Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާގެ އިންޒާރު ޔޫރަޕަށް

ގޭހަށް ރަޝިޔާގެ ކަރަންސީން އަގުއަދާކުރަންޖެހޭ ދުވަސް އޮތީ ދުރުގައި ނޫންކަމަށް ބުނެ ރަޝިޔާގެ އިންޒާރު ޔޫރަޕަށް

ޕުޓިން ނިންމަވާފައިވަނީ، ރަޝިޔާގެ ތެލާއި ގޭސް ގަންނަ ގައުމުތަކުގެ ތެރެއިން ރަހުމަތްތެރި ނޫން ގައުމުތަކުން އޭގެ އަގު ދެން އަދާކުރަންޖެހޭނީ ރުބެލްއިން ކަމުގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 26 މާރިޗު 2022 | ހޮނިހިރު 04:07
ދުނިޔޭގެ އެންމެ ބޮޑު ގުދުރަތީ ގޭސް އުފައްދާ ކުންފުނިކަމުގައިވާ ގެޒްޕްރޮމް

ދުނިޔޭގެ އެންމެ ބޮޑު ގުދުރަތީ ގޭސް އުފައްދާ ކުންފުނިކަމުގައިވާ ގެޒްޕްރޮމް

ޔޫރަޕަށް ރަޝިޔާއިން އެތެރެކުރާ ގުދުރަތީ ގޭހަށް ރަޝިޔާގެ ފައިސާކަމުގައިވާ ރުބެލްއިން ބިލްކުރަންޖެހޭ ދުވަސް އޮތީ ދުރުގައި ނޫންކަމަށް ބުނެ ރަޝިޔާއިން ޔޫރަޕަށް އިންޒާރު ދީފިއެވެ.

މިއީ ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދޭން ފެށުމުން ޔޫރަޕުން ރަޝިޔާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް ރަޝިޔާއިން ޔޫރަޕަށް ދިން އެންމެ ވަރުގަދަ ރައްދެވެ. ޔޫރަޕާއި ނޭޓޯ އަދި އެމެރިކާއިން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ރަޝިޔާގެ އިގުތިސާދަށް ވަނީ މިއިން ދުވަހަކު ކުރިމަތިނުވާވަރުގެ ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފައެވެ. މިއީ ސޯވިއެޓް ޔޫނިއަން ރޫޅުނުފަހުން ރަޝިޔާގެ އިގުތިސާދަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާއެވެ.

މިއާއެކު ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ވަނީ ބުދަ ދުވަހު ހުޅަނގާ ދެކޮޅަށް ވަރުގަދަ ފިޔަވަޅެއް އަޅުއްވާފައެވެ. އެއީ ރަޝިޔާއިން އެކްސްޕޯޓްކުރާ ގޭހަށް ފައިސާ ދައްކަންޖެހޭނީ ރަޝިޔާގެ ފައިސާއިން ކަމުގައިވާ ރުބެލް އިންކަމަށް ނިންމަވާފައެވެ. ޕުޓިން ނިންމެވީ ރަޝިޔާގެ ތެލާއި ގޭސް ގަންނަ ގައުމުތަކުގެ ތެރޭން ރަހްމަތްތެރި ނޫން ގައުމުތަކުން އޭގެ އަގު ދެން އަދާކުރަންޖެހޭނީ ރުބެލްއިން ކަމުގައެވެ.

މިނިންމެވުމުން ހާމަކުރައްވަމުން ޕުޓިން ވިދާޅުވީ ހުޅަނގުން ވަނީ ރަޝިޔާގެ އެސެޓްތައް ފްރީޒްކޮށްފައިކަމަށެވެ. އެހެންކަމުން ރަޝިޔާއިން އެކްސްޕޯޓްކުރާ ބާވަތްތަކަށް ޑޮލަރާއި ޔޫރޯއިން އަގު އަދާކުރަންޖެހޭތަން ފެނިވަޑައިނުގަންނަވާކަމަށް ޕުޓިން ވިދާޅުވިއެވެ.

ކްރެމްލިންއިން ވަނީ ހުކުރު ދުވަހު ދުނިޔޭގެ އެންމެ ބޮޑު ގުދުރަތީ ގޭސް އުފައްދާ ކުންފުނިކަމުގައިވާ ގެޒްޕްރޮމް ލއަށް އެކުންފުނީގެ ހުރިހާ ޕޭމަންޓްތަކެއް ރުބެލްއިން ކުރުމަށް އަންގާފައެވެ. އެކަންކުރުމަށް ކުންފުންޏަށް ދީފައިވަނީ ފަސް ދުވަހުގެ މުއްދަތެވެ. މިމުއްދަތުގެ ތެރޭގައި އެކުންފުނީގެ ހުރިހާ މުއާމަލާތްތަކެއް ރުބެލްއިން ކުރާނެ ގޮތްތަކެއް އެކުލަވާލަންޖެހޭނެއެވެ.

ޔޫރަޕަށް އެކްސްޕޯޓްކުރާ ގޭހުގެ 40 އިންސައްތަ ގޭހަކީ ގެޒްޕްރޮމްއިން އެކްސްޕޯޓްކުރާ ގޭހެވެ. މިކަމާ ގުޅިގެން ކްރެމްލިންގެ ސްޕޯކްސްމަން ޑިމިޓްރީ ޕެސްކޮވް ވިދާޅުވީ ރަޝިޔާގެ ރައީސް ވަނީ މިއެންގެވުން ގެޒްޕްރޮމްއަށް މިހާރު އަންގަވާފައިކަމަށެވެ.

މިނިންމުމާއެކު, ގޭސް ގަންނަ ފަރާތްތަކުން އަންނަނީ ރަޝިޔާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ރުބެލްއިން ގޭސް ގަނެވޭނެ ގޮތްތައް ހޯދަމުންނެވެ.

އޮކްސްފޯރޑް އިންސްޓިޓިއުޓް ފޮރ އެނަރޖީ ސްޓަޑީސްގައި ރިސަރޗް ފެލޯއެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޖޮނަތަން ސްޓާރން ވިދާޅުވީ ރުބެލްއިން ޕޭމަންޓްތައް ހެދުން ވާނީ ވަރަށް އުނދަގޫ ކަމެއްކަމަށެވެ. އަދި ޔޫރަޕުގައި ތިބި ގޭސް ގަންނަ ގިނަ ފަރާތްތަކަށް ރުބެލްއިން ގޭސް ގަތުމުގެ އިންތިޒާމު ހަމަޖެއްސުމަކީ ވަރަށް ނާދިރުކަމެއްކަމަށް ވިދާޅުވިއެވެ.

ގެޒްޕްރޮމްއިން, ރުބެލްއިން ނޫނީ މުއާމަލާތްނުކުރަން ނިންމައި ގޭސް އެކްސްޕޯޓްކުރުން ހުއްޓާލައިފިނަމަ އެއީ ކޮންޓްރެކްޓާ ޚިލާފުވުން ކަމަށް ޖޮނަތަން ވިދާޅުވިއެވެ.

ޕޭމަންޓްތައް ރުބެލްއިން ހަދަންފަށައިފިނަމަ ވެއްޓިފައިވާ ރުބެލްގެ އަގު މައްޗަށް އަރާނެއެވެ.

އަނެއްކޮޅުން ޕުޓިންގެ މިނިންމެވުމާއެކު މިހާރުވެސް ޔޫރަޕްގެ ބައެއް ގައުމުތަކުގައި ވަނީ ގޭހުގެ މައްޗަށް އަރާފައެވެ.

ޕުޓިންގެ މިނިންމެވުން ހާމަކުރައްވާފައި މިވަނީ ޔޫރަޕިއަން ޔޫނިއަނުން ރަޝިޔާއާ ދެކޮޅަށް އަޅާނެ ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާތައް ކުރަމުންދަނިކޮށެވެ. އަދި މިއީ 1970ގެ އަހަރުތަކުގެ ކުރީކޮޅު އޭރުގެ ސޯވިއެޓް ޔޫނިއަނުން ސަރބިއާ މަގުން ޔޫރަޕަށް އަޅާފައިވާ ގޭސް ޕައިޕްލައިންގެ ފަހުން ރަޝިޔާއިން ގޭސް އެކްސްޕޯޓް ކުރުމުގައި ގެންގުޅޭ ސިޔާސަތަށް ގެނައި އެންމެ ބޮޑު ބަދަލުވެސްމެއެވެ.

ރަޝިޔާގެ ވެރިކަމުގައި 1999 ވަނަ އަހަރުން ފެށިގެން ހުންނެވި ޕުޓިން ވަނީ އެމެރިކާ ޑޮލަރު އެއީ ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބަލައިގަންނަ ކަރަންސީއަށްވާތީ އެކަމާ ދެކޮޅަށް ކުރިން ފެށިގެންވެސް ވާހަކަދައްކަވާފައެވެ. އަދި މިއީ އެމެރިކާއިން ރަޝިޔާއާ ދެކޮޅަށް ބޭނުންކުރާ ކަމެއްގެ ގޮތުގައިވެސް ޕުޓިން ސިފަކުރައްވަފައެވެ.

ރަޝިޔާއިން ބޭރުގައި ހުރި 640 ބިލިއަން ޑޮލަރުގެ ރިޒަރވްގެ ތެރެއިން 300 ބިލިއަން ޑޮލަރު ހުޅަނގުން ފްރީޒްކުރުން ވެގެންދިޔައީ ރަޝިޔާއަށް ލިބިގެންދިޔަ ކުއްލި ސިހުމަކަށެވެ. ރަޝިޔާއިން ބުނީ ހުޅަނގުން ވަނީ ރަޝިޔާއާއެކު ވެފައިވާ އެއްބަސްވުންތައް ފުއްދުމުގައި ފެއިލްވެފައިކަމަށާއި އެހެންކަމުން ރަޝިޔާއިން ޔޫރޯއާއި ޑޮލަރު ބޭނުންކުރަމުން އައި ކުރުން މިހިސާބުން ނިމުމަކަށް އައީކަމަށެވެ.

ރަޝިޔާގެ ކަރަންސީކަމުގައިވާ ރުބެލްއިން މުއާމަލާތްތައް ކުރުމުގައި ރަޝިޔާއިން ކުރިޔަށްދާނީ ކިހާ މިންވަރަކަށްކަމާމެދު ވާހަކަދެއްކުމަށް ކްރެމްލިންއިން ވަނީ ދެކޮޅުހަދާފައެވެ. ރަޝިޔާއަކީ އެންމެ ގިނަ އަދަދަކަށް ތެލާއި ގޭހާއި މެޓަލްގެ ބާވަތްތައް އެކި ގައުމުތަކަށް އެކްސްޕޯޓްކުރާ އެއް ގައުމެވެ. މީގެ ގިނަ މުއާމަލާތްތައް ކުރަނީ ޑޮލަރުންނެވެ.

ރަޝިޔާއިން އަހަރެއްގެ މައްޗަށް 320 ބިލިއަން ޑޮލަރުގެ ގޭސް އެކްސްޕޯޓްކުރެއެވެ. މިހުރިހާ މުއާމަލާތްތައް ރުބެލްއިން ކުރިޔަށްގެންދާނެ ގޮތެއް އަދި ސާފެއްނުވެއެވެ. ގެޒްޕްރޮމްއިން ގޭސް އެކްސްޕޯޓްކުރުމުގެ 58 އިންސައްތަ މުއާލަމާތް ކުރަނީ ޔޫރޯއިންނެވެ. 39 އިންސައްތަ މުއާމަލާތްތައް އެމެރިކާ ޑޮލަރުން ކުރާއިރު 3 އިންސައްތަ މުއާމަލާތްތައް ކުރަނީ ސްޓަރލިންއިން ކަމަށް އެކުންފުނިން ބުނެއެވެ.

ޖަރމަންގެ ފިނޭންސް މިނިސްޓަރ ކްރިސްޓިއަން ލިންޑަރ ވަނީ ޖަރުމަނަށް ގޭސް އެތެރެކުރާ ކުންފުނިތަކުން ރުބެލްއިން މުއާމަލާތް ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

އަނެއްކޮޅުން ރުބެލްއިން މުއާމަލާތްތައް ކުރުމަށް ޝަރުތުކުރުމަކީ ވެފައިވާ އެއްބަސްވުންތަކާއި ޚިލާފަށް ކުރާކަމެއްކަން އަދި ސާފެއްނުވެއެވެ.

ގެޒްޕްރޮމްއިން ގޭސް ގަންނަ ގިނަ ކުންފުނިތަކުން ބުނެފައިވަނީ ގެޒްޕްރޮމްއާއެކު ދިގު މުއްދަތަކަށް ހަދާފައިވާ އެއްބަސްވުންތަކުގައި ވަނީ މުއާމަލާތްތައް ކުރަންޖެހޭނީ ޔޫރޯއިން ނޫނީ އެމެރިކާ ޑޮލަރުންކަމަށެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަޔޫރަޕްއެމެރިކާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު