Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންގެ މަސައްކަތް

ވަގެއް ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކުރުމަށް ފުލުހަކު ކުރި މަސައްކަތަށް ސީޕީގެ ތައުރީފް

23 މާރިޗު 2022 | ބުދަ 18:23

ވަގަށް ނެގި އެއްޗެހި ހޯދާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 23 މާރިޗު 2022 | ބުދަ 18:23
ދައުރުވަމުންދާ ވީޑިއޯގެ ސްކްރީން ޝޮޓެއް

ދައުރުވަމުންދާ ވީޑިއޯގެ ސްކްރީން ޝޮޓެއް

މާލެސިތީގެ މަގެއްގެ މަތިން، ވަގެއް ކަމަށް ތުހުމަތު ކުރެވޭ ފިރިހެނަކު އަތުގައި ގަތުމަށް މަސައްކަތް ކުރި ސާޖަންޓް މުއްސަދު އަސްލަމްގެ މަސައްކަތް ފާހަގަކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ތައުރީފް ކުރައްވައިފިއެވެ.

ބުދަ ދުވަހުގެ ވަގުތެއްގައި ސީޕީ ހަމީދު ވަނީ ސާޖަންޓް މުއްސަދާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމަށްފަހު ސީޕީ ވިދާޅުވީ މާފަންނު ޕޮލިސް ސްޓޭޝަންގެ އޮފިސަރު މުއްސަދު، ވައްކަން ކުރި މީހަކު ހައްޔަރުކޮށް ވަގަށް ނެގި އެއްޗެހި ހޯދާފައިވާ ކަމަށެވެ. އޭނާއަކީ ރަގަޅު ފުލުހެއްގެ ނަމޫނާއެއްކަން ފާހަގަކުރައްވައި ސީޕީ ވަނީ ވަރަށް ބޮޑަށް އޭނާ އަށް ތައުރީފް ވެސް ކުރައްވާފައެވެ.

Advertisement - newsAdvertisement

ސީޕީ ވިދާޅުވީ މިކަހަލަ ވަރަށް ގިނަ ކޭސްތަކުގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ އޮފިސަރުން ވަރަށް ފުރިހަމައަށް އެމީހުންގެ ޑިއުޓީ ފުރިހަމަކޮށް، އަދި ކުރަމުންދާ ކަމަށެވެ. ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތް ކުރަމުންދާއިރު، ކުށްމަދު އަމާންވެއްޓެއް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތް ވަރަށް ކާމިޔާބު ކަމަށް ސީޕީ ވިދާޅުވިއެވެ.

މީގެ އިތުރުން ސީޕީ ވިދާޅުވީ ދާދި ފަހުން ފްރަންޓަލައިން ޕޮލިސިންގ މޮޑެލްއަށް ގެނައި ބަދަލުތަކުގެ ނަތީޖާތައް ރަނގަޅަށް ފެންނަމުންދާ ކަމަށެވެ.

ވަގެއް ކަމަށް ތުހުމަތު ކުރެވޭ ފިރިހެނެއް އަތުގައި ގަތުމަށް މަސައްކަތް ކުރި ސާޖަންޓް މުއްސަދު އަސްލަމްގެ މަސައްކަތް ފާހަގަކުރައްވާ ސީޕީ ތައުރީފް ކުރައްވާފައިވާއިރު، ގިނަބައެއްގެ ސަމާލުކަން އެ ވީޑިއޯއަށް ލިބިފައިވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެވީޑިއޯއިން ފެންނަނީ އާއްމު މީހެއްގެ ފަހަތުން ވަރަށް ބާރަށް ދުވެފައި ސާޖަންޓް މުއްސަދު އަންނަ ތަނެވެ. ސާޖަންޓް މުއްސަދު އެމީހާއާއި އަރާ ހަމަކުރަނިކޮށް ގެއަކަށް އެމީހާ ވަދެއެވެ. ސިނޑިން ވެސް ވަރަށް ބާރަށް ދުވެފައި އަރައެވެ. އެކަމަކު ސާޖަންޓް މުއްސަދު ވެސް ހުއްޓުމެއް ނެތި ސިޑިން ދުވެފައި އަރައެވެ. ވަރުބަލިވި ނަމަވެސް ސާޖަންޓް މުއްސަދު ހުއްޓެނީ އެމީހާ އަތުލައި ގަތުމަށްފަހުއެވެ. ވައްކަން ކުރި ކަމަށް ތުހުމަތުވާ މިހާ ޓީޝާޓުގެ ގިރުވާނުގައި ހިފައި އަނެއްކާ ސިޑިން ތިރިއަށް ގެންދެއެވެ. އަދި އޭރު ދެ މީހުން ވެސް ތިބީ އިންތިހާއަށް ވަރުބަލިވެފައިކަން އެނގެއެވެ. އަދި އެންމެ ތިރީ ފްލޯއިން ފުލުހުންގެ މީހާ ފޯނެއް ނަގާތަން ފެނެއެވެ. މިއީ ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ އެމީހާ އެތަނަށް އެއްލާލި ފޯނުކަމަށް ބެލެވެއެވެ.

މި ހާދިސާއާއި ގުޅިގެން އެކި މީހުންގެ ޝުއޫރުތައް ބަންޑުން ކުރަމުންދާއިރު، ވަގުންގެ ފަހަތުން ދުވެ، މީހުން އަތުލައި ގަތުމަކީ އައު ކަމަކަށްނުވި ނަމަވެސް މިފަހަރު ވައިރަލްވި މި ވީޑިއޯ ވަރަށް ތަފާތު ކަމަށް ބައެއް މީހުން ބުނެފައިވެއެވެ. އެއީ މާލޭގައި ވައްކަމުގެ ތުހުމަތުކުރެވުނު މީހެއްގެ ފަހަތުން ފުލުހަކު ދުވެ، އަތުލައިގަތް މުޅި މަންޒަރު އާއްމު ރައްޔިތުންނަށް ފެނިގެންދަނީ މަދު ފަހަރެއްގައި ކަމަށްވާތީއެވެ. އެހެންކަމުން އާއްމުންނަށް މި ފެނިގެން މިދިޔަ ފުލުހުންގެ މީހާއަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ހުރި ސިންގްހަމް ކަމަށް ސިފަކޮށްފައިވެއެވެ. އަދި އެއްމިނިޓް 49 ސިކުންތުގެ ވީޑިއޯއިން އެކަނި ފުލުހުން ކުރަމުންދާ ބުރަ މަސައްކަތް ހިތަށް ތަސައްވުރު ނުކުރެވޭނެ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްޕޮލިސްވަގުން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
09 ޑިސެމްބަރު 2025

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި
08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް