Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ޓިކެޓް ވިއްކުމުގެ ހުއްދަ ޗެލްސީއަށް ދީފި، ނަމަވެސް އެކަމުން މާލީ މަންފާއެއް ކްލަބަކަށް ނެތް!

24 މާރިޗު 2022 | ބުރާސްފަތި 02:53

ޗެމްޕިއަންސް ލީގާއި، އެފްއޭކަޕްގެ ޓިކެޓްވެސް ވިއްކޭނެ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 24 މާރިޗު 2022 | ބުރާސްފަތި 02:53
ލަނޑުޖެހުމަށްފަހު ޗެލްސީ ކުޅުންތެރިން، ފިޔަވަޅުތަކަށް ލުޔެއް ވަނީ ދީފައި

ލަނޑުޖެހުމަށްފަހު ޗެލްސީ ކުޅުންތެރިން، ފިޔަވަޅުތަކަށް ލުޔެއް ވަނީ ދީފައި

ޗެލްސީއަށް މާލީ މަންފާ ނުވާގޮތަށް, މެޗު ޓިކެޓް ވިއްކުމުގެ ހުއްދަ އެކްލަބަށް ދީފިއެވެ. ރަޝިޔާއާއި ޔުކްރެއިނާއި ދެމެދު ކުރަމުންދާ ހަނގުރާމަ އާއި ގުޅިގެން ރަޝިޔާގެ ވިޔަފާރިތަކަށާއި, ރަޝިޔާއަށް ވާގިވެރިވާ ވިޔަފާރިތަކަށް އިނގިރޭސި ސަރުކާރުން އެޅި ފިޔަވަޅުތަކާއި ގުޅިގެން ޗެލްސީގެ ވެރިޔާ އަބްރޯމަވިޗަށްވެސް ވަނީ ފިޔަވަޅު އަޅާފައެވެ. އެފިޔަވަޅުތަކުގެ ތެރެއިން ޗެލްސީގެ މެޗު ޓިކެޓް ވިއްކުންވެސް ހުއްޓުވިއެވެ.

ޗެލްސީގެ ފިހާރަތަކުގެ ވިޔަފާރިއާއި, ޓްރާންސްފަރުގެ ކަންތަކާއި, ކްލަބް ވިއްކާލުމުގެ ކަންކަންވެސް ކުރިއަށް ނުގެންދެވޭނެހެން ފިޔަވަޅުތައް އެޅިއެވެ. އެކަމަކު ސަޕޯޓަރުންގެ ހައްޤު ގެއްލި, ސަޕޯޓަރުންނަށް މެޗުތައް ބަލަން ވަނުމުގެ ފުރުޞަތު ގެއްލޭތީ އެކަމަށް އިނގިރޭސި ސަރުކާރުން ވަނީ ލުޔެއް ދީފައެވެ. އެއީ ވަކި މެޗުތަކެއްގެ ޓިކެޓް ވިއްކުމުގެ ހުއްދަ ދިނުމެވެ. އެގޮތުން ޗެމްޕިއަންސް ލީގު ކްއާޓަރ ފައިނަލް ފުރަތަމަ ލެގުގައި އަންނަ މަހު 6 ވަނަ ދުވަހު ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅޭ މެޗާއި, ވެމްބްލީގައި ކުޅޭ އެފްއޭކަޕް ސެމީފައިނަލްގައި ކްރިސްޓްލް ޕެލަސްއާއި ދެކޮޅަށް އޭޕްރީލް 16 ވަނަ ދުވަހު ކުޅޭ މެޗުގެ ޓިކެޓްވެސް ވިއްކޭނެއެވެ. އެކަމަކު އެފައިސާވެސް ޕްރިމިއަރ ލީގު މެދުވެރިކޮށް ލިބޭނީ ޝާމިލްވާ އެހެން ފަރާތްތަކަށެވެ. މީގެއިތުރުން ޗެލްސީގެ ދަނޑުގައި ކުޅޭ ޕްރިމިއަރ ލީގުގެ މެޗުތަކަށް އަވޭ ޓީމްގެ ސަޕޯޓަރުންނަށްވެސް ޓިކެޓް ވިއްކޭނެއެވެ. އެކަމަކު އެފައިސާ ދާނީ ޕްރިމިއަރ ލީގަށެވެ. ޗެލްސީން އަވޭގައި ކުޅޭ މެޗުތަކުގެ ޓިކެޓް ގަތުމުގެ ފުރުޞަތު ޗެލްސީގެ ސަޕޯޓަރުންނަށް ދިން ނަމަވެސް އެކަމުންވެސް މާލީ ފައިދާއެއް ޗެލްސީއަކަށް ނެތެވެ. އެފައިސާ ލިބޭނީ ޗެލްސީއާއި ދެކޮޅަށް ކުޅޭ ހޯސްޓް ކްލަބަށެވެ.

ޗެލްސީގެ އަންހެން ޓީމް ކުޅޭ މެޗުތަކުގެ ޓިކެޓް ވިއްކުމުގެ ހުއްދަވެސް ވަނީ ދީފައެވެ. އޭގެތެރޭގައި ހިމެނޭ އާސެނަލާއި ދެކޮޅަށް ކުޅޭ އެފްއޭކަޕް ސެމީފައިނަލް މެޗުގެ ޓިކެޓް ވިއްކައިގެން ލިބޭ ފައިސާވެސް ލިބޭނީ އިނގިރޭސި އެފްއޭއަށެވެ. އިނގިރޭސި ސަރުކާރުން ފުރަތަމަ އެޅި ފިޔަވަޅުތަކާއެކު ޗެލްސީ މެޗުތަކަށް ވަދެވޭނީ ހަމައެކަނި ސީޒަން ޓިކެޓް ގަނެފައިވާ ފަރާތްތަކަށާއި, ފިޔަވަޅުތައް އެޅުމުގެ ކުރިން ޓިކެޓް ގަނެފައިވާ ސަޕޯޓަރުންނަށެވެ.

ޗެލްސީއަށް ފިޔަވަޅުތައް އެޅިއިރު އަބްރޯމަވިޗް އޮތީ ކްލަބް ވިއްކާލަންވެސް އިއުލާންކޮށްފައެވެ. އެކަމަކު ފިޔަވަޅުތަކާއި ގުޅިގެން އެކަންވެސް ވަނީ ހުއްޓިފައެވެ.

ޗެލްސީޕްރިމިއަރ ލީގު

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް