Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންސާނުންގެ ލެއިން މައިކްރޯޕްލާސްޓިކް ފެނުން

ފުރަތަމަ ފަހަރަށް އިންސާނުންގެ ލެއިން މައިކްރޯޕްލާސްޓިކް ފެނިއްޖެ

22 މީހެއްގެ ލޭގެ ސާމްޕަލްތައް ބެލިއިރު، 80 އިންސައްތަ މީހުންގެ ލެއިން ވަނީ މައިކްރޯ ޕްލާސްޓިކް ފެނިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 26 މާރިޗު 2022 | ހޮނިހިރު 02:21
އިންސާނުންގެ ލޭގައި މައިކްރޯ ޕްލާސްޓިކް ހުރިތޯ ބެލުމުގެ ދިރާސާއެއް ވަނީ ކުރިއަށްގެންގޮސްފައި

އިންސާނުންގެ ލޭގައި މައިކްރޯ ޕްލާސްޓިކް ހުރިތޯ ބެލުމުގެ ދިރާސާއެއް ވަނީ ކުރިއަށްގެންގޮސްފައި

ފުރަތަމަ ފަހަރަށް ސައިންސްވެރިންނަށް އިންސާނުންގެ ލެއިން މައިކްރޯޕްލާސްޓިކް ފެނިއްޖެއެވެ.

މިއާއެކު ސައިންސްވެރިން ވަނީ ލޭގެ ޒަރީއާއިން ގުނަވަންތަކަށްވެސް މައިކްރޯޕްލާސްޓިކް ހިނގައިދާނެކަމުގެ އިންޒާރުދީފައެވެ. މައިކްރޯޕްލާސްޓިކް ވަނީ ދުނިޔޭގެ ގާތްގަނޑަކަށް ހުރިހާ ހިސާބަކުން ފެނިފައެވެ. އެގޮތުން އެންމެ ފުން ކަނޑުތަކުންނާއި އެންމެ އުސް ފަރުބަދަތަކުންނާއި ވެލިންނާއި ވައިންނާއި ފުޑްޗެއިންގެ ތެރެއިންވެސް ވަނީ މައިކްރޯޕްލާސްޓިކް ފެނިފައެވެ.

އެންވަޔަރަންމަންޓް އިންޓަރނޭޝަނަލް ޖަރނަލްގައި ޝާއިއުކޮށްފައިވާ ޑަޗް ސްޓަޑީގައި ބަލާފައިވަނީ 22 މީހެއްގެ ލޭގެ ސާމްޕަލެވެ. މިސާމްޕަލްތައް ބެލިބެލުމުގައި ގާތްގަނޑަކަށް 80 އިންސައްތަ މީހުންގެ ލެއިން ވަނީ މައިކްރޯ ޕްލާސްޓިކް ފެނިފައެވެ.

މީގެތެރެއިން ދެބައިކުޅަ އެއްބައި ސާމްޕަލުން ވަނީ ޕީއީޓީ ޕްލާސްޓިކް ފެނިފައެވެ. މިއީ އެކިކަހަލަ ބުއިންތައް ބަންދުކުރާ ފުޅި އުފެއްދުމުގައި ބޭނުންކުރާ ވައްތަރެއްގެ ޕްލާސްޓިކެކެވެ. ތިންބައިކުޅަ އެއް ބަޔަށްވުރެ ގިނަ މީހުންގެ ލޭގެ ސާމްޕަލުން ޕޮލިސްޓްރީން ފެނިފައިވެއެވެ. މިއީ ކާނާއާއި އެހެން ތަކެތި ބަންދުކޮށްފައި ހުންނަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ބާވަތުގެ ޕްލާސްޓިކެކެވެ.

މިދިރާސާގައި ބައިވެރިވި ސައިންސްވެރިއެއް ކަމުގައިވާ ޑިކް ވެތާކު ވިދާޅުވީ, މިއީ ލޭގެތެރެއިން މައިކްރޯޕްލާސްޓިކް ދެނެގަނެވި އެއީ ކޮން ބާވަތެއްގެ ކިހާ މިންވަރަކަށްހުރި ޕްލާސްޓިކެއްކަން ދެނެގަނެވުނު ފުރަތަމަ ފަހަރުކަމުގައެވެ. އަދި މިއީ އިންސާނާގެ ހަށިގަނޑުގައި ޕްލާސްޓިކް ހުރިކަން ސާބިތުކޮށްދޭކަމެއް ކަމަށާއި މިޕްލާސްޓިކްތައް ދަނީ ހަށިގަނޑުގެ ކޮންތަނަކަށްކަން ދެނެގަތުން ވަރަށް މުހިންމުކަމެކެވެ. ހަށިގަނޑުގެ އެކި ގުނަވަންތަކަށް މި ދޭތޯއާއި ހަށިގަނޑުގައި ހަރުލާފައިހުރޭތޯ ބެލުންފަދަ އިތުރު ދިރާސާތައް ކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާސާގައި ބުނެފައިވަނީ މައިކްރޯޕްލާސްޓިކް އިންސާނާގެ ހަށިގަނޑު އެކި ގޮތްގޮތުން ވަދެފައިވާކަމަށް ބެލެވޭކަމަށެވެ. އެގޮތުން ވައިގެ ޒަރީއާއިންނާއި ފެނުގެ ޒަރީއާއިން ނުވަތަ ކާނާއިންވެސް ހަށިގަނޑުގެ ތެރެއަށް މައިކްރޯޕްލާސްޓިކް ވަދެފައި ހުރެދާނެކަމަށް ބެލެވޭކަމަށް ދިރާސާގައި ބުނެފައިވެއެވެ. މީގެއިތުރުން ދަތް އުނގުޅާއިރު ބޭނުންކުރާ ބޭހާއި، ލިޕް ގްލޮސް އަދި ޓެޓޫ ޖަހާއިރު ބޭނުންކުރާ ދެލިންވެސް މައިކްރޯޕްލާސްޓިކް ހަށިގަނޑުގެ ތެރެއަށް ވަދެދާނެކަމަށް ދިރާސާގައި ބުނެފައިވެއެވެ.

އަދި ހަށިގަނޑުގައި ލޭ ދައުރުކުރާ ނިޒާމުގެ ތެރެއިން ގުނަވަންތަނަކަށް ޕްލާސްޓިކުގެ އެތިކޮޅުތައް ވާސިލުވުމުގެ ފުރުސަތު އެބައޮތްކަމަށްވެސް ދިރާސާގައި ބުނެފައިވެއެވެ.

މީގެއިތުރުން މިދިރާސާގައި ވަކި ބޮޑު މިނަކަށްހުރި މައިކްރޯޕްލާސްޓިކް އެކަނި ދެނަގަތުމުގެ ފުރުސަތު ބޮޑުކަމުން, އެކި ސައިޒްތަކުގެ މައިކްރޯޕްލާސްޓިކް ލޭގެ ތެރޭގައި ހުރުން އެކަށީގެންވާކަމަށް ދިރާސާކުރިޔަށް ގެންދިޔަ ޓީމުންބުނެއެވެ. އެއީ މިދިރާސާގައި ދެނެގަނެވިފައިވާނީ ދިރާސާގައި ބޭނުންކުރި ކައްޓާ އެއްވަރުގެ މައިކްރޯޕްލާސްޓިކް ކަމުގައިވާތީ ކަމަށް ޓީމުން ވަނީ ބުނެފައެވެ.

މިދިރާސާއަށް ފަންޑުކޮށްފައިވަނީ ނެދަރލެންޑްގެ އޮގަނައިޒޭޝަނެއް ކަމުގައިވާ ހެލްތު ރިސަރޗް އެންޑް ޑިވެލޮޕްމަންޓުންނެވެ. މިއީ އިނގިރޭސިވިލާތުގައި މަސައްކަތްކުރަމުން އަންނަ, ޕްލާސްޓިކް ޕޮލިޔުޝަން މަދުކުރުމަށް މަސައްކަތްކުރަމުން އަންނަ ގްރޫޕެކެވެ.

ނިއު ސައިންޓިސްޓްޕްލާސްޓިކް

ކޮމެންޓް

އިތުރަށް ކިޔާލަން

ދެނެގަނެވިފައި އޮތް މިންވަރަށް ވުރެ ޕްލާސްޓިކްގައި ކެމިކަލް ގިނަ، ބޮޑު ޕަސެންޓެއް ރެގިއުލޭޓް ކުރެވޭނެ ގޮތެއްވެސް ނެތް!

ދެނެގަނެވިފައި އޮތް މިންވަރަށް ވުރެ ޕްލާސްޓިކްގައި ކެމިކަލް ގިނަ، ބޮޑު ޕަސެންޓެއް ރެގިއުލޭޓް ކުރެވޭނެ ގޮތެއްވެސް ނެތް!

20 މާރިޗު 2024
މިއަދުން ފެށިގެން ސުޕާރި ޕެކެޓް އަދި 50 މައިކްރޯނަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު އެތެރެކުރުމާއި އުފެއްދުން މަނާ

މިއަދުން ފެށިގެން ސުޕާރި ޕެކެޓް އަދި 50 މައިކްރޯނަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު އެތެރެކުރުމާއި އުފެއްދުން މަނާ

01 ޖެނުއަރީ 2024
ޕްލާސްޓިކް ކޮތަޅުން ނަގާ ފީން ދައުލަތަށް 8.3 މިލިއަން ރުފިޔާ

ޕްލާސްޓިކް ކޮތަޅުން ނަގާ ފީން ދައުލަތަށް 8.3 މިލިއަން ރުފިޔާ

23 އޮކްޓޯބަރު 2023
އުކާލާ ޕްލާސްޓިކް ދޭސީ ދަނޑުވެރިކަމަށް

އުކާލާ ޕްލާސްޓިކް ދޭސީ ދަނޑުވެރިކަމަށް

27 މާރިޗު 2023
ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގަވާއިދު އާންމުކޮށްފި

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގަވާއިދު އާންމުކޮށްފި

25 ފެބުރުއަރީ 2023

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު