Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަސްޓް ފެމެލީ

ކަމުދިޔަޔަސް ނުދިޔަޔަސް ވެރިކަަމަށް އައުމަށްފަހު ރައީސްއާއި އެމަނިކުފާނުގެ އާއިލާގެ ވާހަކަތައް މީހުން ދައްކާނެ - ޔާމީން

ރައީސް އާއި އޭނާގެ އާއިލާގެ ސުލޫކީ އެއްވެސް ކަމެއް އޮންނަ ނަމަ އާންމުން އެވާހަކަތައް ދައްކާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 އެޕްރީލު 2025 | ހުކުރު 10:33
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީއެންއެފްގެ ޖަލްސާގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީއެންއެފްގެ ޖަލްސާގައި

ކަމުދިޔަޔަސް ނުދިޔަޔަސް ވެރިކަަމަށް އައުމަށްފަހު ރައީސްއާއި އެމަނިކުފާނުގެ އާއިލާގެ ވާހަކަތައް މީހުން ދައްކާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ފަސްޓްލޭޑީއާއި ފަސްޓް ފެމިލީއަކީ ވެރިކަމަށް އައުމަށްފަހުގައި ޕަބްލިކް ޑޮމެއިންއަށް އަންނަ ބައެއް ކަމަށާއި، އެބޭފުޅުންގެ ސުލޫކީ އެއްވެސް ކަމެއް އޮންނަ ނަމަ އެ ބޭފުޅުންނަށް ކަމުދިޔަޔަސް ނުދިޔަޔަސް އެވާހަކަތައް އާންމުން ދައްކާނެ ކަމަށެވެ. އަދި އެކަމާއި ގުޅިގެން އާންމުންގެ ފަހަތުން ނުދުވާ ގޭތެރެއިން ކަންކަން ރަނގަޅުކުރުން މާ ރަނގަޅުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން ހުރިހާ ވެރިން ތިބެގެން މުލީއާ ގޭގައި ފަރިއްކުޅުއްވާތީ ދިވެހިން ކަންބޮޑު ނުވާ ކަމަށެވެ. ނަމަވެސް އެތަނުގައި ހުރި ސްޓޭޓް މިނިސްޓަރު ހަރަދުތައް ނުކުރާ ކަމަށް ވިދާޅުވެ ދިފާއުކުރާނަމަ އޭގެ މާނައަކީ އެކަންކަމަށް ހަރަދުކުރާކަން ކަމަށެވެ. ޔާމީން ވިދާޅުވީ ރައީސް މުއިއްޒު މީރު އެއްޗެއް ފަރިއްކުޅުއްވާތީ ކަންބޮޑު ނުވާ ކަމަށާއި، މައްސަލައަކީ އިތުރުފުޅު ހައްދަވާތީ ކަމަށެވެ.

ދެން މުލިއާގޭގައި އެހުރީ ވަށަވަރު މީހެއް. މިވެސް އުނބަށް ޖަހަނީ، އެވެސް އުނބަށް ޖަހަނީ. ދެން ރައީސް އޮފީހުގައި ހުރި މީހަކު ވެސް އުނބަށް ޖަހަނީ. އެހެންވީމާ ސާޖިދާ ނަގައިދެއްވާ ފިލާވަޅުތަކަކީ ދިވެހި ރައްޔިތުންނާއި ކިޔަވާ ކުދިންނަށް ދެއްވާ މެސެޖްހެއްޔޭ ނޫނިއްޔާ ސާޖިދާއަށް ވެސް ދަތިފުޅުވަނީ ހެއްޔޭ މުއިއްޒު ހައްދަވާ ދޮގުން އޭނާ ރައްޔިތުންނާއި ކުރިމަތިލާއިރު ސާޖިދާ ހަމައަށް ވެސް އަންނަނީ. އެހެންވެ ގުރުއާނުގެ މިސާލު ނަންގަވާފައި ގުރުއާނުގައި ހުރި ވަހީ ބަސްބުޅާ އެއްގޮތަށް ކަލޭމެންގެ އަމަލުތައް ބައްޓަންކޮށް ބެހެއްޓުމަށް ވިދާޅުވަނީ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޔާމީން ވިދާޅުވީ ރައީސް މުއިއްޒުއަކަށް ދިވެހި ރައްޔިތުން އެމަނިކުފާނާއި ގުޅޭގޮތުން ދައްކަވާ ވާހަކަ އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ރައީސްއަކަށް ވެރިކަން ކުރައްވަން ފަސޭހަވާނީ ތެދުބަހުން ވާހަކަ ދައްކާ މިހުން ކައިރިކޮށްގެން ކަމަށާއި، އެއީ ކިތައްމެ ހިތި ކަމެއްނަމަވެސް އެއީ އެންމެ ފަސޭހަ ގޮތް ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އަބަދު ސަނާކިޔާ މީހުން ކައިރީގައި ތިބުމުން ވާނެ ގޮތްތައް ފެންނަމުންދާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންފަސްޓްލޭޑީފަސްޓް ފެމިލީޕަބްލިކް ޑޮމެއިންމުލިއާގެރައީސުލްޖުމްހޫރިއްޔާ މުޢިއްޒު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން

12 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން
16 ނޮވެމްބަރު 2025

ޕަރފޯމޭންސް ބޭސްޑް ބަޖެޓެއް ހަދައިފިއްޔާ މި ސަރުކާރު ވަޅުލާނެ: ޔާމީން

16 ނޮވެމްބަރު 2025
ޕަރފޯމޭންސް ބޭސްޑް ބަޖެޓެއް ހަދައިފިއްޔާ މި ސަރުކާރު ވަޅުލާނެ: ޔާމީން
07 ނޮވެމްބަރު 2025

ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ފައިސާ ދޭނެ ފެންވަރެއް ނެތް، އަންނަ އަހަރު ވެސް ފައިސާ ޗާޕުކުރާނެ: ޔާމީން

07 ނޮވެމްބަރު 2025
ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ފައިސާ ދޭނެ ފެންވަރެއް ނެތް، އަންނަ އަހަރު ވެސް ފައިސާ ޗާޕުކުރާނެ: ޔާމީން
17 ޖުލައި 2025

މުއިއްޒާއި މުއިއްޒުގެ އެއަރޕޯޓް ކްރެޑިޓް

17 ޖުލައި 2025
މުއިއްޒާއި މުއިއްޒުގެ އެއަރޕޯޓް ކްރެޑިޓް
12 ޖުލައި 2025

"މިސަރުކާރު އައި އިރު ދިއްދޫ އިންޖީނުގޭގައި ނުނިމި ހުރީ 3 މަސް ދުވަހުގެ މަސައްކަތް، ދެ އަހަރު ވި އިރުވެސް މަސައްކަތް ނުނިމޭ"

12 ޖުލައި 2025
"މިސަރުކާރު އައި އިރު ދިއްދޫ އިންޖީނުގޭގައި ނުނިމި ހުރީ 3 މަސް ދުވަހުގެ މަސައްކަތް، ދެ އަހަރު ވި އިރުވެސް މަސައްކަތް ނުނިމޭ"
10 ޖުލައި 2025

2017 އިން ފެށިގެން ގަބުރުސްތާނުތައް ސާފުކުރީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ހުއްދައާއެކު، ނަމަވެސް މިހާރު އެ ހުކުމް ހުއްދައެއް ނޫން

10 ޖުލައި 2025
2017 އިން ފެށިގެން ގަބުރުސްތާނުތައް ސާފުކުރީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ހުއްދައާއެކު، ނަމަވެސް މިހާރު އެ ހުކުމް ހުއްދައެއް ނޫން
03 ޖުލައި 2025

"އެއާޕޯޓްގެ ބައެއް ދިގު މުއްދަތަކަށް ބަޔަކަށް ދޭން އުޅެނީ، މިހާރުގެ ވެރިންގެ ޖީބަށް ބައެއް ލުމަށް"

03 ޖުލައި 2025
"އެއާޕޯޓްގެ ބައެއް ދިގު މުއްދަތަކަށް ބަޔަކަށް ދޭން އުޅެނީ، މިހާރުގެ ވެރިންގެ ޖީބަށް ބައެއް ލުމަށް"
02 ޖުލައި 2025

އޮޅުވާލައިގެން މީހުން ވެއްދި ފޯމްތައް ހިމެނޭހެން ޕީއެންސީގެ މެންބަރުންގެ އަދަދު 68،000 ގައި

02 ޖުލައި 2025
އޮޅުވާލައިގެން މީހުން ވެއްދި ފޯމްތައް ހިމެނޭހެން ޕީއެންސީގެ މެންބަރުންގެ އަދަދު 68،000 ގައި
01 ޖުލައި 2025

ޑޮލަރުގެ މުއާމަލާތް ކުރުމުގެ އުސޫލަށް ގެންނަ ކުއްލި ބަދަލުތަކާއި މެދު ބަހުސްކުރާކަށް ސަރުކާރު މެމްބަރުން ބޭނުމެއް ނުވި

01 ޖުލައި 2025
ޑޮލަރުގެ މުއާމަލާތް ކުރުމުގެ އުސޫލަށް ގެންނަ ކުއްލި ބަދަލުތަކާއި މެދު  ބަހުސްކުރާކަށް ސަރުކާރު މެމްބަރުން ބޭނުމެއް ނުވި
30 ޖޫން 2025

ބީއެމްއެލްގެ 30 އިންސައްތައިގެ ފީ - މިއީ ޕިއެންސީ ސަރުކާރުގެ އިގްތިސާދީ އަދި ފޮރިން އެކްސްޗޭންޖު ސިޔާސަތު ފެއިލްވެ ރައްޔިތުންނަށް ބުރަ ޖެއްސުން: ފައްޔާޒް

30 ޖޫން 2025
ބީއެމްއެލްގެ 30 އިންސައްތައިގެ ފީ - މިއީ ޕިއެންސީ ސަރުކާރުގެ އިގްތިސާދީ އަދި ފޮރިން އެކްސްޗޭންޖު ސިޔާސަތު ފެއިލްވެ ރައްޔިތުންނަށް ބުރަ ޖެއްސުން: ފައްޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު