Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަންހެނުން ދުވަހުގެ ރަސްމީ ޖަލްސާ

އަންހެނުން ވަކާލާތުކުރަނީ އަންހެނުންގެ ކަންބޮޑުވުންތަކަކީ މުޅި މުޖުތަމައުގެ ކަންބޮޑުވުންތަކެއްގެ ގޮތުގައި ދުށުމަށް: ފަޒްނާ

ފަޒްނާ ވަނީ އަންހެނުން ދިރިއުޅެމުން އަންނަ ބިޒީ ޒިންމާބޮޑު ދިރިއުޅުމާއި އެދިރިއުޅުމުގައި ނަގަންޖެހޭ ޒިންމާތަކުގައި ފިރިހެނުންގެ ބައިވެރިވުން މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 މާރިޗު 2022 | ބުދަ 04:11
ފަސްޓް ލޭޑީ ފަޒްނާ އަހުމަދު

ފަސްޓް ލޭޑީ ފަޒްނާ އަހުމަދު

އަންހެނުން ވަކާލާތުކުރަނީ ފިރިހެނުންނަށްވުރެ ވަކި މޮޅު ބަޔަކަށްވާން ނޫންކަމަށާއި ފިރިހެނުން ކުރާ މަސައްކަތެއް އަތުލާކަށްވެސް ނޫންކަމަށް ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

އަންހެނުންގެ ދުވަހާއި ގުޅިގެން ބޭއްވި ރަސްމީ ޖަލްސާގައި ފަޒްނާ ވަނީ އަންހެނުން ދިރިއުޅެމުން އަންނަ ބިޒީ ޒިންމާ ބޮޑު ދިރިއުޅުމާއި އެދިރިއުޅުމުގައި ނަގަންޖެހޭ ޒިންމާތަކުގައި ފިރިހެނުންގެ ބައިވެރިވުން މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން އަމިއްލަ ދިރިއުޅުމުގެ މިސާލުތައް ދައްކަވަމުން ފަޒްނާ ވަނީ ދެމިހެއްޓެނެވި ޖީލެއް ބިނާކުރުމަށް އަންހެނުން ކުރާ މަސައްކަތްތަކާއި އެމަސައްކަތްތައްކުރުމަށް މުޖުތަމައުން ޖާގަ ދޭންޖެހޭކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ދެމެހެއްޓެނެވި މުސްތަގްބަލެއް ބިނާކުރުމަށް އަންހެނުން ކުރާ މަސައްކަތަކީ ކޮބައިތޯ އަހައިފިނަމަ އެލިސްޓު ވަރަށް ދިގުކަން ފަޒުނާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ފަޒްނާ ވިދާޅުވީ ދަރިން ލިބުމުން ގިނަ މައިންނާއި ބަފައިންނަށް ވަޒީފާއަށް ނިކުމެ އުޅެވެނީ އެކުދިންގެ ކަންކަން ކޮންމެވެސް މީހަކު ބަލައިދޭތީކަމަށެވެ. އެބުރަ މަސައްކަތްކުރަމުންދާ އަންހެނަކާއި ދިމާލަށް ވަޒީފާއެއް އަދާނުކޮށް ގޭގައި ތިބެން ވަރަށް އަރާމުދޯއޭ ބުނުމަކީ އޭނާއަށް ރައްދުވާ ބޭއިންސާފު އަދި އެހާމެ އިހާނެތި ބަސްތަކެއްކަމަށް ފަޒްނާ ވިދާޅުވިއެވެ. އަދި ލިބޭ ކުރިއެރުމާއި ކާމިޔާބީ ފާހަގަކުރާއިރު މާމަ އާއި މަންމަ އާއި ދައްތަ އާއި އަނބިމީހާގެ ފުރިހަމަ ދައުރުގެ އަގު ވަޒަންނުކުރުމަކީ ހިތާމަހުރި ކަމެއްކަމަށް ފަޒްނާ ވިދާޅުވިއެވެ.

ފަޒްނާ ވިދާޅުވީ މުޅި މުޖުތަމައަށް ބަލާއިރު އަންހެނުންގެ ދައުރާ މެދު ނުރަނގަޅު ވިސްނުން އެންމެން ގެންގުޅޭކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށެވެ. އަދި އަންހެނުންނަށް ހަމަހަމަ ފުރުސަތު އޮންނަންޖެހޭކަމަށް ގަބޫލުކުރާ މީހުންވެސް އެބަތިބި ކަމަށެވެ.

ފަޒްނާ ވަނީ މިކަމުގައި އަމިއްލަ ތަޖުރިބާއިން ދިމާވި ކަމެއް ހިއްސާކޮށްދެއްވާފައެވެ.

މީގެއިތުރުން މީގެ ވިއްސަކަށް އަހަރު ކުރިން ސްކޫލްގެ ފަރާތުން ކަރުދާހެއް ހުށަހެޅުއްވިކަމަށް ފަޒްނާ ވިދާޅުވިއެވެ. އެއީ ޓީޗަރުން އިތުރު ގަޑިއަށް އަންނައިރު ދަރިން ބެލެހެއްޓޭނެ ގޮތަށް އެއް ކްލާސްރޫމް ހަމަޖައްސައިދިނުމަށްކަމަށް ފަޒްނާ ވިދާޅުވިއެވެ. އޭގެ 20 އަހަރު ފަހުން މިހާރު އެކަން ހަގީގަތަށްވުމުގެ ކޮޅުމަތި ބައެއް މުއައްސަސާތަކުން ފެންނަން ފަށާފައިވާކަމަށް ފަޒްނާ ވިދާޅުވިއެވެ.

ފަޒްނާ ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ހަމަހަމަކަމާއެކު އަންހެނުން ބައިވެރިވުމަށް އަބަދުވެސް އެތައް ގޮންޖެހުންތަކެއް ހުރިކަމަށެވެ. އަދި ކިތަންމެ މަސައްކަތެއް އެކަން ހައްލުކުރަން ކުރަންޖެހޭކަމަށެވެ.

ފަޒްނާ ވިދާޅުވީ އަންހެނުން ވަކާލާތުކުރަނީ ފިރިހެނަކަށްވުރެ މޮޅުވާން ނޫންކަމަށާއި ފިރިހެނަކު ކުރާ މަސައްކަތެއް އަތުލާކަށްވެސް ނޫންކަމަށެވެ. އަދި ފިރިހެނުން އަންހެނުންގެ ދަށްކުރާކަށްވެސް ނޫންކަމަށާއި ދަރިން ނުބަލާކަށްވެސް ނޫންކަމަށެވެ. މައިންބަފައިން ނުބަލާކަށްވެސް ނޫންކަމަށާއި އާއިލާ ޒިންމާއިން ބަރީއާ ވާންވެސް ނޫންކަމަށެވެ. އަންހެނުން ވަކާލާތުކުރަނީ އަންހެން ވަންތަކަންމަތީ ތިބެ މުޖުތަމައުގެ ތަރައްގީގައި ބަސްބުނުމަށް ޖާގަ ދިނުމަށްކަމަށެވެ. އޭގެ ފުރިހަމަ އަގު ވަޒަންކުރުމަށް ކަމަށާއި ވަޒީފާ އަދާކުރަމުން ގޭގެ ޒިންމާ އަދާކުރާއިރު އެ ޒިންމާތަކުގައި ހިއްސާވުމަށް ކަމަށެވެ. އަންހެނުންގެ މިކަންބޮޑުވުންތަކަކީ މުޅި މުޖުތަމައިގެ ކަންބޮޑުވުންތަކެއްގެ ގޮތުގައި ދެކި މުޖުތަމައުގައި މިންތީގެ ހަމަހަމަކަން އޮތުމަށްކަމަށެވެ.

ފަސްޓްލޭޑީރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދުމިނިސްޓްރީ އޮފް ޖެންޑަރ

އިތުރަށް ކިޔާލަން

18 އެޕްރީލު 2025

ކަމުދިޔަޔަސް ނުދިޔަޔަސް ވެރިކަަމަށް އައުމަށްފަހު ރައީސްއާއި އެމަނިކުފާނުގެ އާއިލާގެ ވާހަކަތައް މީހުން ދައްކާނެ - ޔާމީން

18 އެޕްރީލު 2025
ކަމުދިޔަޔަސް ނުދިޔަޔަސް ވެރިކަަމަށް އައުމަށްފަހު ރައީސްއާއި އެމަނިކުފާނުގެ އާއިލާގެ ވާހަކަތައް މީހުން ދައްކާނެ - ޔާމީން
06 ނޮވެމްބަރު 2023

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

06 ނޮވެމްބަރު 2023
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު
06 ނޮވެމްބަރު 2023

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

06 ނޮވެމްބަރު 2023
 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި
02 ނޮވެމްބަރު 2023

ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

02 ނޮވެމްބަރު 2023
ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
10 އޮކްޓޯބަރު 2023

ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ

10 އޮކްޓޯބަރު 2023
ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު