Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަނޑިޔާރުންގެ މަހާސިންތާ 2022

"ފަނޑިޔާރުން މީހަކު ޖަލަށްލާން، ނުވަތަ އަދަބެއްދޭން ހުކުމްކުރަނީ އެކަން ކުރާހިތަކުންނޫން"

ސިމްޕޯޒިއަމްގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ފަނޑިޔާރުންގެ ބައިވެރިވުން މުހިއްމު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 26 މާރިޗު 2022 | ހޮނިހިރު 09:19
ފަނޑިޔާރުންގެ މަހާސިންތާ 2022 އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ޑރ. މުއުތަސިމް އަދުނާން ވާހަކަ ދައްކަވަނީ

ފަނޑިޔާރުންގެ މަހާސިންތާ 2022 އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ޑރ. މުއުތަސިމް އަދުނާން ވާހަކަ ދައްކަވަނީ

ފަނޑިޔާރުން ޖިނާއީ މައްސަލަތަކުގައި މީހަކު ޖަލަށްލާން ނުވަތަ އަދަބެއް ދޭން ހުކުމްކުރަނީ އެކަން ކުރާހިތުން ނޫންކަމަށް އުއްތަމަފަނޑިޔާރު ޑރ. މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

އުއްތަމަފަނޑިޔާރު އެހެން ވިދާޅުވީ "ފަނޑިޔާރުންގެ މަހާސިންތާ 2022" އިފްތިތާހުކުރުމަށް ހޮނިހިރު ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ގިނަ ދުވަހު ޖުޑީޝަރީއަށް ޚިދުމަތްކުރާ ފަނޑިޔާރުންގެ އަގުވަޒަން ކުރުން މުހިއްމުކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި ސިމްޕޯޒިއަމްގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ފަނޑިޔާރުންގެ ބައިވެރިވުން މުހިއްމުކަން ފާހަގަ ކުރައްވައި އެމަނިކުފާނު އިތުރަށް ވިދާޅުވީ، މި މަހާސިންތާ މައިގަނޑު ގޮތެއްގައި އަމާޒު ކުރެވިފައިވަނީވެސް ޝަރުއީ ދާއިރާގެ ދުރު ރާސްތާ ޕްލޭނެއް އެކުލަވާލުމުގެ މައްޗަށް ކަމަށެވެ.

ގާނޫނު އަސާސީ ވުޖޫދަށް އައި ފަހުން ޝަރުއީ ދާއިރާ އެކި ގޮތްގޮތަށް ބައްޓަންވަމުން އައިސްފައިވާކަމަށްވެސް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް، 2008 ވަނަ އަހަރު ވުޖޫދުވި ގާނޫނު އަސާސީގައި ވަރަށް ފުރިހަމައަށް ރައްޔިތުންގެ ހައްގުތަކާގުޅޭ ބާބެއް އެކުލަވާލެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ އެ ހައަގުތައް ކަށަވަރުކުރެވޭނީ ކޯޓުތަކުން ކުރަންޖެހޭ ކަންކަން ފުރިހަމައަށް ކޮށްގެންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޯޓުތައް ތަރުތީބުކުރެވިފައިވާ ގޮތަށް އަލިއަޅުވާލައްވައި އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެކަމުގެ ސަބަބުން އިލްމީ ގޮތުން އިތުރަށް ކުރިއެރުމުގެ އަމާޒެއް ހިފުމަށް މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންނަށްވެސް އެހީއަކަށް ވެގެންދާކަމަށެވެ.

އޭގެ އިތުރުން، އަދުލު އިންސާފު ގާއިމުކުރުމަށް ހާސިލުކުރަންޖެހޭ މަގުސަދުތައް މި މަހާސިންތާގެ ޒަރީއާއިން ހާސިލުވެގެން ދިއުމަކީ އެންމެ މުހިއްމު އެއް މަގުސަދުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އަތޮޅުތެރޭގައި ދިމާވާ އެކި ގޮންޖެހުންތަކަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލައްވާފައިވެއެވެ. މިސާލަކަށް އެއްރަށުން އަނެއްރަށަށް މެޖިސްޓްރޭޓުން ބަދަލު ކުރުމާއި، ރަށްރަށުގެ އެކި ކޯޓުތަކަށް މީހުން ހާޒިރުކުރުން ފަދަ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލުތަކެއް ހޯދުނު ނަމަވެސް، އަދިވެސް އެކަމުގައި ގޮންޖެހުންތައް ހުރިކަމަށް ވިދާޅުވިއެވެ.

މިހާރު ސުޕްރީމް ކޯޓާއި ހައިކޯޓުގައި, ދުރަށް ދައްކައިގެން ޝަރީއަތްތައް ކުރިއަށް ގެންދެވުނު ނަމަވެސް، ހުރިހާ ކޯޓެއްގައި އެ މަސައްކަތް ފެށުމަށް ވަގުތުތަކެއް ނަގާނެކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ. އެހެންނަމަވެސް އެ ޓެކްނޮލޮޖީ ހުރިހާ ކޯޓުތަކަށް އެންމެ ފުރިހަމައަށް ބޭނުން ކުރެވޭގޮތަށް އިންތިޒާމުތައް ހަމަޖެއްސޭތޯ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންވެސް ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. މި ސިމްޕޯޒިއަމްގައި އެކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިދާނެކަމަށްވެސް ވިދާޅުވިއެވެ.

ފަނޑިޔާރުން ކުރާ ހުކުމުގެ އަސަރު މުޅި މުޖުތަމައަށްވެސް ކުރާކަން ފާހަގަ ކުރައްވައި އުއްތަމަފަނޑިޔާރު ވިދާޅުވަނީ އެ ހުކުމަކާ ގުޅިގެން ނުކުންނާނެ ނަތީޖާތަކާމެދު ވިސްނަވަންޖެހޭނެ ކަމަށެވެ. ފަނޑިޔާރުން މީހުންނަށް އަދަބުދެނީ އެކަން ކުރާ ހިތަކުން ނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ މުޅި މުޖުތަމައުގެ މަސްލަހަތަށް ވިސްނާއިރު ކުރަންޖެހޭ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ހިތްވަރު ގަދަކަމާއެކު، ގާނޫނު ބުނާ ގޮތަށް ހުކުމްކުރާ ބަޔަކަށް ފަނޑިޔާރުން ވާންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ފަނޑިޔާރުން ކުރާ ހުކުމްތަކާ ގުޅިގެން ފާޑުކިއުން އަމާޒުވީނަމަވެސް، އެކަންކަމަށް ކެތްތެރިވާންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ،

ފަނޑިޔާރުންޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"މައުސޫމާގެ މުސާރަ އަކީ ސިއްރެއް"

"މައުސޫމާގެ މުސާރަ އަކީ ސިއްރެއް"

20 ޑިސެމްބަރު 2025
ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ސުޕްރީމްކޯޓުންނާއި ހައިކޯޓުން ފެންކަނޑާލާތާ މަހަކަށް ވުރެ ގިނަ ދުވަސް، މުވައްޒަފުންނަށް ގިނަ ދަތިތަކެއް

ސުޕްރީމްކޯޓުންނާއި ހައިކޯޓުން ފެންކަނޑާލާތާ މަހަކަށް ވުރެ ގިނަ ދުވަސް، މުވައްޒަފުންނަށް ގިނަ ދަތިތަކެއް

03 ފެބުރުއަރީ 2025
ކޭސް މެނޭޖްމަންޓް ސިސްޓަމާއެކު އަވަސްކަމާއެކު އަދުލު އިންސާފު ލިބިގެންދާނެ - ރިޒްނާ

ކޭސް މެނޭޖްމަންޓް ސިސްޓަމާއެކު އަވަސްކަމާއެކު އަދުލު އިންސާފު ލިބިގެންދާނެ - ރިޒްނާ

27 އެޕްރީލު 2024
ކްރިމިނަލް ކޯޓުގެ ހިންގުން ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމަށް އަދި ހަތަރު މަހެއްހާ ދުވަސް ނަގާނެ: ޑީޖޭއޭ

ކްރިމިނަލް ކޯޓުގެ ހިންގުން ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމަށް އަދި ހަތަރު މަހެއްހާ ދުވަސް ނަގާނެ: ޑީޖޭއޭ

04 އެޕްރީލު 2024

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު