Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަނޑިޔާރުންގެ މަހާސިންތާ 2022

ފަނޑިޔާރުގޭގެ ދުރުރާސްތާ ޕްލޭން އެކުލަވާލުމުގައި ފަނޑިޔާރުންގެ ދައުރު ބޮޑު: ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ

މިފަދަ އެކްޝަން ޕްލޭނެއް އެކުލަވާލުމަކީ މުހިއްމު މަސައްކަތެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 މާރިޗު 2022 | ހޮނިހިރު 08:16
ފަނޑިޔާރުންގެ މަހާސިންތާ 2022 އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު

ފަނޑިޔާރުންގެ މަހާސިންތާ 2022 އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު

ފަނޑިޔާރުގޭގެ ދުރުރާސްތާ ޕްލޭން އެކުލަވާލުމުގައި ފަނޑިޔާރުންގެ ދައުރު ބޮޑުކަމަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އާއިޝަތު ރިޒްނާ ވިދާޅުވެއްޖެއެވެ.

ރިޒްނާ އެހެން ވިދާޅުވީ ފަނޑިޔާރުންގެ މަހާސިންތާ 2022 އިފްތިތާހުކުރުމަށް ހޮނިހިރު ދުވަހުގެ ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި އަހަރުގެ ފަނޑިޔާރުންގެ މަހާސިންތާ ޚާއްސަކޮށްފައިވަނީ ފަނޑިޔާރުންނާއި ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންނާއި އިދާރީ ބޭފުޅުން ހިމެނޭގޮތަށް, ޝަރުއީ ދާއިރާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލުމަށެވެ. އެގޮތުން މީގެ ކުރިންވެސް އެކި ސިފަސިފައިގައި ޝަރުއީ ދާއިރާގެ ޕްލޭންތައް އެކުލަވާލެވި، އެއަށް އަމަލުކުރަމުން ގޮސްފައިވާކަން ފާހަގަ ކުރައްވައި ރިޒްނާ ވިދާޅުވީ، ފަނޑިޔާރުންނާއި ފަނޑިޔާރުގޭގެ އިސް ފަރާތްތައްވެސް ހިމެނޭ ގޮތަށް މިހާރު މި ކުރިއަށްދާ އުސޫލުން މި މަސައްކަތް ކުރިއަށް ގެންދެވިފައިނުވާކަމަށެވެ.

ރިޒްނާ ވަނީ މިފަދަ އެކްޝަން ޕްލޭނެއް އެކުލަވާލުމަކީ މުހިއްމު މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އޭގެ އިތުރުން، މި މަހާސިންތާގެ ޒަރީއާއިން އެކުލަވާލެވޭ ސްޓްރެޓިޖިކް އެކްޝަން ޕްލޭނަކީ އަދުލު އިންސާފުގެ ނިޒާމާއި ކޯޓުތަކުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ކުރެވިދާނެ ކަންކަން ބަޔާން ކުރެވިގެން އެކުލަވާލެވޭ ޕްލޭނަކަށް ވުން މުހިއްމުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި މިއީ މުޅި ޝަރުއީ ދާއިރާގެ ފެންވަރު މިހާރަށްވުރެ އިތުރަށް ރަނގަޅު ކުރެވޭނެ ފަދަ އެކްޝަން ޕްލޭނަކަށް ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ރިޒްނާގެ ވާހަކާގައި ފާހަގަކުރެއްވިއެވެ.

ރިޒްނާ ވަނީ ބިނާކުރަނިވި މަޝްވަރާތަކެއްގެ ޒަރީއާއިން މި މަސައްކަތް ކުރެވިއްޖެނަމަ، މިފަދަ އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަގުސަދު ހާސިލުކުރެވޭނެކަމަށް ވިދާޅުވެފައެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންފަނޑިޔާރުން

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2025

"މައުސޫމާގެ މުސާރަ އަކީ ސިއްރެއް"

20 ޑިސެމްބަރު 2025
"މައުސޫމާގެ މުސާރަ އަކީ ސިއްރެއް"
17 އޮކްޓޯބަރު 2025

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން
03 ފެބުރުއަރީ 2025

ސުޕްރީމްކޯޓުންނާއި ހައިކޯޓުން ފެންކަނޑާލާތާ މަހަކަށް ވުރެ ގިނަ ދުވަސް، މުވައްޒަފުންނަށް ގިނަ ދަތިތަކެއް

03 ފެބުރުއަރީ 2025
ސުޕްރީމްކޯޓުންނާއި ހައިކޯޓުން ފެންކަނޑާލާތާ މަހަކަށް ވުރެ ގިނަ ދުވަސް، މުވައްޒަފުންނަށް ގިނަ ދަތިތަކެއް
27 އެޕްރީލު 2024

ކޭސް މެނޭޖްމަންޓް ސިސްޓަމާއެކު އަވަސްކަމާއެކު އަދުލު އިންސާފު ލިބިގެންދާނެ - ރިޒްނާ

27 އެޕްރީލު 2024
ކޭސް މެނޭޖްމަންޓް ސިސްޓަމާއެކު އަވަސްކަމާއެކު އަދުލު އިންސާފު ލިބިގެންދާނެ - ރިޒްނާ
04 އެޕްރީލު 2024

ކްރިމިނަލް ކޯޓުގެ ހިންގުން ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމަށް އަދި ހަތަރު މަހެއްހާ ދުވަސް ނަގާނެ: ޑީޖޭއޭ

04 އެޕްރީލު 2024
ކްރިމިނަލް ކޯޓުގެ ހިންގުން ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމަށް އަދި ހަތަރު މަހެއްހާ ދުވަސް ނަގާނެ: ޑީޖޭއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު