންޓްފޯޑް އަތުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ދަށަށް

28 ސެޕްޓެމްބަރު 2025
ބްރެންޓްފޯޑް އަތުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ދަށަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް