Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ރަޝިއާ-ޔޫކްރެއިން ހަނގުރާމާގައި ސިއްހީ ޚިދުމަތްދޭ ތަންތަނަށް ދޭ ގެއްލުންތަކާ ގުޅިގެން ޑަބްލިއުއެޗްއޯގެ ކަންބޮޑުވުން

ތަފާތު އެކި ގޮތްގޮތުން، 70އާ ގާތް ކުރާ އަދަދަކަށް ގެއްލުންދީފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 މާރިޗު 2022 | ހޮނިހިރު 11:41
ޔޫކްރެއިންގައި ގާއިމްވެފައިވާ ސިއްހީ މަރުކަޒުތައް ހަމަލާތަކުގެ އަމާޒަކަށް ވަމުން ދިއުމަކީ ކަންބޮޑުވާކަމެއް: ޑަބްލިއުއެޗްއޯއިން

ޔޫކްރެއިންގައި ގާއިމްވެފައިވާ ސިއްހީ މަރުކަޒުތައް ހަމަލާތަކުގެ އަމާޒަކަށް ވަމުން ދިއުމަކީ ކަންބޮޑުވާކަމެއް: ޑަބްލިއުއެޗްއޯއިން

ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ތެރެއިން, ސިއްޙީ ޚިދުމަތްދޭ ތަންތަނަށް އަމާޒުކޮށް ލިބެމުންދާ ގެއްލުންތަކާގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ)އިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޑަބްލިއުއެޗްއޯއިން ބުނީ، ޔޫކްރެއިންގައި ހުންނަ ހޮސްޕިޓަލްތަކާއި އެމްބިޔުލާންސްތަކުގެ އިތުރުން، ތަފާތު އެކި ގޮތްގޮތުން 70އާ ގާތްކުރާ އަދަދަކަށް ގެއްލުން ދީފައިވާކަމަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ދެމުންދާ ގެއްލުމުގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

އޭގެ އިތުރުން، ޔޫކްރެއިންގައި ގާއިމުކުރެވިފައިވާ ސިއްހީ މަރުކަޒުތައް ހަމަލާތަކުގެ އަމާޒަކަށް ވަމުން ދިއުމަކީވެސް ކަންބޮޑުވާ ކަމެއްކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ.

އެންމެ ފަހުން ދީފައިވާ ހަމަލާތަކަށް ބަލާއިރު، 8 މާޗުގައި, ކީވްގެ ދެކުނުގައި އޮންނަ އިޒިޔުމް ނަމަކަށްކިޔާ އަވަށުގައި ހުންނަ ސިއްހީ މަރުކަޒަށް ދިން ހަމަލާއަށް ބަލާއިރު، އެއީ ޔޫކްރެއިން ސިފައިން ގާއިމުވެ ތިބި ތަނެއްކަމަށް ރަޝިއާއިން ވަނީ ބުނެފައެވެ. އެ ހަމަލާގައި ހޮސްޕިޓަލުގައި އަލަށް ހުޅުވިގެން ދިޔަ ރިސެޕްޝަން އޭރިޔާ ބޭނުންނުކުރެވޭ ވަރަށް ސުންނާފަތި ވެފައިވާ ކަމުގެ ހެކިތައް ފެނިގެން ގޮސްފައިވާކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އެކަމާ ގުޅޭގޮތުން ޔޫކްރެއިންގެ ޑެޕިޔުޓީ މޭޔަރ ވިދާޅުވީ، އެ ހޮސްޕިޓަލު ހުރި ސަރަހައްދަށް އެޅި އެންމެ ފުރަތަމަ ބޮމާއެކު ހޮސްޕިޓަލްގެ ކުޑަދޮރުތައް ވިއްސައިގެން ދިޔަކަމަށެވެ.

އޭގެ ފަހުންވެސް ބޮމުގެ ހަމަލާތަކެއް ދީފައިވާއިރު، އެއީ ހޮސްޕިޓަލުގައި ގިނަ އަދަދަކައް ބަލިމީހުން ފަރުވާ ހޯދަމުން އައި ވަގުތެއް ކަމަށްވެސް ނޫސްތަކުން ރިޕޯޓު ކުރެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި މާބަނޑު މީހުންވެސް ހިމެނޭއިރު، ހަމަލާ ދިން ވަގުތުގައި އެންމެންވެސް ވަނީ ރައްކާތެރި މާހައުލަކަށް ގެންގޮސްފައެވެ.

މި ހަމަލާގައި އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.

މިފަދަ ހާލަތް ތަކުގައި ސިއްހީ މަރުކަޒުތަކަކީ ޑޮކްޓަރުންނަށާއި, ނަރުހުންނަށާއި, ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ރައްކާތެރި މާހައުލަކައް ވެގެން ދިއުމަކީ ސަމާލުކަން ދޭންޖެހޭކަމެއްކަަމަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ.

ރަޝިއާޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު