Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު

އެންމެ ބޮޑު އަމާޒަކީ އޭޝިއަން ކަޕް އަށް ކޮލިފައިވުން: މޮރިއެރޯ

މޮރިއެރޯ ކޯޗުކަމާއި ހަވާލުވިފަހުން އެއްވެސް ރަސްމީ މެޗަކުން ރާއްޖެ މޮޅެއް ނުވޭ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 23 މާރިޗު 2022 | ބުދަ 14:31
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ

ބުރާސްފަތި ދުވަހުގެރޭ ބަންގްލަދޭޝްއާއި ދެކޮޅަށް ނުކުންނަ މެޗުން މޮޅުވުން ވަރަށް މުހިންމު ކަމަށާއި ނަމަވެސް އެންމެ ބޮޑު އަމާޒަކީ އޭޝިއަންކަޕަށް ކޮލިފައިވުން ކަމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.

މިދިޔަ އަހަރު ލަންކާގައި ކުޅުނު ފޯނޭޝަންސް ކަޕުގައި ބަންގްލަދޭޝްއިން ވަނީ ރާއްޖެ ބަލިކޮށް ތާރީޚީ މޮޅެއް ހޯދާފައެވެ. އެއީ ފާއިތުވި 18 އަހަރުގެ ތެރޭގައި ބަންގްލަދޭޝްއިން ރާއްޖޭގެ މައްޗަށް ކުރިހޯދި ފުރަތަމަ ފަހަރެވެ. އެހެންކަމުން އެހަނދާންތައް ފުހެލުމަށްޓަކައި މާދަމާ ރޭގެ މެޗުން މޮޅުވުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ކޯޗު ފާހަގަ ކުރިއެވެ.

ފޯ ނޭޝަންސް ކަޕުގައި ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގައި ނަތީޖާ ނުނެރެވުނު ނަމަވެސް ވަރަށް ގިނަ ކަންތައް ރަނގަޅުކޮށްފައިވާކަން ފާހަގަކޮށް މޮރިއޭރޯ ބުނީ މާދަމާރޭގެ މެޗަށް ނުކުންނާނީ އެމެޗުން ފިލާވަޅު ލިބިގަނެގެން ކަމަށެވެ. ހަމައެހެންމެ ބަންގްލަދޭޝްގެ ކޯޗަކަށް މިހާރު ހުރީ ޔޫރަޕްގެ ކޯޗެއްކަމުން ޓީމު ލައްވާ އޭނާ ކުޅުވާނެގޮތް ކޮންމެވެސް ވަރަކަށް އަންދާޒާ ކުރެވޭކަމަށް މޮރިއެރޯ ބުނެފައިވެއެވެ. އިތުރަށް މޮރިއެރޯ ބުނީ އިދިކޮޅު ޓީމު ނުވަތަ ކޯޗުދެކެ ޖެހިލުންވާންޖެހޭ ސަބަބެއް ނެތްކަމަށެވެ. އަދި މަސައްކަތް ކުރާނީ އިހްތިރާމާއެކު ކުޅެގެން މޮޅުވާން ކަމަށެވެ.

މާދަމާ ރޭގެ މެޗަށް ނުކުންނައިރު ޒުވާން ކުޅުންތެރިންތަކެއް ސްކޮޑުގައި ހިމެނުމަކީ އެކަށީގެންވާ ކަމެއްކަމަށް މޮރިއެރޯ ބުނެަފައިވެއެވެ. މޮރިއެރޯ ބުނީ މިއީ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ އެމީހުންނަށް ރަނގަޅު ތަޖުރިބާއެއް ހޯދައިދޭންވީ ވަގުތު ކަމަށެވެ. އަދި ބައެއް ސީނިއަރ ކުޅުންތެރިން ބަދަލު ކުރަން ޖެހިފައިވާއިރު، އެކަމަށް ޒުވާން ކުޅުންތެރިން ތަމްރީނުކުރަންޖެހޭކަން ފާހަގަކޮށްފައިވެއެވެ.

މިއީ މޮރިއެރޯ ގައުމީ ޓީމާއި ހަވާލުވުމަށްފަހު ގަލޮޅު ދަނޑުގައި ޓީމު ކުޅޭނެ ފުރަތަމަ މެޗެވެ. މި މެޗަށް ނުކުންނައިރު ޓީމުގައި އަލީ އަޝްފާޤް (ދަގަނޑޭ) ހިމަނާފައެއް ނުވެއެވެ. މޮރިއެރޯ ބުނީ އަޝްފާޤް އާއި އޭނާ ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި އަޝްފާޤުވެސް ގަބޫލުކުރާ ގޮތުގައި މިވަގުތު އޭނާ ޓީމަށް ނުނެގުމަކީ ޓީމަށް އެންމެ ރަނގަޅުގޮތް ކަމަށެވެ. މިފަހަރުގެ ސީޒަން ފަށަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގެ ފަހުން ޓޮޕް ޑިވިޝަންގެ އެއްވެސް މެޗެއްގައި އަޝްފާގު ކުޅެފައެއް ނުވެއެވެ.

ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ ބުނީ އަޝްފާގަކީ އޭނާގެ ބަދަލުގައި އެރުވޭވަރުގެ އެހެން ކުޅުންތެރިއެއް ނެތް ކުޅުންތެރިއެއް ނަމަވެސް ޒުވާން ކުޅުންތެރިންގެ ބޭނުން ހިފައިގެން މާދަމާރޭގެ މެޗު ކާމިޔާބު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އޭޝިއަންކަޕް ކޮލިފައިންގެ ކުރިން ފަރިތަކުރުމަށާއި މެޗުތައް ކުޅުމަށް މާގިނަ ދުވަސް ނުލިބޭނެކަން ފާހަގަކުރަމުން އަކްރަމް ބުނީ މި މެޗަކީ ހުރިހާ ގޮތަކުންވެސް ވަރަށް މުހިންމު މެޗެއް ކަމަށެވެ.

އަކްރަމް ބުނީ މާދަމާ ރޭގެ މެޗަކީ ފާއިތުވި ދެ މުބާރާތުން ދިވެހީންނަށް ލިބުނު ހިތްދަތިކަން ފިލުވާލުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ. އެހެންކަމުން އެ ފުރުސަތުގެ ބޭނުންހިފައި ޓީމު މޮޅުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ގައުމީ ހޭންޑްބޯލް ޓީމުއެފްއޭއެމް

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

24 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

18 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު