Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމްއިން ބޭއްވި ޖަލްސާ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

27 މާރިޗު 2022 | އާދީއްތަ 02:57

ޔާމީން ވިދާޅުވީ އެމްޑީޕީއަކީ މުޒާހަރާކުރުމަށް އެންމެ ބޮޑަށް ވަކާލާތުކުރި މީހުންކަމަށާއި ނަމަވެސް ބާރާއި ވެރިކަން ލިބުނީމާ އެއިން އެއްވެސް ކަމެއް ހަނދާން ނުހުންނަކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 މާރިޗު 2022 | އާދީއްތަ 02:57
އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރު މުޒާހަރާކުރުން މަނާކޮށްފައި ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

"ނޭވާ ހޮޅިޔަށް" ނަމުގައި ހުކުރު ދުވަހު ކުރިޔަށްގެންދިޔަ މުޒާހަރާއަށްފަހު ޕްރޮގްރެސިވް ކޯލިޝަނުގެ ޖަގަހަ ޖަލްސާގެ ނަމުގައި ކުރިޔަށްގެންދިޔަ ޖަލްސާގައި ޔާމީން ވަނީ މުޒާހަރާއަށް ފުލުހުން ހުރަސްއެޅުމުން އެކަމަށް ފާޑުވިދާޅުވެފައެވެ. ޔާމީން ވިދާޅުވީ މުޒާހަރާކުރުމަށް ހުރަސް އަޅާނަމަ އެކުރެވެނީ ގާނޫނު އަސާސީން ރައްޔިތުންނަށް ދީފައިވާ ބާރެއް ހިފެހެއްޓުމަށް ކުރެވޭ މަސައްކަތްކަމަށެވެ. މިއަދު މުއައްސަސާތަކުގެ ބާރާއި ގާނޫނު ތަންފީޒުކުރުމުގެ ބާރު ސަރުކާރުގައި އޮތުމުން ސަރުކާރުން ބޭނުންގޮތަކަށް ކަންކަން ކުރަމުންދާކަމަށް ޔާމީން ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޔާމީން ވިދާޅުވީ އެމްޑީޕީއަކީ މުޒާހަރާކުރުމަށް އެންމެ ބޮޑަށް ވަކާލާތުކުރި މީހުންކަމަށާއި ނަމަވެސް ބާރާއި ވެރިކަން ލިބުނީމާ އެއިން އެއްވެސް ކަމެއް ހަނދާން ނުހުންނަކަމަށެވެ. އެމްޑީޕީއަކީ މުޒާހަރާނުކުރެވިގެން، މުޒާހަރާކުރަން ހުއްދަ ނުދީގެން ނުނިދިގެން އުޅުނު ބައެއްކަމަށް ޔާމީން ވިދާޅުވިއެވެ. މިއީ އެންމެ އަސާސީ ހައްގުކަމަށް ވަކާލާތުކުރަމުން އައި ބަޔަކީ އެމްޑީޕީކަމުގައި ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ރައްޔިތުންގެ އަޑުއުފުލަން ޖެހޭކަމަށާއި ދައުލަތް ހިންގަން ތިބި މީހުންގެ ކަންފަތަށް ރައްޔިތުންގެ އަޑު އިވޭނީ މަގުމައްޗަށް ނިކުމެގެންކަމަށް އެމްޑީޕީން ބުނަމުން ދިޔަކަމަށެވެ.

ޔާމީން ވިދާޅުވީ ގިނަ ސިޔާސީ ވެރިންނަކީ ދެ މޫނުގެ ވެރިންކަމަށެވެ. އެއް ފަހަރު އެއްވެ އުޅުމުގެ ހައްގު އޮންނަންވާނެކަމަށް ބުނާކަމަށާއި އަނެއްފަހަރު ސުލްހަ ނަގާލާކަމަށް ބުނާކަމަށެވެ. ޔާމީން ވިދާޅުވީ ޕީޕީއެމް ކޯލިޝަނުން އިސްނަގައިގެން ކުރަމުންމިދަނީ މިފަސްގަނޑު އިންޑިޔާ ސިފައިންގެ ކިބައިން ސަލާމަތްކުރުމުގެ މަސައްކަތް ކަމަށެވެ. މިކަން ޕީޕީއެމްއިން ކުރަން ނިކުތީ މިކަން ހަގީގަތުގައި ކުރުމަށް ހުވާކޮށްގެން ތިބި ފުލުހުންނާއި ސިފައިން އެކަން ނުކުރުމުން ކަމަށެވެ.

ނަމަވެސް މުޒާހަރާކުރުމުގެ ފުރުސަތު ނުދޭއިރު މުޒާހަރާގައި ބައިވެރިވާ މީހުންނަށް ފުލުހުން ބޮޑެތި އަނިޔާތައް ދޭކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ ދެން އުފެދޭނީ ޕީޕީއެމް ސަރުކާރެއް ކަމަށާއި އެސަރުކާރުގައި މިއަދު މިފަސްގަނޑަށް ކުލުނެއް ނެތި ޕީޕީއެމްއިން ކުރަމުންދާ ކަންކަމާއި ދެކޮޅަށް ކަންކުރާނަމަ ސިފައިންނާއި ފުލުހުންގެ ތެރޭގައި މިކަމުގައި އިސްކޮށް ތިބި ފަރާތްތައް މަގާމުން ވަކިވާނެކަމަށެވެ. އެމުއައްސަސާތަކަކީ ސިޔާސީ ކުރަން ހުރި މުއައްސަސާތަކެއް ނޫންކަމަށް ޔާމީން ވިދާޅުވިއެވެ.

ޕީޕީއެމްރައީސް ޔާމީން

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ
12 އޮކްޓޯބަރު 2025

މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

12 އޮކްޓޯބަރު 2025
މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ
19 ސެޕްޓެމްބަރު 2025

ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން

19 ސެޕްޓެމްބަރު 2025
ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން
13 ސެޕްޓެމްބަރު 2025

މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ

13 ސެޕްޓެމްބަރު 2025
މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ
21 އޯގަސްޓު 2025

މި ވެރިކަމާއި މެދު ރައީސް ޔާމީން: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން!

21 އޯގަސްޓު 2025
މި ވެރިކަމާއި މެދު ރައީސް ޔާމީން: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން!
18 ޖުލައި 2025

ޝުޖާއުއެވެ! ރައްޔިތުން ވެރިކަން ހަވާލުކުރީ ޕާޓީގެ ވެރިކަމެއް ކުރަންތޯއެވެ؟

18 ޖުލައި 2025
ޝުޖާއުއެވެ! ރައްޔިތުން ވެރިކަން ހަވާލުކުރީ ޕާޓީގެ ވެރިކަމެއް ކުރަންތޯއެވެ؟
17 ޖުލައި 2025

އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު

17 ޖުލައި 2025
އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު
17 ޖުލައި 2025

ޕާޓީ ވެރިކަން ކުރަން ރައީސް މުއިއްޒުއަށް އެނގިވަޑައިގަންނަވާނެ، މެންބަރުންނަށް ވަޒީފާ ހަމަޖައްސައިދޭނެ: ޝުޖާއު

17 ޖުލައި 2025
ޕާޓީ ވެރިކަން ކުރަން ރައީސް މުއިއްޒުއަށް އެނގިވަޑައިގަންނަވާނެ، މެންބަރުންނަށް ވަޒީފާ ހަމަޖައްސައިދޭނެ: ޝުޖާއު
01 ޖުލައި 2025

ފެނަކައިގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ރުކުމާ މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް ބަދަލުކޮށްފި

01 ޖުލައި 2025
ފެނަކައިގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ރުކުމާ މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް ބަދަލުކޮށްފި
25 ޖޫން 2025

ތިނަދޫ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑްކުރުން: މިއީ ކައުލްސިލްގެ އަގު ވައްޓާލާ އެމްޑީޕީގެ ކައުންސިލަރުންގެ ބާރު ކަނޑުވާލަން ޕީއެންސީން ކުރިކަމެއް - އެމްޑީޕީ

25 ޖޫން 2025
ތިނަދޫ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑްކުރުން: މިއީ ކައުލްސިލްގެ އަގު ވައްޓާލާ އެމްޑީޕީގެ ކައުންސިލަރުންގެ ބާރު ކަނޑުވާލަން  ޕީއެންސީން ކުރިކަމެއް - އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް