Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫސުމާއި ބެހޭ ޤައުމީ އިދާރާ

މޫސުމާއި ބެހޭ ޤައުމީ އިދާރާގެ އައު ވެބްސައިޓް ލޯންޗުކޮށް، ވާރޭ ފެން ނެގޭނެ ސަރަހައްދުތައް އަންގައިދޭ ނޮޓިފިކޭޝަން އެޕަށް

23 މާރިޗު 2022 | ބުދަ 08:11

ވެބްސައިޓުން ކުރިއަށް އޮތް ތިން ދުވަހުގެ މޫސުން ބަލާލެވޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 23 މާރިޗު 2022 | ބުދަ 08:11
މި ޚިދުމަތްތައް ލޯންޗުކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ

މި ޚިދުމަތްތައް ލޯންޗުކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ

މޫސުމާއި ބެހޭ ޤައުމީ އިދާރާގެ އައު ވެބްސައިޓް ލޯންޗުކޮށް، ވާރޭ ފެން ނެގޭނެ ސަރަހައްދުތައް މެޓް އޮފީހުގެ އެޕްލިކޭޝަން މެދުވެރިކޮށް ބެލޭނެ ގޮތް ހަދައިފިއެވެ.

މެޓް އޮފީހުގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މި ޚިދުމަތްތައް ލޯންޗުކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާއެވެ.

Advertisement - newsAdvertisement

އައު ވެބްސައިޓް ލޯންޗުކޮށްފައިވާއިރު މި ވެބްސައިޓުން ކުރިއަށް އޮތް ތިން ދުވަހުގެ މޫސުން ބަލާލެވޭނެ ކަމަށާއި އެންމެ ފަހުގެ ސެޓެލައިޓް ފޮޓޯތައް ވެސް ފެންނަން ހުންނާނެ ކަމަށް އެ އިދާރާ އިން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ މެޓް އޮފީހަކީ ދާން ބޭނުންވާ މަންޒިލަށް މަގު ފަހިކޮށްދޭ މުއައްސަސާއެއް ކަމަށެވެ. އަދި ކުރީ އަހަރުތަކާއި އަޅާބަލާއިރު މިހާރު އެ އޮފީހުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކަން ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ އެތަނުގެ ޓެކްނިކަލް ކެޕޭސިޓީ ވެސް ރަނގަޅު ކަމަށެވެ.

އަހަރުގެ ދެބައި ކަނޑުގަދަވެ، ވައިގަދަވާ ކަމަށާއި އެހެންކަމުން ކަނޑުމަތީގައި ހިނގާ ހިތާމަވެރި ހާދިސާތައް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އާންމު ރައްޔިތުންނަށް ރައްކާތެރިކަމާއެކު އެއްރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަކީ ދައުލަތު ޒިންމާއެއް ކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތައް ގުޅިފައިވަނީ ވާރޭ ވެހޭ މިންވަރާއި ރަށް ގިރުމާއި ފެން ފަށަލައަށް އަންނަ ބަދަލުތަކަށް ކަމަށާއި މެޓް އޮފީހުން އެއްކޮށްފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދުރާލާ ކަންކަން ރާވަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކި ޕްރޮޖެކްޓްތައް ސަރުކާރުން ހިންގާއިރު މޫސުމަށް އަންނަ ބަދަލުތަކަށް ބެލުމަށްފަހު އެކަންތައް ކުރިއަށް ގެންދަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ޝައުނާ އިތުރަށް ވިދާޅުވީ ވާރޭފެން ނެގޭނެ ސަރަހައްދުތައް އަންގައިދޭ ނޮޓިފިކޭޝަން އެޕްލިކޭޝަނަށް އިތުރު ކުރެވިފައިވާއިރު ވާރޭފެން ރައްކާ ކުރުމުގެ ނިޒާމުތައް މިހާރު ހުރި މިންވަރަށް ވުރެން ވެސް ހަރުދަނާ ކުރަން ޖެހޭނެ ކަމަށެވެ. އަދި މި ޚިދުމަތުގެ ބޭނުން އެންމެން ވެސް ހިފުމަށް ވަނީ އެދިވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެޓް އޮފީހުގެ ޑިރެކްޓަރ ޖެނެރަލް އަބްދުﷲ ވާހިދު ވިދާޅުވީ މިއީ އެޕްލިކޭޝަނަށް ލިބިގެން ދިޔަ އިތުރު ފުރިހަމަކަމެއް ކަމަށެވެ. އަދި މެޓް އޮފީހުން އަބަދުވެސް މަސައްކަތް ކުރަނީ ގޮންޖެހުންތަކާއެކު ވެސް ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާގެ އެޕްލިކޭޝަން ‘moosun’ ގޫގުލް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ޑައުންލޯޑް ކޮށްލެވޭނެއެވެ. އަދި އެއިދާރާގެ ވެބްސައިޓް www.meteorology.gov.mv އިން މައުލޫމާތު ލިބޭނެކަމުގައި މެޓް އޮފީހުން ބުނެއެވެ.

މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސަސް

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2025

ތޫފާން "ޑިޓުވާ" ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދުރަށް، އެކަމަކު ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ

28 ނޮވެމްބަރު 2025
ތޫފާން "ޑިޓުވާ" ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދުރަށް، އެކަމަކު ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ
27 ނޮވެމްބަރު 2025

މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް

27 ނޮވެމްބަރު 2025
މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް
23 އޮކްޓޯބަރު 2025

ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ

23 އޮކްޓޯބަރު 2025
ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ
17 އޮކްޓޯބަރު 2025

ހޯމަ ދުވަހާ ހަމައަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ، ސަމާލުވޭ

17 އޮކްޓޯބަރު 2025
ހޯމަ ދުވަހާ ހަމައަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ، ސަމާލުވޭ
15 އޮކްޓޯބަރު 2025

މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

15 އޮކްޓޯބަރު 2025
މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި
14 އޮކްޓޯބަރު 2025

މޫސުމާ ބެހޭ އޮފީހުގެ އިރުޝާދަށް ވެރިމީހާ ބެލުމެއް ނެތެވެ އެކަމަކު އާންމު މީހާ އެއަށް ތަބާ ވާން ޖެހެއެވެ!

14 އޮކްޓޯބަރު 2025
މޫސުމާ ބެހޭ އޮފީހުގެ އިރުޝާދަށް ވެރިމީހާ ބެލުމެއް ނެތެވެ އެކަމަކު އާންމު މީހާ އެއަށް ތަބާ ވާން ޖެހެއެވެ!
20 އޯގަސްޓު 2025

ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

20 އޯގަސްޓު 2025
ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި
04 އޯގަސްޓު 2025

ކަނޑުދަތުރފަތުރު ކުރާ އިރު ސަމާލުވުމަށް އިލްތިމާސްކޮށްފި

04 އޯގަސްޓު 2025
ކަނޑުދަތުރފަތުރު ކުރާ އިރު ސަމާލުވުމަށް އިލްތިމާސްކޮށްފި
18 ޖުލައި 2025

ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އިންޒާރު

18 ޖުލައި 2025
ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އިންޒާރު
18 ނޮވެމްބަރު 2024

ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ، ސަމާލުވޭ

18 ނޮވެމްބަރު 2024
ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ، ސަމާލުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް