Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރޯދައަށް ތައްޔާރުވުން

ރޯދަމަހު އިސްލާމީ މަރުކަޒުގައި އަންހެނުން ނަމާދުކުރުމަށް ބޮޑު ޖާގައެއް ހަމަޖައްސައިފި

ގްރައުންޑް ފްލޯރގެ އެއްބަޔާއި ދެވަނަ ފްލޯރ އަންހެނުންނަށް ޚާއްސަކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 23 މާރިޗު 2022 | ބުދަ 14:28
އިސްލަމީ މަރުކަޒު

އިސްލަމީ މަރުކަޒު

ރަމަޟާންމަހު އިސްލާމީ މަރުކަޒުގައި އަންހެނުން ނަމާދުކުރުމަށް ބޮޑު ޖާގައެއް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

ރާއްޖެމްއެމްވީއަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ, ކުރިއަށް އޮތް ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން މިނިސްޓްރީން ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު އިސްލާމީ މަރުކަޒު އާބާތުރަފިލުވުމުގެ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ. އަދި އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ އިސްލާމީ މަރުކަޒުގައި އަންހެނުންނަށް ނަމާދުކުރެވޭނެ ގޮތަށް ބޮޑު ޖާގައެއް ޚާއްސަކޮށްފައިވުމެވެ.

މިނިސްޓަރު ވިދާޅުވީ, އިސްލާމީ މަރުކަޒުގެ ގްރައުންޑް ފްލޯރ (ވަންނައިރު ވާތް ފަރާތް) ސަރަހައްދުގެ އެއްބައި އަންހެނުން ނަމާދު ކުރުމަށް ޚާއްސަކޮށްފައިވާ ކަމަށެވެ. އަދި ދެވަނަ ފްލޯރ ވެސް އަންހެނުންނަށް ޚާއްސަކޮށްފައިވާ ކަމަށެވެ. އަދި ރަމަޟާންމަހު, ފިރިހެނުން ނަމާދުކުރުމަށް ދެވަނަ ފްލޯރ ބޭނުންކުރާނީ ހުކުރު ނަމާދުގައި އެކަނި ކަމަށެވެ. ދެފަރާތުގައި ކާޕެޓް އަޅާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ފަހި ފުރުސަތުތައް ފަހިކޮށްދިނުމާއި، އާއްމު ރައްޔިތުންނަށް ލުއި ފަސޭހަ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް މަސައްކަތްކުރަމުން ދާކަމަށެވެ.

ރޯދައަށް ޚާއްސަކޮށް ގިނަ މަސައްކަތްތައް މިނިސްޓްރީން ކުރަމުންދާއިރު، ކުރީއަހަރު ތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވެއެވެ. އެގޮތުން މިއަހަރުވެސް ރަމަޟާން މަހަށް ޚާއްސަ ކޮށްގެން ދަރުސް ޕްރޮގްރާމްތައް ބޭއްވުމާއި، މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯއިން އުފައްދާ ޚާއްސަ ޓީވީ ޕްރޮގްރާމްތަކާއި ކުޑަކުދިންނަށް ޚާއްސަ ޓީވީ ޕްރޮގްރާމާއި، ދީނީގޮތުން ހޭލުންތެރިކުރުމުގެ ރޭޑިއޯ ޕްރޮގްރާމްތަކާއި، އަދި ކޮންމެ އަހަރަކުވެސް ރަމަޟާންމަހުގެ ރޭތައް އިހްޔާކުރުމުގެގޮތުން ކުރިޔަށްގެންދާ އިހްޔާ ފޯރަމް ބާއްވާގޮތަށް ހަމަޖެހިފައިވެއެވެ.

ނަމަވެސް ކުރީއަހަރުތަކާ ޚިލާފަށް މިއަހަރު އިހްޔާ ފޯރަމްތައް މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ 4 ރަށެއްގައިވެސް ކުރިޔަށް ގެންދަން ރާވާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

އިސްލާމިކް މިނިސްޓްރީރަމަޟާން 1443

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
25 ނޮވެމްބަރު 2025

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި
10 ނޮވެމްބަރު 2025

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި
30 އޮކްޓޯބަރު 2025

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ
30 އޮކްޓޯބަރު 2025

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ
23 އޮކްޓޯބަރު 2025

ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް

23 އޮކްޓޯބަރު 2025
ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް
23 އޮކްޓޯބަރު 2025

ހުރިހާ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ ޕްރޮސަސްގެ ތެރެއިން އެންމެ ގާބިލް ކުންފުނިތަކާ: ކުރީގެ އިސްލާމިކް މިނިސްޓަރު

23 އޮކްޓޯބަރު 2025
ހުރިހާ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ ޕްރޮސަސްގެ ތެރެއިން އެންމެ ގާބިލް ކުންފުނިތަކާ: ކުރީގެ އިސްލާމިކް މިނިސްޓަރު
23 އޮކްޓޯބަރު 2025

ދަރުވާލާފައި ކިޔައިގެން މިނިސްޓަރު ޝަހީމް ބޭނުންކުރާ އިބާރާތަކީ ވަރަށް ނުބައި އިބާރާތެއް: ކުރީގެ މިނިސްޓަރު

23 އޮކްޓޯބަރު 2025
ދަރުވާލާފައި ކިޔައިގެން މިނިސްޓަރު ޝަހީމް ބޭނުންކުރާ އިބާރާތަކީ ވަރަށް ނުބައި އިބާރާތެއް: ކުރީގެ މިނިސްޓަރު
23 އޮކްޓޯބަރު 2025

ޑރ ޒާހިރު ޝަހީމު އަށް: ޚުތުބާ އާ ބެހޭ ގޮތުން ތިޔަ ހެއްދެވީ ދޮގު، އެއްވެސް ޚުތުބާ އެއް ނުފޮރުވާ، ނުކިޔާކަށް ވެސް ނާންގާ

23 އޮކްޓޯބަރު 2025
ޑރ ޒާހިރު ޝަހީމު އަށް: ޚުތުބާ އާ ބެހޭ ގޮތުން ތިޔަ ހެއްދެވީ ދޮގު، އެއްވެސް ޚުތުބާ އެއް ނުފޮރުވާ، ނުކިޔާކަށް ވެސް ނާންގާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު