Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާކުރުން

ކުޑަކުދިންގެ އަދުލުގެ ގާނޫނު: ގިނަ ކަންކަން މަތިކޮށްފައިވޭ، އެމަސައްކަތްތައް ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި

25 މާރިޗު 2022 | ހުކުރު 09:33

މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 25 މާރިޗު 2022 | ހުކުރު 09:33
މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމް އެފެއަރޒް އަލީ ނަޒީރާއި، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމް އެފެއަރޒް އަލީ ނަޒީރާއި، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރެއިން ގިނަ ކަންކަން މަތިކޮށްފައިވާ ކަމަށާއި، އެމަސައްކަތްތައް ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމް އެފެއަރޒް އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރެއިން ގިނަ ކަންކަން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. މި މަސައްކަތްތަކީ ހޯމް މިނިސްޓްރީގެ އިތުރުން ކަމާއި ބެހޭ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށްގެން މެނުވީ ކާމިޔާބު ކުރުން އުނދަގޫ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކީ ވަސީލަތްތައް ނުލިބުމާއި، އެކަށީގެންވާ މިންވަރަށް މުވައްޒަފުން ނުލިބުން ކަމަށެވެ.

Advertisement - newsAdvertisement

ކުށުގެ ވެއްޓަށް ކުށަހެޅޭ ކުދިންނަށް މުޖުތަމައުއަށް ނެރުމެއް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަން ފާހަގަކުރައްވައި ސްޓޭޓް މިނިސްޓަރު ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން 7 ބާވަތެއްގެ މަރުކަޒު ގާއިމްކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ރާއްޖޭގައި މަރުކަޒުކޮށްގެން ފަރުވާ ދޭންޖެހޭ ކުދިންގެ އަދަދު އެހައި ގިނަ ނޫން ކަމަށާއި، އެހައި ގިނަ މަރުކަޒުތަކެއް ގާއިމް ކުރަންޖެހޭ ސަބަބު ނުވިސްނޭ ކަމަށެވެ. ރާއްޖޭގައި ކުށުގެ ވެއްޓަށް ހުށަހެޅޭ ކުދިންގެ ނިސްބަތުން މަދުއިރު، އެކުދިންނަށް އެކަށީގެންވާ އަޅާލުމާއި، ލޮއެއްބާއި ތަމްރީން ދޭން ޖެހޭ ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކުދިންނަށް އެކަށީގެންވާ ތަމްރީން ނުދެވުމަކީ ކުދިން ކުރާ ކުށްތައް ބޮޑުވެ، އަތް ނުފޯރާ ހިސާބަށް ދާ ސަބަބުގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

ޖުވެނަލް ޖަސްޓިސްގެ ބެލުމުގެ ދަށުން ދ.ކުޑަހުވަދޫގައި ރެހެބިލިޓޭޝަން ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރައްވައި ސްޓޭޓް މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު މަސައްކަތް ނިންމާއި، އެސެންޓަރުގައި ކުދިންނަށް ފަރުވާ ދެވެން ފެށޭނެ ކަމަށެވެ. އަދި އެހެނިހެން ސެންޓަރުތަކާއި، ހިންގަންޖެހޭ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ނުގެންދެވެނީ ބަޖެޓްގައި ފައިސާ އެލޮކޭޓްކޮށްފައި ނެތުމާއި، އެކަށީގެންވާ މިންވަރަށް ދާއިރާއަށް ތަމްރީންވެފައިވާ މުވައްޒަފުން ނުލިބޭތީ ކަމަށެވެ.

ހައުސިންގ މިނިސްޓްރީ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2025

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

28 ނޮވެމްބަރު 2025
ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި
03 އޮކްޓޯބަރު 2025

ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ކޮރަޕްޓް އެއްބަސްވުން ހަދާފައި އޮތީ މިނިސްޓަރ އިހުސާނުގެ ބެލުމުގެ ދަށުން: ޝަމްހީދު

03 އޮކްޓޯބަރު 2025
ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ކޮރަޕްޓް އެއްބަސްވުން ހަދާފައި އޮތީ މިނިސްޓަރ އިހުސާނުގެ ބެލުމުގެ ދަށުން: ޝަމްހީދު
07 ޖުލައި 2025

ސިޔާސީ ނުފޫޒްގައި އެންޑީއޭ ޕެރަލައިޒްވަނީ: ފަންނީ މީހުންގެ ބަހެއް ނުވިކޭ!

07 ޖުލައި 2025
ސިޔާސީ ނުފޫޒްގައި އެންޑީއޭ ޕެރަލައިޒްވަނީ: ފަންނީ މީހުންގެ ބަހެއް ނުވިކޭ!
02 ޖުލައި 2025

ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް

02 ޖުލައި 2025
ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް
19 މާރިޗު 2025

"ހިލޭ ބޭސްފަރުވާއާއި، އުމުރުން ދުވަސްވީ މީހުންނަށްދޭ އެލަވަންސް ދީގެން ނުވާނެ"

19 މާރިޗު 2025
"ހިލޭ ބޭސްފަރުވާއާއި، އުމުރުން ދުވަސްވީ މީހުންނަށްދޭ އެލަވަންސް ދީގެން ނުވާނެ"
18 ޑިސެމްބަރު 2024

އޮޕަރޭޝަން ކުރަނގީގައި މިހާތަނަށް 18000ށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި

18 ޑިސެމްބަރު 2024
އޮޕަރޭޝަން ކުރަނގީގައި މިހާތަނަށް 18000ށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި
29 އޮކްޓޯބަރު 2024

ގުޅީފަޅުގެ ނުހިއްކައި އޮތް ފަޅުން 1،300 ގޯތި ދޫކުރުން - ގުރު ލުމާއި މެދު ކަންބޮޑުވުންތައް އިންތިހާ

29 އޮކްޓޯބަރު 2024
ގުޅީފަޅުގެ ނުހިއްކައި އޮތް ފަޅުން 1،300 ގޯތި ދޫކުރުން - ގުރު ލުމާއި މެދު ކަންބޮޑުވުންތައް އިންތިހާ
22 އޮކްޓޯބަރު 2024

ވިސާ ފީ އާއި ކޯޓާ ފީ، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޯދާފަ - އިހުސާން

22 އޮކްޓޯބަރު 2024
ވިސާ ފީ އާއި ކޯޓާ ފީ، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޯދާފަ - އިހުސާން
24 ޖުލައި 2024

ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅޭ ގޮތުން ބޮޑެތި އަދަދުތަކުން ފީ ނުދައްކާ ފަރާތްތައް އާންމު ކޮށްފި

24 ޖުލައި 2024
ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅޭ ގޮތުން ބޮޑެތި އަދަދުތަކުން ފީ ނުދައްކާ ފަރާތްތައް އާންމު ކޮށްފި
20 ޖުލައި 2024

ރާއްޖޭގެ ގިނަ މުއައްސަސާތަކަކީ ކޮރަޕްޝަންގެ ހާއްޔަކަށްވެއްޖެ: އިޙްސާން

20 ޖުލައި 2024
ރާއްޖޭގެ ގިނަ މުއައްސަސާތަކަކީ ކޮރަޕްޝަންގެ ހާއްޔަކަށްވެއްޖެ: އިޙްސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް