Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ ޔޫކްރެއިން ހަނގުރާމަ

ޕުޓިންއަށް ވެރިކަމުގައި ނުހުންނެވޭނެކަމަށް ބައިޑެން ވިދާޅުވެއްޖެ

އެމެރިކާއިން ރަޝިޔާ އާއި ދެކޮޅަށް ހަނގުރާމަ ނުކުރާނެކަމަށް ދައްކަމުންދިޔަ ވާހަކަތަކުގެ ރާގު ކޮންމެސް ވަރަކަށް ބަދަލުވަމުން އަންނަކަމަށް ވަނީ ބެލެވެން ފަށާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 27 މާރިޗު 2022 | އާދީއްތަ 02:17
އެމެރިކާގެ ރައީސް ޖޯ ބައިޑެން

އެމެރިކާގެ ރައީސް ޖޯ ބައިޑެން

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިންއަށް ވެރިކަމުގައި ނުހުންނެވޭނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ރަޝިޔާ އާއި ޔޫކްރެއިން ހަނގުރާމައަށް މަސް ދުވަސްވެފައިވާއިރު ޕޮލެންޑްގައި ހުންނަވާ ދެއްކެވި ވާހަކަފުޅުގައި ބައިޑެން ވަނީ ޕުޓިންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ. ބައިޑެން ވިދާޅުވީ ދުނިޔޭގެ ޑިމޮކްރަސީތަކުން ރަޝިޔާ ސަރުކާރުން ކުރަމުންދާ ކަންތައްތަކާއި ވީއެންމެ އަވަހަށް ދެކޮޅުހަދަން ޖެހޭކަމަށާއި ރަޝިޔާއަކީ ދުނިޔޭގެ ސަލާމަތާއި މިނިވަންކަމަށް އޮތް ބިރެއްކަމަށެވެ.

ބައިޑެންގެ ވާހަކަފުޅުން މިހާތަނަށް އެމެރިކާއިން ރަޝިޔާ އާއި ދެކޮޅަށް ހަނގުރާމަ ނުކުރާނެކަމަށް ދައްކަމުންދިޔަ ވާހަކަތަކުގެ ރާގު ކޮންމެސް ވަރަކަށް ބަދަލުވަމުން އަންނަކަމަށް ވަނީ ބެލެވެން ފަށާފައެވެ. ބައިޑެންގެ ވާހަކަފުޅާއި ގުޅިގެން ވައިޓް ހައުސް އިން ބުނީ ބައިޑެން އެމާނަކުރައްވަނީ ރަޝިޔާގެ ސަރުކާރު ބަދަލުކުރަން ނޫންކަމަށާއި ނަމަވެސް ރަޝިޔާއިން ކަންކުރަމުން އަންނަގޮތަށް ދުނިޔެ ސަމާލުވުމަށްކަމަށެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރައްވާ ނުރުހެންވެ ވަޑައިގެން ހުންނަވާ ރާގަކަށް ބައިޑެން ވިދާޅުވީ ޕުޓިންއަށް ވެރިކަމުގައި ނުހުންނެވޭނެކަމަށެވެ.

ވޮޝިންގޓަން އިން ބުނީ ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގައި އެމެރިކާގެ ސިޔާސަތު ބަދަލުނުވާކަމަށެވެ. އެމެރިކާއިން އެންމެ ކުރީއްސުރެވެސް ބުނަމުން އަންނަނީ ރަޝިޔާއަށް ހަމަލާދިނުމުގެ ވިސްނުމެއް އެމެރިކާއިން ނުގެންގުޅޭ ކަމަށެވެ. އެކަމުގައި އެމެރިކާގެ ސިފައިން ބައިވެރިނުވާނެކަމަށެވެ.

ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވީ ބައިޑެން އެމާނަކުރައްވަނީ ސަރަހައްދީ ގައުމުތަކާއި އަވަށްޓެރި ގައުމުތަކަށް ޕުޓިންއަށް ބާރު ހިންގެވުމުގެ ފުރުސަތު ދެވިގެންނުވާނެ ކަމަށް ކަމަށެވެ. އެއީ ޕުޓިން ރަޝިޔާގައި ބާރު ހިންގަވާ ގޮތް ނުވަތަ ޕުޓިންގެ ސަރުކާރު ބަދަލުކުރުމުގެ ވާހަކަ ނޫންކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ބައިޑެން ވަނީ ޕުޓިންއާއި ދެކޮޅަށް ހަނގުރާމަ ކުރުމަކީ މިނިވަންކަމަށް ކުރެވޭ އައު ހަނގުރާމައެއްކަމަށް ވިދާޅުވެފައެވެ. އަދި ޕުޓިން ބޭނުންފުޅުވާ ބާރަކީ ރަޝިޔާގެ ފެއިލްވުމެއްކަމަށާއި ޔޫރަޕްގެ ސުލްހައަށް އޮތް ގޮންޖެހުމެއްކަމަށެވެ.

ހުޅަނގުން މިހާރު ކުރިޔަށްވުރެވެސް ބާރުގަދަ ކަމަށާއި މިއިން ދުވަހަކު ހުޅަނގުގެ ގައުމުތައް އެއްބައިނުވާ މިންވަރަށް މިހާރު އެއްބައިވެފައިވާކަމަށް ބައިޑެން ވިދާޅުވިއެވެ. މިހަނގުރާމައަކީ ދުވަސްތަކަކުން ނުވަތަ މަސްތަކަކުން ނިމޭނެ ހަނގުރާމައެއް ނޫންކަމަށާއި އެއަށްވުރެ މިހަނގުރާމަ ދިގުލައިގެންދާނެކަމަށް ބައިޑެން ވިދާޅުވިއެވެ. އެކަމަށް ތައްޔާރުވާންޖެހޭކަމަށްވެސް ބައިޑެން ވިދާޅުވިއެވެ.

ޕުޓިންގެ ވެރިކަން ނިމުމަކަށް ގެނައުމާއި ގުޅޭގޮތުން ބައިޑެން ދެއްކެވި ވާހަކަފުޅާއި ގުޅިގެން ކްރެމްލިންގެ ސްޕޯކްސްމަން ޑިމިޓްރީ ޕެސްކޮވް ވިދާޅުވީ އެއީ ބައިޑެން އަށް ނިމެވޭނެ ނިންމެވުމެއް ނޫންކަމަށާއި ރަޝިޔާގެ ރައީސް ކަނޑައަޅާނީ ރަޝިޔާގެ ރައްޔިތުންކަމަށެވެ.

ރަޝިޔާގެ ރައީސް ވިދާޅުވެފައިވަނީ ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކަކީ އަސްކަރީ އޮޕަރޭޝަނެއްކަމަށެވެ. ރަޝިޔާއިން ބުނެފައިވަނީ ހަނގުރާމައިގެ ފުރަތަމަ ފޭސް މިހާރު ނިމިފައިވާކަމަށެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައެމެރިކާރަޝިއާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު