Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސް ޔާމީން

ޔާމީނު ޔާމީނަށް ފާޑުވިދާޅުވުން: ހެއްވާ ކަމެއް

ސިޔާސީ ވެރިން ތިބެން ޖެހުނީ ޖަލުގައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 27 މާރިޗު 2022 | އާދީއްތަ 13:37
އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން

އަދި މާގިނަ ދުވަހެއް ނުވެއެވެ. އިއްޔެވީ ކަމެއްހެން ވަރަށް ސާފުކޮށް މީހުންގެ ހަނދާނުގައި އެބަހުއްޓެވެ. ނުވިތާކަށް މިއީ އެޒަމާނެއްވެސް ނޫންމެއެވެ. ދެއްކުނިއްޔާ ދެއްކުނު ވާހަކައަކާއި ކުރެވުނިއްޔާ ކުރެވުނުކަމެއް އެހުންނަނީ ހާމައަށް ފެންނާށެވެ. މީހަކު ގާތު އަހައިގެން ތޯތޯ ވާހަކައަކަށް ހީއަކަށް ބަލާކަށް ނުޖެހެއެވެ. އެއަށްވުރެ ޓެކްނޯލޮޖީގެ ގޮތުން ކުރިއަރައި އޯޑިއޯއާއި ވީޑިއޯ އަދި ފޮޓޯތަކާއި ސޯޝަލް މީޑިއާގައި ދައުރުވީހާ އެއްޗެއް އެހުންނަނީ ރައްކާކުރެވި އާކައިވް ކުރެވިފައެވެ.

މިފަހުގެ ތާރީޚެއްގައި އިންތިޚާބެއްގެ އެއް ބުރުން ބޮޑު ތަފާތަކުން ބަލިކޮށް ކުރީގެ ރައީސް ޔާމީންގެ ވެރިންކަން ބަދަލުކުރީ ބޮޑު ބައްޔަކުންނެވެ. ޔާމީނާ ދެކޮޅަށް ވޯޓުލީކީ ހަމައެކަނި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރުން އެކަންޏެއް ނޫނެވެ. އަދި އެކޯލިޝަންގައި ހިމެނޭ އަނެއް ޕާޓީތަކުގެ ދަފްތަރުގައިވެސް ހިމެނޭ މީހުން އެކަންޏެއްވެސް ނުމެ ނޫންމެއެވެ. ރައީސް ޔާމީންގެ ވެރިކަން ނިންމަން ވޯޓުދިން ގިނަ މީހުންނަކީ އެއިން އެއްވެސް ޕާޓީއަކަށް ސޮއި އަޅާފައި ނުވާ އާއްމު މީހުންނެވެ.

އެކަން އެހެން ކުރުމުގައި ވަރަށް ގިނަ ސަބަބުތަކެއް ހުއްޓެވެ. އެކަމަކުވެސް އެއިން މައިގަނޑު އެއްސަބަބަކީ ރައީސް ޔާމީންގެ އަނިޔާވެރިކަމެވެ. އޭރު ގިނަބައެއްގެ އަމިއްލަ މޮޓޯއަކަށް ވެފައި އޮތީ "އަނިޔާވެރިކަން ނިންމުމެވެ".

މިހެން ބުނީމާ އެއީ ކޮން އަނިޔާވެރިކަމެއްހޭ ބަޔަކު މީހުން އަހާފާނެއެވެ. އޭގެ ޖަވާބުވެސް ވަރަށް ސާފެވެ. މިފަހަރުވެސް ހަމަ އެންމެ މިސާލެކެވެ. ރައީސް ޔާމީން އަމިއްލަފުޅަށް އެދެއްވާ ޖަވާބު ނުވަތަ ދައްކަވާ ވާހަކައެވެ. ބައެއް މިސާލު ދަންނަވާލިއްޔާ ނުހަނު ފަސޭހަވާނެއެވެ.

"އެއްވާން ބޭނުމިއްޔާ ކަލޭމެން ހައްޖަށް ދާންވީނުން"، "ހައްޔަރުކުރީ ފަތިސްނަމާދަށް ސަޖިދައިގާ އޮއްވާތަ"، މިއީ ރައީސް ޔާމީން މިއަދު އެވިދާޅުވާ އެމަނިކުފާނުގެ ފަސްއަހަރުގައި މުޒާހަރާކުރުން މަނާ ނޫންކަމަށް ވިދާޅުވެ، އެފަސްއަހަރުގައި އެމަނިކުފާނުގެ ބަސްމަގު ހުރި ގޮތެވެ. މުޒާހަރާ ކުރުމާއި އަޑުއުފުލުން އެމަނިކުފާނުގެ ސަރުކާރުގައި އެމަނިކުފާނު ބޭއްވި އިމެވެ. މުޒާހަރާ ކޮށްފިއްޔާ ދެންވާނެ ގޮތް ހާމަކޮށް އެމަނިކުފާނު ވިދާޅުވިބަސްފުޅުތަކެވެ.

އެއީ ހަޤީގަތްކަން ހާމަކުރާކަށްވެސް މާގިނަ ހާސަރުތަކެއް ދަމާކަށް ނުޖެހެވެ. މުޒާހަރާ ކީއްކުރަން ހެއްޔެވެ. ރަސްމީ ޖަލްސާގަނޑެއް ބާއްވާލާނެ ތަނެއްވެސް އޭރަކު ނުލިބެއެވެ. ދަރުބާރުގެ އޮތީ ކެމްޕެއިން ޖަގަހައަކަށް މުޅި ދައުރަށް ނަގާފައެވެ. ސަރުކާރުގެ ދެންހުރިއްޔާ ދެންހުރި ބިންތައްވެސް ހުރީ ޕީޕީއެމްގެ ކެމްޕެއިން ޖަގަހަތަކުގެ ގޮތުގައެވެ. މާލެ ނަގާފައި އެންމެ ބޮޑު ހުޅުމާލޭގެ ކެމްޕެއިން ޖަގަހައަކީ މުޅި އެޗްޑީސީއެވެ. ހިތްވަރުކޮށްފައި މުޒާހަރާއަށް ނިކުތް ގިނަ މީހުން ތިބެންޖެހުނީ ހުރަގޭގައެވެ. ޚާއްޞަކޮށް ސިޔާސީ ވެރިންނެވެ. އެންމެގިނަ ސިޔާސީ ވެރިން އެކި ނަންނަމުގައި ޖަލަށް ލެއްވި އެއް ސަރުކާރަކީ ތިޔަ ވިދާޅުވާ ރައީސް ޔާމީންގެ ސަރުކާރެވެ.

އަނެއްކާވެސް ސީދާ ޕޮއިންޓަށް ޖެހިލަމާހެއްޔެވެ. ފަހުމްވާން ފަސޭހަވާނެތީއެވެ. މަޖިލީހަށް ވެއްދީ ސިފައިންނެވެ. ބޮޑެތި ކަންނެލިތަކެއްހެން ފާރުމަތިން ހޫރާލީ ރައްޔިތުން ހޮވާފައި ތިބި ރައްޔިތުންގެ މެމްބަރުންނެވެ. ދަތްދޮޅި ހަނދާންކޮށްދެއްވި އޭރުގެ ޑިފެންސް މިނިސްޓަރ މިވަގުތު އެހުންނެވީ އެމަޖިލީހުގައެވެ. ކިހާ ރީއްޗަކަށް އެކަން ކުރެއްވިގޮތް ހިތްޕުޅަށް ގެންނެވޭނެ ނޫންތޯއެވެ. ދެން ނިކަން އާއްމުން އުޅޭނެގޮތް ވިސްނާލަބަލާށެވެ. ޤާނޫން އަސާސީން ކަނޑައަޅާފައިވާ ތިންބާރުގެ ތެރެއިން އެއްބާރަށް ހިރިނުލެވޭވަރަށް ތަޅުއަޅުވާފައެވެ. އެވެރިން ސައްލާ ކުރާ ގޭގައި ސިފައިން ބައިތިއްބައިގެން ޗުއްޕުވެސް ވިދާޅުވިޔަ ނުދީ ގެންގުޅުނު ސަރުކާރެއްގައި ޢާއްމު ރައްޔިތުންނަށް ބުނެވޭނެ ބަހެއް ކުރެވޭނެ މުޒާހަރާއެއް އޮންނާނެ ހެއްޔެވެ.

އަމުދުން އެވާހަކަތައް ދައްކާންތިބި ނޫސްވެރިންނަށް ވީގޮތާއި އެމީހުން ބޭތިއްބި ހާލުވެސް ބުނެދޭކަށް މާގިނަ ވާހަކަތަކެއް ދައްކާކަށް ނުޖެހެއެވެ. ރާއްޖޭގެ އެންމެ ގިނަ މީހުން ބަލާ ޓީވީ ޗެނަލްއަށް ބަރިބަރިއަށް މިލިޔަނުން ކުރި ޖޫރިމަނާ ހަނދާންކޮށްދިނީމާ އެވަރުން ފުދޭނެއެވެ. އެތަނަށް ދެމުންދިޔަ އިންޒާރުތައް ހަނދާންކޮށް އިތުރަށް އެވާހަކަ ދައްކާކަށްވެސް ނުޖެހެއެވެ.

ކޮންމެއަކަސް ރައީސް ޔާމީން ތިޔަ ވިދާޅުވަނީ ޙުދްމަނިކުފާނާއި ދިމާލަށް ހުތުރު ބަސްތަކެކެވެ. ޚުދު މަނިކުފާނު އަމިއްލަފުޅަށެވެ. ރަތްމަހަކަށް ނުގޮވާވަރަށް އެއްޗެހި ގޮވަންވީމާ ގޮވާވެސް އުޅެއެވެ. އާޚިރުގައި އެހާވަރަށް މަނިކުފާނާ ދިމާލަށް އަމިއްލައަށް ތިޔަ އެއްޗެތި ވިދާޅުވަނީ މަނިކުފާނެވެ. އެހެންމީހުން ގޮވާން ހުރި އެއްޗެހި ސީދާ މަނިކުފާނު އަމިއްލަ ފުޅަށެވެ. ތިޔަގޮތަށް ކަންކުރެއްވީމާ އަންނަނީ އަމަށަކު ހިންޏެއް ނޫނެވެ.

މުޒާހަރާ

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
18 ސެޕްޓެމްބަރު 2025

ނޫސްވެރިންގެ މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރަން، ދައުރުވާ ފޮޓޯތަކަކީ ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް: ފުލުހުން

18 ސެޕްޓެމްބަރު 2025
ނޫސްވެރިންގެ މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރަން، ދައުރުވާ ފޮޓޯތަކަކީ ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް: ފުލުހުން
17 ސެޕްޓެމްބަރު 2025

މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި

17 ސެޕްޓެމްބަރު 2025
މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި
16 ސެޕްޓެމްބަރު 2025

މުޒާހަރާ ރޫޅާލަން ފުލުހުން ނުހައްގު ބާރުގެ ބޭނުންކޮށް، އެތައް ނޫސްވެރިންނަކަށް އަނިޔާކުރި!

16 ސެޕްޓެމްބަރު 2025
މުޒާހަރާ ރޫޅާލަން ފުލުހުން ނުހައްގު ބާރުގެ ބޭނުންކޮށް، އެތައް ނޫސްވެރިންނަކަށް އަނިޔާކުރި!
01 ސެޕްޓެމްބަރު 2025

މަނިކުފާނަކީ ގަދަ ބޭފުޅެއް، ސާބަހޭ ނުދަންނަވާ ހުންނާނީ ކިހިނެތޯއޭ؟

01 ސެޕްޓެމްބަރު 2025
މަނިކުފާނަކީ ގަދަ ބޭފުޅެއް، ސާބަހޭ ނުދަންނަވާ ހުންނާނީ ކިހިނެތޯއޭ؟
03 މެއި 2025

ފުލުހުން އިންޒާރު ދިން ނަމަވެސް މާލޭގެ ހުރިހާ ތަނަކަށް ވެސް އެއްވެވޭނެ: ރައީސް

03 މެއި 2025
ފުލުހުން އިންޒާރު ދިން ނަމަވެސް މާލޭގެ ހުރިހާ ތަނަކަށް ވެސް އެއްވެވޭނެ: ރައީސް
20 މާރިޗު 2025

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

20 މާރިޗު 2025
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
11 ޑިސެމްބަރު 2024

ޓެކްސީ ޑްރައިވަރުންގެ މުޒާހަރާ ހޫނުވެ، އިސްކޮށް އުޅުނު ދެ ޑްރައިވަރުން ފުލުހުންގެ ބެލުމުގެ ދަށަށް

11 ޑިސެމްބަރު 2024
ޓެކްސީ ޑްރައިވަރުންގެ މުޒާހަރާ ހޫނުވެ، އިސްކޮށް އުޅުނު ދެ ޑްރައިވަރުން ފުލުހުންގެ ބެލުމުގެ ދަށަށް
11 ޑިސެމްބަރު 2024

''ބޯކަނޑާލެވިދާނެ ކަމަށާއި، ބޯގުދު ނުކުރާނެ'' ކަމަށް ބުނެ، ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފި

11 ޑިސެމްބަރު 2024
''ބޯކަނޑާލެވިދާނެ ކަމަށާއި، ބޯގުދު ނުކުރާނެ'' ކަމަށް ބުނެ، ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފި
07 ޑިސެމްބަރު 2024

މުސާރަ ނުދޭ މައްސަލާގައި މުޒާހަރާ ކުރި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

07 ޑިސެމްބަރު 2024
މުސާރަ ނުދޭ މައްސަލާގައި މުޒާހަރާ ކުރި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު